Last Updated: 7 year 3 month ago

ރޮހިންގާ މުސްލިމުންގެ ހާލަތު!

  • ރައްކާތެރިކަން ހޯދުމަށް އެމީހުން ދަނީ އަވައްޓެރި ގައުމުތަކަށް ހިޖްރަކުރަމުން
  • ހަފްތާއެއްގެ ތެރޭގައި ބަންގާޅަށް ހިޖްރަކުރި މީހުންގެ އަދަދު 125،000އަށް
  • މިޔަންމާ އަސްކަރިއްޔާއިން ބުނަނީ އެމީހުން ހަމަލާދެނީ ޓެރަރިސްޓުންނަށް ކަމަށް
ބުލޮގު ޚުލާސާ

މިއީ، މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އެ ނިކަމެތި ރައްޔިތުން ހާލަތާގުޅޭ މައުލޫމާތު ސަންގެ ކިޔުންތެރީންނާހަމައަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޚާއްސަ ބްލޮގެއް!

  • މިޔަންމާގެ ރަހީން ސްޓޭޓްގައި ދަނީ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުން.
  • އދ. ބުނެފައިވާގޮތުގައި، މިޔަންމާގައި ދަނީ ނަސްލެއް ނެތިކޮށްލުމުގެ ޖަރީމާއެއް ހިންގަމުން.
  • މިޔަންމާގެ އަސްކަރިއްޔާއިން ދަނީ، ރޮހިންޔާ މުސްލިމު ފިރިހެނުން ކަތިލައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރި، ތުއްތުކުދީން މަރަމުން.
14:04 އަޙްމަދު މުޖްތަބާ

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން ފައިސާ އެއްކުރަނީ

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން ފައިސާ އެއްކުރަނީ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތައް ގުޅިގެން ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑްރައިޒިން ޕްރޮގްރާމެއް ފަށައިފި. އިތުރަށް ވިދާޅުވޭ>>

ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް އެސްޓީއޯ ގްރޫޕުން ފަންޑްރައިޒިން ޕްރޮގްރާމެއް ފެށިކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

14:02 މުޙައްމަދު ސަމާޙު ކޮކްސް ބާޒާރު، ބަނގުލަދޭޝް

ކޯރާ ދިމާއަށް ބަލާލިޔަސް އިވެނީ އެ ކުދިންގެ ރުއިމުގެ އަޑު!

ކޯރާ ދިމާއަށް ބަލާލިޔަސް އިވެނީ އެ ކުދިންގެ ރުއިމުގެ އަޑު!

ބަންގާޅު ސަރަހައްދުގެ އެންމެ ދުރަށް މިޔަންމާ ބޯޑަރާއި ކައިރީގައި އޮންނަ މަސްވެރި ސަރަހައްދެއް ކަމަށްވާ ޝަދިއްޕަރުދުގައި ދިރިއުޅޭ އުމުރުން 40 އަހަރުގެ ބަޝީރު އަކީ މަސްވެރިއެކެވެ. އެ ސަރަހައްދާ އިންވެގެން އޮންނަ ނަފް ކޯރަކީ އޭނާ ފަރިތަ ކޯރެއް. އިތުރަށް ވިދާޅުވޭ>>

ބަޝީރު އޭނާއަށް ފެނުނު މަންޒރު ސަންގެ ނޫސްވެރިންނަށް ސިފަކޮށްދޭއިރު ކައިރީގައި އޭނާގެ ދެ ކުދިން--ސަން ފޮޓޯ/ ހުސައިން ހަސަން

14:00 މުހައްމަދު އައުޒަމް

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައަށް

ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައަށް

ހާލުގައި ޖެހިފައިވާ ރޮހިންގާ މުސްލިމުންނަށް އެހީވުމުގޮތުން ބ. ފުޅަދޫ ރައްޔިތުން އިސްނަގައިގެން ފައިސާ އެއްކުރުމަަށްޓަކައި ފާނައަށް ގޮސްފި. އިތުރަށް ވިދާޅުވޭ>>

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަންކުރަނީ-- ފޮޓޯ : އޭދަފުށީޓައިމްސް

13:57 ހުސައިން ހަސަން ކޮކްސް ބާޒާރު، ބަނގުލަދޭޝް

އޯގާތެރިކަމުގެ ނަމޫނާ ދެއްކީތީ ދިވެހިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު

އޯގާތެރިކަމުގެ ނަމޫނާ ދެއްކީތީ ދިވެހިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު

ބަނގުލަދޭޝްގެ ދައުލަތުގެ ދީނަކީ އިސްލާމް ދީން. އެ މީހުންގެ ގަބޫލު ކުރުންތަކާއި ގަވާއިދުތަކާއި ވައްޓަފާޅި ގުޅިފައި ވަނީ އިސްލާމީ އަގީދާގެ މައްޗަށް. އާބާދީގައި 163 މިލިއަން މީހުން ދިރިއުޅޭ މި ގައުމުގެ 90 ޕަސެންޓަކީ މުސްލިމުން. އިތުރަށް ވިދާޅުވޭ>>

ރާހިން ސްޓޭޓުން ފުރައިގެން އަންނަ ރޮހިންޔާ މީހުންނަށް އެންމެ ފުރަތަމަ އެހީތެރިވެދޭ ޝެއިހެއް ކަމަށްވާ މީހަކު ސއެހީތެރިވުމަށް ހަރަކާތްތެރިވާ ޔޫސުފް އަލް އަޒްހަރީ-- ސަން ފޮޓޯ/ މުހައްމަދު ސަމާހު

13:53 ހުސައިން ހަސަން ކޮކްސް ބާޒާރު، ބަނގުލަދޭޝް

މީހުން މެރި މަންޒަރު އަންހެނުންނާއި ކުޑަކުދީންނަށް ދެއްކީ ގަސްތުގައި!

މީހުން މެރި މަންޒަރު އަންހެނުންނާއި ކުޑަކުދީންނަށް ދެއްކީ ގަސްތުގައި!

