މަންމާ! އަހަރެންގެ ހިތް އަބަދު ވެސް ހެޔޮ..

ރާނިޔާ އަށް ހޭލެވުނީ މީހަކު ދޮރުގައި ވަރަށް ބާރަށް ތަޅަން ފެށުމުންނެވެ. ދޮރަށް ބަލަހައްޓާގެން ހުރެފައި ހިތަށް އެރިއެވެ. " މިއަދު ވެސް އެތަށް އަނިޔާ އެއް ލިބޭނެ ކަން ޔަޤިނެވެ. ހަމަ އެވަގުތު ގަޑި ބަލާލެވުނެވެ. އަދި ގަޑިން 04:30 ވީ އެވެ. މަންމަ އެނެއްކާ ވެސް ތަޅަން ފެށުމުން ދޮރު ހުޅުވައިލީމެވެ. " އަދި ވެސް ކަލޭ ތިޔަ ނިދަނީ ތަ؟ "ހަމަ މިހާރުދޭ ރޮށިފިހެފައި ސައިބޯ އެއްޗެއް ހަދަން " މަންމަގެ ބާރު އަޑާއި އެކު އަހާލި އެވެ. އާ މަންމާ މިދަނީ ! . އަދި ދަމުން ދަމުން ރާނިޔާގެ މަންމަ ދިޔައީ ދޮރު ހުޅުވާފައި ބެހެއްޓުމަށް ބުނެފައެވެ. އަވަސް އަވަސް ކޮށްލާފައި ފަތިސް ނަމާދު ކޮށްގެން ދިޔައީ ބަދިގެއަށެވެ. އޭރުވެސް ރާނިޔާ އާފުރެފައި އާފިރެނީއެވެ. ރާނިޔާ އަކީ ހުރިހާ މަސައްކަތެއް ކުރަން އެގޭ ކުއްޖަށް ވުމުން ބައި ގަޑިއިރު ތެރޭގައި ރޮށި ފިހުމަށް ފަހު ، މަސް ހުނި ހަދާތައްޔާރު ކޮށް ނިންމާލިއެވެ. އަދި ނިންމާލުމަށް ފަހު ކޮޓަރި އަށް ވަދެ ފެންވަރާ ރީތިވެލިއެވެ. ކޮލެޖް އަށް ދާންޖެހެނީ 08:30 އަށެވެ. އެހެން ކަމުން ނުހެދި އިން ފިލާވަޅު ހަދަން އިނީއިނެވެ. ނަމަވެސް އިށީއިން ތަނާހެން މަންމަ ގޮވާލިއެވެ. ރާނިޔާ އާދެބަލަ ، މަގޭ ފައި މޮޑެލަދޭން " ރާނިޔާ ހައިރާންވި އެވެ. މިހާ ހެނދުނަކާ ތަ ؟ ރާނިޔާ ހިތަށް އެރިއެވެ. ރާނިޔާ ވިސްނުނީ ފަހުންނެވެ. ފިލާވަޅު ކިޔަން އިނީ އިނުމުން މަންމަ ރުޅިގަދަވީ އެވެ. މަންމަ ކައިރި އަށް ރާނިޔާ ގޮސް އަހާލި އެވެ. މަންމާ އެވެ. އަހަރެން ފިލާވަޅު ހަދަން ވެގެން މި އުޅެނީ ... ކިހެންވީ ؟ " ކަލޭ ފިލާވަޅު ހެދިޔަސް ނެހެދިޔަސް މަށައްކީތް؟ "ހަމަ މިހާރު މަގޭ ފައި މޮޑެން ފަށާ ". ރާނިޔާ ފައި މޮޑެދޭން ފަށައިފި އެވެ. ރާނިޔާ ގެ މަންމަ ބުނެލިއެވެ. ކަލޭ ޖެހޭނީ އަބަދު ވެސް މަގޭ ބުނާ ގޮތެއް ހަދާގެން ބުނާ ކަމެއް ކޮށްގެން އުޅެން .... ވަލު ޖަނަވާރަކަށް ވުރެން ކަލޭ މަގޭ ކުރިމަތީ އަގުދަށް" މިހެން މަންމަ ބުނުމާއި އެކު ރާނިޔާ ގިސްލަ ގިސްލާ ރޯންފަށާފިއެވެ. އެންމެ ފަހުން މަންމަ ރާނިޔާ ރޯންފެށުމުން ކޮޓަރީގެ ފާރު ބުޑަށް ކޮއްޕާލިއެވެ. ރާނިޔާ ގޮސް ޖެހުނީ ފާރު ކައިރީ ހުރި އަލަމާރީގައެވެ. ތަދު ވެގެން ވަރަށް ބާރަށް މަންމާ އޭ ކިޔާ އަނެއްކާ ވެސް ރޯންފެށިއްޖެއެވެ. ހިތްވަރު ކޮށްފާ ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ވެފައިވާ ތަދުން ތެދު