ސަން ކުރުވާހަކަ މުބާރާތަށް އެސްއެމްއެސް ކުރަން ހުޅުވާލައިފި

1438 ވަނަ އަހަރުގެ ރަމަޟާން މަހު ސަން އޮންލައިނުން ގެނެސްދިން ސަން ކުރުވާހަކަ މުބާރާތުގައި ބައިވެރިކުރި ވާހަކަތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --

މި އަހަރުގެ ރޯދަމަހަށް ޚާއްސަކޮށްގެން ސަން އޮންލައިނުން ކުރިޔަށް ގެންދާ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކަތަކުގެ ތެރޭން ކިޔުންތެރީންނަށް އެންމެ ރަނގަޅު ވާހަކަ ހޮވުމަށް އެސްއެމްއެސް ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކަތަކަށް މާކްސް ދޭން ހަމަޖައްސާފައި ވަނީ، ސަން އިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޓީމަކުން 60 ޕަސެންޓް އަދި އެސްއެމްއެސް އަށް 40 ޕަސެންޓެވެ.

އެސްއެމްއެސްކުރުމުގެ ފުރުސަތު އޮންނާނީ، މިއަދުން ފެށިގެން ޖުލައި 05 ވަނަ ދުވަހުގެ ރޭ މެންދަމު 12:00އާ ހަމައަށެވެ.

އެސްއެމްއެސް ކުރައްވާނީ، (KV (space) story name (send to 2747 އަށެވެ.

މުބާރާތުގައި ބައިވެރިކުރި ވާހަކަތައް:

މި އަހަރުގެ ސަން އޮންލައިން ކުރުވާހަކަ މުބާރާތުން އެއްވަނައަށް ހޮވޭ ވާހަކަ އަކަށް -/12،000 ރުފިޔާ ދެވަނަ އަށް -/8000ރ. އަދި ތިން ވަނަ އަށް -/6000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.

މުބާރާތުގައި އިންސާފު ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ލިޔުންތެރިޔާ އިހްސާސްތައް ފޯރުކޮށްދޭ ގޮތާއި ލިޔުންތެރިކަމުގެ ބަޔާއި އިބާރާތުގެ ބަދަހިކަމަށް ބެލެވޭނެއެވެ.

comment ކޮމެންޓް