ހާލަތު ވަނީ ވަރަށް ގޯސްވެފައި. މި ވީޑިއޯއިން މި ކޭމްޕު ސަރަހައްދުގެ ހާލަތު ފެންނާނެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން އެހީގެ ސާމާނު ބަރުކޮށްގެން އައިސް ރޮހިންގާ މީހުންނަށް ބެހުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައި. ސަބަބަކީ އެ މަސައްކަތް މެނޭޖު ކުރާނެ ގޮތެއް ނެތުން. އެ މަަސައްކަތުގައި އުޅޭ މީހުން މަދުވުން. އެ މަސައްކަތަށް އިންސާނީ ވަސީލަތް އެބަ ބޭނުންވޭ. އިތުރަށް ވިދާޅުވޭ>>

ބަންގުލަދޭޝް އާއި މިއަންމާ ގުޅޭ އައްސޭރި ފަށު، ކުތުޕަލަންގައި ކޭމްޕުކޮށްގެން ތިބި ބައެއްގެ ތެރޭގައި ހުރި ތުއްތު ކުއްޖަކު ރޮނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

13:50 މުޙައްމަދު ސަމާޙު ކޮކްސް ބާޒާރު، ބަނގުލަދޭޝް

"އެއީ ވެސް އަނިޔާ، މިއީ ވެސް އަނިޔާ"

"އެއީ ވެސް އަނިޔާ، މިއީ ވެސް އަނިޔާ"

އާދިއްތަ ދުވަހު ރޮހިންޔާއިން ޓަކްނަފަށް އެތެރެވި ރޮމިދާ އޭނާގެ އުދާސްތައް ބޭރުކޮށްލީ މިހެން. ބަންގާޅަށް އެތެރެވި ގޮތަށް އޭނާ އިނީ ދާނެ ތަނެއް، ހަަދާނެ ގޮތެއް ނޭނގިފައި. ދިރިއުޅެން ބިނާ ކުރި ގެއާއި އެއްކުރި މުދާތައް ދޫކޮށް އަންނަން ޖެހުނީ، ދޮށްޓަށް ތިބި ތިން ކުދިން ވެސް ނުލަ އެވެ. ބަންގާޅުގެ ބީރައްޓެހި ކަމާ އެކު އޭނާ އިނީ "ހިތާމައިގެ ކޯރަކަށް" ގެނބިފައި. އިތުރަށް ވިދާޅުވޭ>>

ބަންގުލަދޭޝްގެ ކޮކްސް ބާޒާރު އުހިޔާ ސަރަހައްދުގައި ތުއްތު ކުދިން ތަކެއް: އަނިޔާގެ ހަނދާންތަކާ ދުރަށް ނުދެވި، ކުޑަކުދިންނާއި އަންހެނުން ވަނީ ބިއްޖެހިފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން

13:41 ފާތިމަތު ސައީދު

ރޮހިންގާ މީހުންގެ މަންޒަރުތައް ދައްކާއިރު ސަމާލުވުމަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފި

ރޮހިންގާ މީހުންގެ މަންޒަރުތައް ދައްކާއިރު ސަމާލުވުމަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފި

މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރާއިރު ސަމާލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ބްރޯޑް ކޮމްއިން އިއްޔެ ބުނީ ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާގެ މަންޒަރުތައް މިންގަޑުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ.

ބްރޯޑްކޮމްގެ ބަޔާނުގައި ބުނެފައި ވަނީ އެ މަންޒަރުތައް ރިޕޯޓު ކުރާއިރު ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން އަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ.

މި ފަދަ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އެކި ގޮތްގޮތުން އަސަރުކޮށްފައިވާ މީހުންގެ ކޮންޓެންޓް އެބައިމީހުންގެ އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ގެނެސްދިނުމަށް ބްރޯޑްކޮމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި މިޔަންމާގެ ރޮހިންގާ މުސްލިމުން އުޅެމުންދަނީ ވަރަށް ހިތްދަތި ހާލެއްގައި --- ފޮޓޯ: އޭޕީ

12:24 ހުސައިން ހަސަން

ރޮހިންގާ ކޭމްޕުގައި ދިވެހި ދިދަ ވިހުރާލި ތުއްތު ކުއްޖާ!

ރޮހިންގާ ކޭމްޕުގައި ދިވެހި ދިދަ ވިހުރާލި ތުއްތު ކުއްޖާ!

ރޮހިންގާ މުސްލިމުންނަށް ޖެހިފައިވާ ހާލުން އަރައިގަތުމަށް އެހީވެދިނުމުގެ ގޮތުން ދިވެހިން އެއްކުރާ ފައިސާ ލިބޭނީ މި ތުއްތު ކުދިންނަށެވެ. މި މުސްލިމުންނަށެވެ. ދިވެހިން ވަމުންދާ އެ ގުރުބާނީގެ ވާހަކަ މި މުސްލިމުންނާ ހިސާބަށް އަޅުގަނޑުމެން ގެނެސްދީފީމުވެ. ހިތަމާ ނުކުރުމަށާއި ދިވެހިންގެ އާބާދީ މަދުވިޔަސް، މި ހިސާބަށް ވެސް ދިވެހި ނޫސްވެރިން މި ދަތުރުކުރީ އަޅުގަނޑުމެން އެ މީހުންނާ އެކު ތިބިކަން ހާމަކޮށްދިނުމަށްކަން ބުނެދިނީމު އެވެ.

އެނގޭ ހެއްޔެވެ؟ ރޮހިންގާ މީހުންނަކަށް ދިވެހިރާއްޖެއެއް ނޭނގެ އެވެ. ދިވެހިންނެއް ވެސް ނޭނގެ އެވެ. އެ ވާހަކަ ދެން ބާއްވާށެވެ. އެ ވާހަކަ އަޑުއަހަން އުނދަގުލަސްހެވެ އެވެ! މުސްލިމުން އެހީވުމުގައި މިއްލަތެއް، ވަތަނެއް، ނަސަބެއް، ހަސަބެއް ނޯންނާނެ އެވެ. އެނގުނަސް ނޭނގުނަސް ހެވެ އެވެ.

މި މުސްލިމުންނަށް ޖެހިފައިވާ ހާލު ގެނެސްދިނުމަށް ފެށި ދަތުރުގައި ފުރަތަމަ އަޅުގަނޑުމެން އިސްކުރީ ގައުމެވެ، ގައުމީ ދިދަ އެވެ. އަޅުގަނޑުމެންގެ ޓީޝާޓާއި ދަބަސްތަކުގައި ވެސް ދިވެހި ދިދަ 'ނެގީމު' އެވެ.

ކޭމްޕުތަކަށް ޒިޔާރަތްކޮށް އިންޓަވިއު ނަގަމުންދަނިކޮށް، ތުއްތު ކުއްޖަކު އަޅުގަނޑުގެ ދަބަހުގައި ޖަހާފައިވާ އިން ދިދައަށް އަތް ދިއްކޮށްލައި ދިދަ ބޭނުންވާ ކަމަށް އިޝާރާތްކުރި އެވެ. އެ ތުއްތު ކުއްޖާއަކީ ހުވަފަތްވެފައިވާ ރާބިއަހު، 30، ހަމައެކަނި ދަރިއެވެ. އުފެދުމުގައި ފައިގައި އައިބުކަމެއް ހުރި ކުއްޖެކެވެ. (އެ އަންހެން މީހާގެ ވާހަކަ ސަންގެ މި ލިޔުމުގައި ވާނެއެވެ).

