މީހުން މެރި މަންޒަރު އަންހެނުންނާއި ކުޑަކުދީންނަށް ދެއްކީ ގަސްތުގައި!

ބަންގުލަދޭޝް އާއި މިއަންމާ ގުޅޭ އައްސޭރި ފަށު، ކުތުޕަލަންގައި ކޭމްޕުކޮށްގެން ތިބި ބައެއްގެ ތެރޭގައި ހުރި ތުއްތު ކުއްޖަކު ރޮނީ--- ސަން ފޮޓޯ/ ޙުސައިން ޙަސަން

(ކޮކްސް ބާޒާރު، ބަނގުލަދޭޝް)- ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. މި ވީޑިއޯއިން މި ކޭމްޕު ސަރަހައްދުގެ ހާލަތު ފެންނާނެ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން އެހީގެ ސާމާނު ބަރުކޮށްގެން އައިސް ރޮހިންގާ މީހުންނަށް ބެހުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. ސަބަބަކީ އެ މަސައްކަތް މެނޭޖު ކުރާނެ ގޮތެއް ނެތުމެވެ. އެ މަަސައްކަތުގައި އުޅޭ މީހުން މަދުވުމެވެ. އެ މަސައްކަތަށް އިންސާނީ ވަސީލަތް އެބަ ބޭނުންވެ އެވެ.

މިޔަންމާގެ ގަތުލުއާންމުގައި ކުޑަކުދީންނާއި އަންހެނުންނަށް ޖައްސަމުންދާ ހާލެވެ. މީހުން މަރާ މަންޒަރު ކުޑަކުދިންނަށާއި އަންހެނުންނަށް ގަސްތުގައި އެ މީހުން ދައްކައެވެ. އެ އަނިޔާއަށްފަހު މި ތިބެންޖެހެނީ މި ރެފިއުޖީ ކޭމްޕުގައެވެ.

ދުވަހަކު ވެސް ހިޔާލަށް ނުގެނެވޭ އަނިޔާވެރި އަމަލެއް، "މަޑު ހިތްތަކެއް"ގެ ކަނބަލުންތަކަކަށް ގަސްތުގައި ދެއްކުމުން ދެން ވާނެ ގޮތް ސިފަކުރާށެވެ. ދާއިމީ ގޮތުން އަރައި ނުގަނެވޭ ނަފްސާނީ ބަލިމަޑުކަމަށް ގެނބިގެންދާނީ އެވެ. ހެވާ ނުބައި ނޭނގޭ ތުއްތު ކުދިންނަށް، އެ ކުދިންގެ ބައްޕަ އާއި ބޭބެމެން ކަތިލާ މަންޒަރު ދެއްކުމުން ނުކުންނާނެ ނަތީޖާ އިހްސާސުކޮށްލާށެވެ. މި ވީޑިއޯގައި ވަނީ އެ ވާހަކަތައް ކުރުކޮށް ހިމަނާފައެވެ.

comment ކޮމެންޓް