ދިވެހި ދިދަ ހިފައިންގެ ތުއްތު ކުއްޖަކު އޭނާގެ އާއިލާއާއެކު: އެ ދިދައަށް އަތް ދިއްކޮށް، ބޭނުންވާ ކަމަށް އިޝާރާތް ކުރުމުން ދިދަ ވަނީ ހަދިޔާކޮށްފައި--- ސަން ފޮޓޯ/ ޙުސައިން ޙަސަން

07:30 މުޙައްމަދު ސަމާޙު ކޮކްސް ބާޒާރު، ބަނގުލަދޭޝް

"އަދިވެސް އުޅޭން ބޭނުންވަނީ މިޔަންމާގައި، އެއީ އަހަރަމެންގެ ކާބަފައިންގެ ބިން. އަހަންނަކަށް ނޭނގޭ މިޔަންމާ ސިފައިން އެހެން އެ ކަންތައް ކުރަނީ ކީއްވެގެން ކަމެއް. މައްސަލައަކީ ދީން ކަމަށް ވާނަމަ އެހެން ދީނަކަށް އުޅުމަށްވުރެ މަރުވުން ވެސް މާ ހިތްހަމަޖެހޭ،"

ބަންގާޅުގެ ކޮޒް ބާޒާރު، އުހްޔާ ސްޓޭޓްގައި ހުރި ރެފިއުޖީ ކޭމްޕްގައި ޖިފުޓިގަނޑެއް ހަދައިގެން ދިރިއުޅޭ ހާމިދުގެ ވާހަކަ ފެށީ މިގޮތަށް. އޭނާ ބުނީ އެ މީހުން ދެކެ މިޔަންމާ ސަރުކާރުން ރުޅި އައިސް ނަފުރަތު ކުރަންވާ ވަރުގެ ކުށެއް ނުކުރާ ކަމަށް. އިތުރަށް ވިދާޅުވޭ>>

ރޮހިންގާ ރެފިއުޖީން ދިރިއުޅޭ ކޭމްޕަކަށް ބަޔަކު ހިނގާފައި ދަނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

އުމުރުން 30 އަހަރުގެ ރާބިއާ މުޙައްމަދު ސަމާޙު ކޮކްސް ބާޒާރު، ބަނގުލަދޭޝް

ސަން އިން ރޮހިންގާ ކޭޕްމް ތަކަށް ކުރާ ދަތުރުގައި މިއަދު އެ ކޭމްޕަށް ޒިޔާރަތް ކުރިން. އެތަނުގައި ތިބި ރޮހިންގާ މުސްލިމުންނާ ބައްދަލުކޮށް އެ ކޭމްޕުތަކުގެ ހާލަތު ބަލައި ރޮހިންގާ މުސްލިމުންނާ ވާހަކަ ދައްކައި ހަދާލީން.

އެއްވެސް އިންސާނީ ވަސީލަތެއް ލިބެން ނެތް އެ ކޭމްޕުތަކުގެ ވަރަށް އެތެރެއަށް ވަދެ ރޮހިންގާ އާއިލާތަކާ ބައްދަލު ކޮށްލަން ލިބުނު އެ ފުރުސަތުގައި އެތައް ސަތޭކަ ބަޔަކާ މިއަދު ވެސް ބައްދަލުވި. އިތުރަށް ވިދާޅުވޭ>>

މީނީ ފިރިމީހާ ފެނޭތޯ. ހަފްތާއެއްވީ އަހަރެން މިތާ މި ގޮތަށް އިންނަތާ، ފިރިމީހާގެ ޚަބަރެއް ނުވެގެން. ކާނެ ގޮތެއް ނެތް. ފެންވަރާނެ ގޮތެއް ނެތް. މި ދަރިފުޅަށް ބޭސް ކުރެވޭނެ ގޮތެއް ވެސް ނެތް. އަހަރެންގެ ދިރިހުރުމުގެ އުންމީދު ކަމަށްވާ ފިރިމީހާއެއްވެސް ނެތް،
07:21 މުޙައްމަދު ސަމާޙު ކޮކްސް ބާޒާރު، ބަނގުލަދޭޝް

ބަންގާޅަށް އައިސް އެ ގައުމުގެ ވެރި ރަށުގައި މިވީ 28 ގަޑި އިރުން ކަށަވަރުވީ ބަންގާޅު މީހުން ރޮހިންގާ މުސްލިމު އަޚުންނަށް ކިޔަނީ މަރުހަބާ އެއް ނޫން ކަން. އެ މުސްލިމުންނަށް ބަންގާޅު މީހުން ކުރަނީ "ކުރުނީސް". އިތުރަށް ވިދާޅުވޭ>>

ހިންގާ މުސްލިމުންނާ މެދު ބަނގްލަދޭޝް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ތާއީދު ކުރުމުގެ ގޮތުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ކޮޒް ބާޒާރު އެއާޕޯޓުން މަރުހަބާ ކިޔުމަށް އާންމުން އެއްވެފައި -- ސަން ފޮޓޯ / މުހައްމަދު ސަމާހް

07:19 ހުސައިން ހަސަން ކޮކްސް ބާޒާރު، ބަނގުލަދޭޝް

ދިވެހިންގެ އާބާދީއަށް ވުރެ މިތަނަށް ޖަމާވެފައިވާ ރެފިއުޖީން ގިނަ. ބޯ ޖަންގަލީގެ ތެރޭގައި ސާފު ބޯފެނެއް ނުލިބި، އޮނު ދަނޑިތަކެއްގައި ކޮތަޅު އައްސައިގެން ބޯ ހިޔާކޮށްގެން މިތިބީ 400،000 އަށް ވުރެ ގިނަ މީހުން. އިތުރަށް ވިދާޅުވޭ>>

ންގުލަދޭޝްގެ ކޮކްސް ބާޒާރު އުހިޔާ ސަރަހައްދުގެ މަގެއްގައި ބަޔަކާއެކު އަންހެނަކު އިށީންދެގެން: އަނިޔާގެ ހަނދާންތަކާ ދުރަށް ނުދެވި، ކުޑަކުދިންނާއި އަންހެނުން ވަނީ ބިއްޖެހިފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން

10:27 އަޙްމަދު މުޖްތަބާ

މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އަމިއްލަ ވަޒަން ގެއްލި، ހާލުގައި ޖެހުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ބަންގުލަދޭޝަށް ހިޖްރަކޮށްފައިވާ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހާލަތާއި އެ ކެކުޅުންތަކުގެ ވާހަކަތައް އެންމެ ތާޒާކަމާއެކު ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި ސަން އޮންލައިންގެ ދެ ނޫސްވެރިޔަކު މިއަދު ބަންގްލަދޭޝަށް ފުރައިފި.

މިއަންމާ އާއި ބަންގްލަދޭޝާ ގުޅޭ ބޯޑަރު ސަރަހައްދުން މި މައުލޫމާތުތައް ސަންގެ ކިޔުންތެރީންނާއި، ސަންޓީވީގެ ބެލުންތެރީންނާ ހަމައަށް ގެނެސްދިނުމުގައި ހަރަކާތްތެރިވާނީ ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ހަސަން އާއި ނޫސްވެރިޔާ މުހައްމަދު ސަމާހު.

ރޮހިންޔާ މީހުންގެ ވާހަކަތައް އެންމެ ތާޒާކަމާއެކު ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި ބަނގުލަދޭޝަށް ފުރުމުގެ ކުރީން، ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޙަސަން އާއި ނޫސްވެރިޔާ މުޙައްމަދު ސަމާޙް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ

14:27 އައިމިނަތު ލުބާ

އިސްދޫގައި ބެހެއްޓި ފަންޑް ފޮއްޓަށް 100،000 ރުފިޔާ ޖަމާކޮށްފި

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް ލ. އިސްދޫގައި ބެހެއްޓި ފަންޑް ފޮއްޓަށް ދެ ދުވަހުގެ ތެރޭގައި އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފި އެވެ.

އިސްދޫ ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލް މިއަދު ސަން އަށް ވިދާޅުވީ 'ރޮހިންޔާ މުސްލިމުންނާ އެކު އިސްދޫ ރައްޔިތުން'ގެ ނަމުގައި އަންގާރަ ދުވަހު ފެއްޓި ހަރަކާތަށް ރޭގެ ނިޔަލަށް 100،265.09 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ފަންޑަށް ލިބުނު ޖުމުލަ އެނގޭނީ އެ ރަށު ސަރުކާރު މުވައްވަޒަފުންގެ މުސާރަ އިން ފަންޑަށް ކަނޑައަޅާ އަދަދު މިރޭ ފަންޑާ ހަވާލު ކުރުމުން ކަމަށެވެ.

ލ.އިސްދޫގައި ބެހެއްޓި ފަންޑު ފޮށްޓަށް ރަށުގެ މީހަކު ލާރި ލަނީ- ފޮޓޯ/އިސްދޫ ކައުންސިލް
12:27 މުހައްމަދު ޖަވާދު ޔޫސުފު

ރޮހިންޔާ މުސްލިމުންނަށްދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. އިން ގޮވާލައިފި

ނިޔުޔޯކް (ސެޕްޓެމްބަރު 14) : މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން އެގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.

ރޮހިންޔާ އިންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގައި މިޔަންމާ ސިފައިން ނާއި ހަރުކަށި ބުޑިސްޓުން އެ ގައުމުގެ ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތަކެއް ކުރަމުންގެންދާ ކަމަށް އެއްބަސްވެ އެކަން ވަގުތުން ހުއްޓާލުމަށް އެދިފައިވެ އެވެ. މިކަމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނަށް އެމަޖިލީހުގައި ހިމެނޭ ހުރިހާ މެންބަރުން ވެސް ތާއީދުކޮށްފައިވެ އެވެ. މީގެ އިތުރުން ހާލުގައި ޖެހިފައިވާ ރޮހިންގާއިން ނަށް އިންސާނީ އެހީ އާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.

16:27

އެމްއާރުޑީސީ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް ދޭން ނިންމައިފި

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހިންގާ ޙާއްސަ ހަރަކާތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބައިވެރިވެ، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ދިނުމަށް ނިންމައިފި އެވެ.

އެމްއާޑީސީ އިން މިއަދު ބުނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ހަދިޔާ ކުރާ ފައިސާގެ މިންވަރަކީ ކިހާވަރެއް ކަމެއް އެ ކުންފުންޏަކުން ނުބުނެ އެވެ.

އެމްއާރްޑީސީގެ އެކްޓިންގް މެނޭޖިންގް ޑައިރެކްޓަރު އަޙުމަދު މަމްދޫޙް ވިދާޅުވީ، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިދަނޑިވަޅުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ޓަކައި އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަމަށެވެ.

ރ. އުނގޫފާރުގައި ތާރު އަޅަން ފެށުމުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތައް ވަނީ --- ފޮޓޯ: އެމްއާރުޑީސީ
16:21

މިއަންމާއިން ދަނީ ނަސްލެއް ނެތިކޮށްލަމުން: އދ

ނައިޕީޑޯ (ސެޕްޓެމްބަރު 11): މިޔަންމާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނަކީ "ނަސްލެއް ނެތިކޮށްލުމުގެ ރަނގަޅު މިސާލެއް" ކަމަށް އދ.ގެ ހިއުމަން ރައިޓްސް ޗީފް ޒައިދް ރާދް އަލް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޒައިދް ވިދާޅުވި ގޮތުގައި ރަހީން ސްޓޭޓުގައި މިޔަންމާގެ އަސްކަރިއްޔާއިން ކުރިއަށްގެންދަނީ ހާލަތާ ނުބައްދަލު އޮޕަރޭޝަނެކެވެ. އަދި އެސަރަހައްދަށް އދ.ގެ އޮފިޝަލުން ވަނުން ހުއްޓުވާފައިވުމުން ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންގެ ހާލަތު ޔަގީން ކުރެވެން ނެތް ކަމަށް ޒައިދް ވިދާޅުވި އެވެ.

ނަމަވެސް މިޔަންމާގެ އަސްކަރިއްޔާ އިން މުސްލިމުންގެ ގެތައް އަންދައި، މީހުން މަރައި، ގައުމު ދޫކޮށް ފިލަންދާ މީހުންގެ ގަޔަށް ބަޑި ޖަހާ ކަމުގެ ރިޕޯޓާއި އެކަމަށް ހެކިދޭ ސެޓެލައިޓް ފޮޓޯތައް އދ. އަށް ލިބިފައިވާ ކަމަށް ޒައިދް ވިދާޅުވި އެވެ. އަދި މިޔަންމާ އަސްކަރިއްޔާގެ އެއަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލެއްވި އެވެ.

މިޔަންމާ ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ މުސްލިމުންގެ އަދަދު ވަނީ 313،000ށް އަރާފައި -- ފޮޓޯ: އޭޕީ

09:47 މުހައްމަދު ސިމާއު

މިޔަންމާ އަސްކަރިއްޔާއިން ވަނީ ރޮހިންޔާގެ 3000 މީހުން މަރާލާފައި: ބަނގުލަދޭޝް

މިޔަންމާގެ ހުޅަނގުގައި އޮންނަ ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަމުގައި އެގައުމުގެ އަސްކަރިޔާއިން ރޮހިންޔާގެ 3000 މީހުން މަރާލާފައިވާ ކަމަށް ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ. އިތުރަށް ވިދާޅުވުމަށް>>

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ މުސްލިމުން ތަކެއް: މިޔަންމާގެ އަސްކަރިއްޔާއިން ދަނީ، ރޮހިންޔާ މުސްލިމު ފިރިހެނުން ކަތިލައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރި، ތުއްތުކުދީން މަރަމުން. އދ. ބުނެފައިވާގޮތުގައި، މިޔަންމާގައި ދަނީ ނަސްލެއް ނެތިކޮށްލުމުގެ ޖަރީމާއެއް ހިންގަމުން---ފޮޓޯ/ އޭޕީ

09:43 ފާތިމަތު ސައީދު

ރޮހިންޔާ މީހަކު ދުނިޔެއަށް ދިން މެސެޖް: ކޮންމެ ދީނަކަށް އުޅުނަސް މިއީ އިންސާނުން!

މުހައްމަދު ބުނީ މުޅި ދުނިޔެ ވެސް އެމީހުންނަށް ލިބޭ އަނިޔާތައް ބަލަމުންދާ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެއްވެސް ގައުމަކުން އެ އަނިޔާވެރިކަން ހުއްޓުވުމަށް މިޔަންމާއަށް ޕްރެޝަރު ކުރާތަން ނުފެންނަ ކަމަށް މުހައްމަދު ބުންޏެވެ. އަދި މިޔަންމާ ސަރުކާރަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރު ނުކުރަނީ ކީއްވެތޯ މުހައްމަދު ވަނީ ސުވާލު އުފައްދާފައެވެ. އިތުރަށް ވިދާޅުވުމަށް>>

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ މުސްލިމުން ތަކެއް: މިޔަންމާގެ އަސްކަރިއްޔާއިން ދަނީ، ރޮހިންޔާ މުސްލިމު ފިރިހެނުން ކަތިލައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރި، ތުއްތުކުދީން މަރަމުން. އދ. ބުނެފައިވާގޮތުގައި، މިޔަންމާގައި ދަނީ ނަސްލެއް ނެތިކޮށްލުމުގެ ޖަރީމާއެއް ހިންގަމުން---ފޮޓޯ/ އޭޕީ

09:40 މުހައްމަދު ސިމާއު

ބަނަސް ވިއްކައިގެން ދިރިއުޅޭ މި ނިކަމެތި މީހާއަށް ލިބުނު ފައިސާކޮޅު ދިނީ ރޮހިންޔާއަށް!

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ތުރުކީގެ ހުޅަނގުއިތުރުގެ ޕްރޮވިންސެއްގައި ދިރިއުޅެމުންދާ 40 އަހަރުގެ އިރްކަން އައިހަން ވެސް ވަނީ ބައިވެރިވެފައެވެ. ސާދަ އަހަރު ވަންދެން އޭނާ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަކީ ވަށްކޮށް ހުންނަ ވައްތަރެއްގެ ބަނަހެއް ވިއްކުމެވެ. ބަނަސްކޮޅު ވިއްކައިގެން ލިބޭ އާމްދަނީން ދެކޮޅު ޖެހެނީ ކިރިޔާއެވެ. އިތުރަށް ވިދާޅުވުމަށް>>

ބަނގުލަދޭޝްގެ ރެފިއުޖީ ކޭމްޕެއްގައި މިޔަންމާގެ މުސްލިމުން ތަކެއް: މިޔަންމާގެ އަސްކަރިއްޔާއިން ދަނީ، ރޮހިންޔާ މުސްލިމު ފިރިހެނުން ކަތިލައި، އަންހެނުންގެ އިއްފަތްތެރިކަން ފޭރި، ތުއްތުކުދީން މަރަމުން. އދ. ބުނެފައިވާގޮތުގައި، މިޔަންމާގައި ދަނީ ނަސްލެއް ނެތިކޮށްލުމުގެ ޖަރީމާއެއް ހިންގަމުން---ފޮޓޯ/ އޭޕީ

22:08 މުހައްމަދު އައުޒަމް

ސީރިއާއަށް 8 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކުރި ހަރަކާތުން ރޮހިންޔާ މީހުންނަށް އެހީވާން ނުކުމެއްޖެ

އިންސާނީ ތަރައްގީއަށް އެހީތެރިކަން ހޯދުމަށް މަސައްކަތްކުރާ "އެހީ ޖަމިއްޔާ"އިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ނަމުގައި ހިންގި ހަރަކާތްތަކުން ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އަށް މިލިއަން ރުފިޔާގެ އެހީގެ ތަކެތި ހަދިޔާ ކުރުމަށްފަހު، މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް 39 ޖަމިއްޔާއަކާ ގުޅިގެން މަސައްކަތް ފަށައިފިއެވެ. އިތުރަށް ވިދާޅުވުމަށް>>>

22:05

ރޮހިންޔާ މުސްލިމުންނަށް ދޭ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަނީ

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އިސްވެ އޮވެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މުޅި ރާއްޖޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ. އިތުރަށް ވިދާޅުވުމަށް>>>

39 ޖަމިއްޔާއެއް ގުޅިގެން ބާއްވާ ހަރަކާތް އިންތިޒާމު ކުރާ ފާރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން---
20:57 މުހައްމަދު ސިމާއު

ސޫކީ އަތުން "ސުލްހައިގެ އިނާމު" އަތުލެވެން ނެތް ކަމަށް ނޮބެލް އިންސްޓިޓިއުޓުން ބުނެފި

މިޔަންމާގެ ޑިމޮކްރަސީ ލީޑަރު އާންގް ސަން ސޫކީއަށް ލިބިފައިވާ "ނޮބެލް ސުލްހައިގެ އިނާމު" އަތެއް ނުލެވޭނެ ކަމަށް އެކަން ބަލަހައްޓާ ނޮބެލް އިންސްޓިޓިއުޓުން ބުނެފިއެވެ.

އެސޯސިއޭޓް ޕްރެސް އަށް ފޮނުވި އީމެއިލް އެއްގައި ނޯވޭގައި ހުންނަ ނޮބެލް އިންސްޓިޓިއުޓްގެ އިތުރަށް ވިދާޅުވުމަށް>>

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ރޮހިންޔާ މުސްލިމުން ސަލާމަތްކުރުމަށް އެދި ބަޔަކު މުޒާހަރާ ކުރަނީ: އދ. ގެ ރެފިއުޖީންނާ ބެހޭ އޭޖެންސީން ބުނާ ގޮތުގައި، މިޔަންމާގެ ސަރުކާރުން ހިންގަމުންދާ ގަތުލު އާއްމުތަކުން ސަލާމަތްވުމަށް ބަންގާޅަށް ހިޖުރަކުރި މީހުންގެ އަދަދު 73000 އަށް ވަނީ އަރާފަ----ފޮޓޯ/ އޭޕީ

20:52 މުހައްމަދު ސިމާއު

ދެ ހަފްތާތެރޭ ބަންގާޅަށް އެތެރެވި ރޮހިންޔާ ރެފިއުޖީންގެ އަދަދު 270،000 އަށް!

މިޔަންމާގައި މުސްލިމުން ދިރިއުޅޭ ރަހީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވެ ވޭތުވެދިޔަ ދެ ހަފްތާތެރޭގައި މިޔަންމާ ދޫކޮށް، ބަންގާޅަށް ހިޖުރަކުރި މުސްލިމުންގެ އަދަދު 270،000 އަށް އަރާފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ބުނެފިއެވެ.

މިޔަންމާގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަަން ފެށުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޮހިންޔާ ދަރިކޮޅަށް ނިސްބަތްވާ ކުޑަ ގްރޫޕަކުން ''ބޯޑާ ޕޯސްޓް''ތަކަކަށް ހަމަލާދިނުމާ ގުޅިގެން ކަމަށްވެއެވެ.

އދ.ގެ ރެފިއުޖީ އޭޖެންސީގެ ތަރުޖަމާން ވިވިއަން ޓޭން ވިދާޅުވީ، ބަނގުލަދޭޝްއަށް އެތެރެވި ރޮހިންޔާ މުސްލިމުންގެ އަދަދު 164،000 އިން ކުއްލިއަކަށް ހުރެފައި މައްޗަށް އަރައިގެންދިޔައީ، އިތުރަށް ވިދާޅުވުމަށް>>

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ރޮހިންޔާ މުސްލިމުތަކެށް އެތެރެވަނީ --- ފޮޓޯ/ އޭޕީ

09:41 މުހައްމަދު އައުޒަމް

ރޮހިންޔާ މީހުންގެ ކައިރިއަށް ވަޑައިގެން، އެހީ ބެއްސެވުމުގައި ތުރުކީގެ ފަސްޓުލޭޑީ

މުސްލިމް ގައުމުތަކުގެ ތެރެއިން ރޮހިންޔާ މީހުންނަށް އެހީވުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރާ ގައުމު، ތުރުކީގެ ރައީސް ތޮއްޔިބް އުރްދުއާންގެ އަނބިކަނބަލުން ބަންގުލަދޭޝް އާއި މިއަންމާ ގުޅޭ ބޯޑަރު ސަރަހައްދަށް ވަޑައިގެން، އެހީގެ ތަކެތި ބައްސަވައިފި އެވެ.

އުރްދުއާންގެ އަނބިކަނބަލުން އެމިން އުރުދުއާން ވަނީ ރޮހިންޔާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ހާލުއަހުވާލު ބައްލަވާފަ އެވެ. މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޮހިންޔާ މީހުންނާ އެންމެ ފުރަތަމަ އެމިން ބައްދަލުކުރި ވަގުތު އޭނާއަށް ރޮވި، ލޮލުން ކަރުނަ ހިލުނެވެ. އިތުރަށް ވިދާޅުވުމަށް>>

16:11 އަޙްމަދު މުޖްތަބާ

ރޮހިންޔާ މުސްލިމުންނާ އެކު ނައިފަރު ރައްޔިތުން

"ރޮހިންޔާގެ މުސްލިމުންނާ އެކު ނައިފަރު ރައްޔިތުން" މި ނަމުގައި ބާއްވާ އެއްބައިވަންތަކަމުގެ ހިނގާލުމެއް މިއަދު ހަވީރު 4:15 ގައި ނައިފަރު ގައި ފެށިގެން ކުރިއަށް އެބަގެންދޭ. ކަޅުކުލައާއި ރަތްކުލަ ބޭނުންކޮށްގެން، ނައިފަރުގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިޔަށްގެންދާ މި ހިނގައިލުން ކުރިޔަސްދާނީ ނައިފަރުގެ ބޮޑެތި މަގުތަކުގައި ކަމަށް އެ ރަށުން މައުލޫމާތުދޭ.

މިޔަންމާގައި ރޮހިންޔާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާއާއި ދެކޮޅުކަން ހާމަކޮށް އަދި އެ މުސްލިމު އަޚްނާއި އެކުގައި ތިބިކަން ހާމަކޮށް އެ މުސްލިމު އަޚުންނާއި އުޚުތުންގެ މައްޗަށް ހެޔޮ ދުޢާ ކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތުގައި ނައިފަރުގެ ކުދިބޮޑު އެންމެހައި ރައްޔިތުން ބައިވެރިވާނެކަމަށްވޭ. އަދި މި ޚަރަކާތް ނިންމުމުގެ ގޮތުން ޚާއްޞަ ދުޢާއެއް ކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އިސްވެ ދުޢާ ކުރައްވާނީ އައްޝައިޚް މުޙައްމަދު މޫސާ.

10:39 ރުގިއްޔާ މުހައްމަދު މޫސާ

މިޔަންމާއިން އެގައުމުގެ ބޯޑަރުގައި ގޮވާތަކެތި ވަޅުލާ މައްސަލަ ބަންގުލަދޭޝުން ބަލަނީ

ބަންގުލަދޭޝްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މިޔަންމާއިން ލޭންޑްމައިންތައް ވަޅުލަނީ އެގައުމު ދޫކޮށްދާ ރޮހިންޔާ މުސްލިމުން އަނބުރާ ގައުމަށް ދިޔުން ހުއްޓުވުމަށް ކަމަށް ބެލެވޭ.

އަދި އެކަމާ ބެހޭ ގޮތުން ބަންގުލަދޭޝުން އެއްވެސް ފަރާތަކަށް ޝަކުވާ ހުށަހަޅާފައިވޭތޯ އެހުމުން އެގައުމުގެ ފޮރިން ސެކްރެޓަރީ ޝާހީދުލް ހައްގު ވަނީ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައި. އިތުރަށް ވިދާޅުވޭ>>

މިޔަންމާއިން ބޯޑަރުގައި ގޮވާތަކެތި ހަރުކުރާ ކަމަށް ބަންގުލަދޭޝްއިން ބުނޭ -- ފޮޓޯ: ރޮއިޓާސް

23:11 މުހައްމަދު ސިމާއު

ރޮހިންޔާ މުސްލިމުން އިންޑިއާއިން ޑީޕޯޓް ކުރާއިރު މިޔަންމާ މީހުންނަށް ވިސާ ހިލޭ!

އިންޑިއާގައި ދިރިއުޅޭ ރޮހިންޔާ މީހުން އެ ގައުމުން ޑީޕޯޓް ކުރުމަށް ނިންމާފައި ވަނިކޮށް، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގަމުންދާ މިޔަންމާގެ ރައްޔިތުންނަށް ހިލޭ ވިސާ ދިނުމަށް އިންޑިއާއިން ނިންމައިފި އެވެ.

އިންޑީއާއިން އެގޮތަށް ނިންމީ އެ ގައުމުގެ ބޮޑުވަރީރު މޯދީ މިއަންމާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. މޯދީ އެގައުމަށް ވަޑައިގަތުމަށްފަހު ވިދާޅުވެފައި ވަނީ މިޔަންމާގެ ރައްޔިތުންނަށް ވިސާ ހިލޭ ކޮށްދޭނެ ކަމަށާއި އިންޑިއާގެ ޖަލުތަކުގައި ތިބި މިޔަންމާގެ 40 ގައިދިއަކު މިނިންވަން ކުރާނެ ކަމަށެވެ.

މޯދީ ވިދާޅުވެފައި ވަނީ ހައްދުފަހަނައަޅާފައިވާ މީހުންގެ ސަބަބުން މިޔަންމާގެ ރަހީން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށް ދިމާވެފައިވާ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އިތުރަށް ވިދާޅުވުމަށް>>>

21:35 މުހައްމަދު ސިމާއު

ރޮހިންޔާ މީހުންނަށް ތުރުކީން އިތުރު 10،000 ޓަނުގެ އެހީ

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ތުރުކީން އިތުރު 10،000 ޓަނުގެ އެހީ ފޮނުވަން ނިންމާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޔައްޔިބު އުރުދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

ތުރުކީ އަކީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގައި ހަމަނުޖެހުން ހިނގާ ސަރަހައްދަކަށް ބޭރު ގައުމެއްގެ އެހީ ދޭ އޭޖެންސީއަކަށް ވަނުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދިން ފުރަތަމަ ގައުމެވެ. އިތުރަށް ވިދާޅުވުމަށް>>

16:20 އައިމިނަތު ލުބާ

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

މިޔަންމާގެ ރަހައިން ސްޓޭޓްއިން ބަންގްލަދޭޝް އަށް ހިޖުރަކުރަމުންދާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓް ސޮސައިޓުން ފަންޑެއް ހުޅުވަން ނިންމައިފި އެވެ.

ފަންޑް ހުޅުވުމުގެ މަގްސަދަކީ މިޔަންމާގެ ރަހައިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ޓަކައި ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝް އަށް ޖަމާވާ މީހުންނަށް އަވަސް ގޮތެއްގައި އިންސާނީ ހައްގުތައް ފޯރުކޮށްދިނުން ކަމަށް ރެޑް ކްރެސެންޓް އިން ބުންޏެވެ.

ރަހައިން ސްޓޭޓްގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފަ އެވެ. އިންސާނީ ހައްގުތައް މުޅިން ނެތިފަ އެވެ. އިންސާނީ ހިމާޔަތް ވަނީ ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިފަ އެވެ. މީގެ ސަބަބުން އެތައް ހާސް ބަޔަކު ވަނި އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. އަދި ސަބަބުން ބަންގްލަދޭޝްގެ އެހީ އަށް ބޭނުންވެ ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އައިއެފްއާރްސީ އިން ވަނީ މި ހާލަތާ ބެހޭ ގޮތުން އެ ޖަމާއަތުގެ އެމަޖެންސީ އެހީ ފޯރުކޮށްދޭން ފަށައިފަ އެވެ.

މިޔަންމާގެ ރަހީން ސްޓޭޓްގައި އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ވޭތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިޔަންމާ ދޫކޮށް ބަނގުލަދޭޝަށް ހިޖްރަކުރި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު 90،0000 އަށް އަރަ އެވެ.

ފައިސާގެ އެހީ ދިނުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 20ގެ ނިޔަލަށެވެ. ފައިސާ ޖަމާކުރަން ހަމަޖެހިފައިވާ އެކައުންޓްގެ ތަފްސީލް ތިރީގައި އެ ވަނީ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް

އެކައުންޓް ނަން : މޯލްޑިވިއަން ރެޑް ކްރެސެންޓް

އެކައުންޓް ނަންބަރު: 100-55500036-01-9901

ބޭންކް އޮފް މޯލްޑިވްސް

އެކައުންޓް ނަން: މޯލްޑިވްސް ރެޑް ކްރެސެންޓް

އެކައުންޓް ނަންބަރު: 001-176022-7701

ދިވެހި ރެޑްކްރެސެންޓްގެ މީހެއް އެހީތެރިވެދެނީ
15:01 ރުގިއްޔާ މުހައްމަދު މޫސާ

ސޫޗީ އާއި މޯދީ ބައްދަލުކުރައްވައިފި

މިޔަންމާގެ ރަހީން ސްޓޭޓުގައި ދިރިއުޅޭ މުސްލިމުންގެ ހާލަތަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ ދަނޑިވަޅެއްގައި، މޯދީ އާއި ސޫޗީ ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޯދީ ވަނީ އެގައުމުގައި ވެރިކަން ކުރާ ފަރާތްތަކުގެ ހިތްވަރުގަދަ ކަމަށް ތައުރީފު ކުރައްވައިފައި. އިތުރަށް ވިދާޅުވުމަށް>>

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މިޔަންމާގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީ -- ފޮޓޯ: ޓުވިޓާ

14:43 މުހައްމަދު ސިމާއު

ރޮހިންޔާ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭން ރަށެއް ތަރައްގީ ކުރަނީ!

ބަންގާޅުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ޕޮލިޓިކަލް އެޑްވައިޒަރު އެޗް ޓީ އިމާމް ވިދާޅުވީ، ބޭ އޮފް ބެންގަލްގައި އޮންނަ ތެންގާރު ޗަރް ނަމަކަށް ކިޔާ ރަށަކަށް ވަގުތީ ގޮތުން ރޮހިންޔާ މީހުން ބަދަލު ކުރުމުގައި އެހީތެރިވުމަށް ބައިނަލްއަގްވާމީ އޭޖެންސީތަކުގައި އެދިފައިވާނެ ކަމަށް. އިތުރަށް ވިދާޅުވުމަށް>>

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ރޮހިންޔާ މުސްލިމުތަކެށް އެތެރެވަނީ-- ފޮނުވާލަމުން----ފޮޓޯ/ އޭޕީ

14:35 މުހައްމަދު ސިމާއު

އިންޑިއާގައި އުޅޭ ރޮހިންޔާ ރެފިއުޖީން ހޯދައި ޑީޕޯޓް ކުރަނީ

އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ރޮހިންޔާ ރެފިއުޖީންނާމެދު އަމަލު ކުރާނެ ގޮތަކާމެދު ސުވާލުކުރުމުން އިންޑިއާގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކިރެން ރިޖުޖޫ އިއްޔެ ވިދާޅުވީ، ރޮހިންޔާ ރެފިއުޖީން ހޯދުމަށް ސަރުކާރުން އެކި ސްޓޭޓްތަކުގައި ޓާސްކް ފޯސްތަކެއް ގާއިމް ކުރަމުންދާ ކަމަށް. އަދި އެކަން ނިމުނުހާ އަވަހަކަށް ޑީޕޯޓް ކުރަން ފެށޭނެ ކަމަށް. އިތުރަށް ވިދާޅުވުމަށް>>

މިޔަންމާ އަސްކަރިއްޔާގެ އަނިޔާވެރިކަމުން ސަލާމަތްވެ ބަނގުލަދޭޝްއަށް ރޮހިންޔާ މުސްލިމުތަކެށް އެތެރެވަނީ----ފޮޓޯ/ އޭޕީ

ސޫޗީ ފާތިމަތު ސައީދު

ރޮހިންޔާ މުސްލިމުނާ ބެހޭގޮތުން ފަތުރަމުން ދަނީ ދޮގު ވާހަކަ: ސޫޗީ

ރޮހިންޔާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން ދާ ކަމަށާއި އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު ހިންގާ ކަމެއް ކަމަށް ސްޓޭޓް ކައުންސިލަ އޮފް މިޔަންމާ، އަން ސަން ސޫޗީ ވިދާޅުވެއްޖެ އެވެ. އިތުރަށް ވިދާޅުވުމަށް>>

މިޔަންމާގެ ސްޓޭޓް ކައުންސިލަ އޮފް މިޔަންމާ އައުން ސަން ސޫޗީ

އަހަރެމެންނަށް ރަނގަޅަށް އެނގޭ، އެހެން މީހުންނަށްވުރެ ބޮޑަށް އެނގޭ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ކޮބައިކަން އަދި ޑިމޮކްރަސީން ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ކޮބައިކަން،
12:16 މުހައްމަދު އައުޒަމް

އިންޑިއާ ބައްރަށް މިނިވަންކަން ލިބުނު ދުވަސްވަރު ރޮހިންޔާ މުސްލިމުންގެ ހާލަތު

ބަރުމާއަށް އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނީ 1948 ވަނަ އަހަރު އެވެ. ހަމަ އެދުވަސްވަރަކީ އިންޑިއާ އާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު ދުވަސްވަރު ވެސްމެ އެވެ. އިންޑިއާ އިން ވަކިވެ މުސްލިމުން ވަކި ދައުލަތެއް އުފައްދަން އުޅުނު ދުވަސްވަރު ބަރުމާގެ ރާކިން ސްޓޭޓްގައި އުޅުނު ރޮހިންޔާ މުސްލިމުން ވެސް ބޭނުންވީ އިރުމަތީ ޕާކިސްތާން (އޭރުގެ ބަންގްލަދޭޝް) އާ ގުޅޭށެވެ. ނަމަވެސް ޕާކިސްތާނުގެ މިނިވަންކަމުގެ ބާނީ މުހައްމަދު އަލީ ޖިނާހު، ރާކިން ސްޓޭޓް، ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ބޭނުމެއް ނުވި އެވެ. އިތުރަށް ވިދާޅުވުމަށް>>

12:12 މުހައްމަދު އައުޒަމް

ރޮހިންޔާ މުސްލިމުންނަކީ ކޮންބައެއް؟

މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅޭ މުސްލިމުންނަކީ "ރޮހިންޔާ" މީހުންގެ ގޮތުގައި ބައިނަލްގްވާމީ ދުނިޔެ އިން ބަލައިގަނެފައިވާ ބަޔަކަށް ވިއަސް، މިޔަންމާގެ ގިނަ މީހުން ދެކޭގޮތުގައި ރޮހިންޔާ މުސްލިމުންނަކީ ސިޔާސީ ގޮތުން ބޭނުންކުރާ ނަމެކެވެ. އަދި ރޮހިންޔާ އަކީ ބަންގްލަދޭޝުން ހިޖުރަކޮށްގެން އުޅޭ އެކިއެކި ނަސްލުތަކުގެ މީހުން ކަމަށް މިޔަންމާއިން ބުނެއެވެ.

އެހެންނަމަވެސް ރޮހިންޔާ އިން ދެކޭގޮތުގައި އެމީހުންނަކީ ބަންގާޅީންނެއް ނޫނެވެ. އަދި އެމީހުންނަކީ ވަކި ތަފާތު ނަސްލަކަށް ނިސްބަތްވާ ބައެކެވެ.

މިޔަންމާ ސަރުކާރުން ބުނާ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުން އެ ގައުމަށް ހިޖުރަކޮށްފައި ވަނީ ބަރުމާ އިނގިރޭސިންގެ އިސްތިއުމާރުންގެ ދަށުގައި އޮތް ދުވަސްވަރުގައެވެ. އެއީ އަށާރަ ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން އިންޑިއާ އަދި ޕާކިސްތާނު އުފެދުނު ދުވަސްވަރާއި އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދުނު ދުވަސްވަރު ބަންގްލަދޭޝް އިން އެތައް ބަޔަކު އެ ގައުމަށް އެތެރެވި ކަމަށް ވެސް ބަރުމާ އިން ބުނެ އެވެ.