ނުވެވިފައި އެހެން އޮތްވާ ، ރާނިޔާ މަންމަ ގެ ކުޑަ ކޮއްކޮ މާރިޔާ އައިސް ރާނިޔާ އަތުގައި ހިފާ ނަގަން މަސައްކަތް ކުރިއެވެ. ރާނިޔާ މުޅި ހަށިގަނޑު ޓެއިލްސްގައި ކާތަމުން އެނދު ގައި ހިފަހައްޓާގެން ތެދުވި އެވެ. ތެދުވެގެން ގޮސް ރާނިޔާ އުޅޭ ކޮޓަރި އަށް ނުގޮސް އުޅެނިކޮށް ، މަންމަ އައިސް ރާނިޔާ ކުރިމައްޗަށް އެރި އެވެ. " އަދި ބުނަންތަ ، އެހުރީ ތަށިތައް ޒިންކް ތެރޭގައި ، ކޮޓަރިއަށް ވަންނަންވާނީ ، އެހުރިހާ އެއްޗެއް ދޮވެފައި ނިންމާފަ. " މަންމަ އެހެން ބުނުމުން ކުޑަ އިރު ކޮޅަކު މަޑުކޮށްލާފައި ، ޒިންކް ކައިރި އަށް ގޮސް ހިތްވަރު ކޮށްލާފައި ތަށިތައް ދޮވެ ނިންމާލިއެވެ. އޭރު ވެސް ބޮލުގައި ތަނަކުން ލޭ އަންނަހެން ރާނިޔާ ހީވެއެވެ. ނަމަވެސް ކުރާނީ ކީތް ހެއްޔެވެ؟ މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ ހެއްޔެވެ. ؟ ކުރާނި ފަހެ ކީތްހެއްޔެވެ. މިއަދު މިދުނިޔޭގައި އަހަރެންނަށް ހުރިގޮތް ބާއެވެ؟ އަހަރެން ހިތްވަރު ކުރާނަމެވެ. އެންމެ ފަހު ނޭވާ އާއި ޖެހެންދެން ވެސް މަންމަގެ ލޯބި ލިބޭތޯ މަސައްކަތް ކުރާނަމެވެ. ރާނިޔާ މަޑު މަޑުން ހުރެ ކިޔާލިއެވެ. ރާނިޔާ ކޮޓަރި އަށް ވަދެއްޖެއެވެ. އަވަސް އަވަހަށް ފޯން ބަލާލިއެވެ. ފާއިޒް ގެ ދިހަ މިސްކޯލް އެވެ. އަވަހަށް ގުޅާލި އެވެ. ފާއިޒް ފޯން ނަގާފައި އަހާލިއެވެ. ލޯބިވާ ހަދަ އިރެއްވެއްޖޭ ފޯނަށް ގުޅާތާ ! ކޮންތާކު ....... ފާއިޒްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރާނިޔާ އަށް ރޮވިއްޖެ އެވެ. ފާއިޒް އަށް ވީގޮތް ކިތައްމެ ރަގަޅަކަށް ވެސް އެގިއްޖެއެވެ. ވަރަށް ލޯބިން ފާއިޒް އަހާލިއެވެ. ރާނީ ކިހިނެއް މިއަދު މަންމަ ހެދީ .. ޖެހީތަ ؟ ހަޅޭލެވީތަ ؟ ބުނެބަލަ ! ބުނީމަ ދޯ އިގޭނީ ވެސް . މިހެންބުނުމާއި ރާނިޔާ ބުނެލި އެވެ. ވަކި ބުނެގެން ފާއިޒް އަށް ކޮށްދެވޭނެ އެއްވެސް ކަމެއް މިއަދު ނެތް ނަމަވެސް މިވާހަކަ ކިޔާދި ނުމުން ފާއިޒް އިތުރަށް ދެރަވާނީ. ފާއިޒް ނުނެލި އެވެ. އަކަމުވެސް ހެވޭ ... ބުނެބަލަ މަންމަ ކީކޭކީ؟ ރާނިޔާ ވާހަކަ އޮޅުވާލުމުގެ ގޮތުން އަހާލި އެވެ. "ފާއިޒް އަހަރެންނާއި މެރީ ކުރާނެ ތާރީހް ހިގާ ފައިނަލް ކުރަންދޯ؟ ފާއިޒް ބުލިއެވެ. "ލޯބި" ބުނަން ބޭނުން ނުވަނީ ނަމަ އޯކޭ އެވެ. ރާނީ މިއަދު ކޮލެޖް އަށް ނުދަނީ ހެއްޔެވެ. ރާނިޔާ ވަގުތުން މިއަދު ކުޑަކޮށް ބަލި ވާހަކަ ބުނެ ފޯން ކުރުކޮށްލުމަށްފަހު ބޭއްވިއެވެ. ބޮލުން ލޭ އައިސް ފައި ހުރި ތަނުގައި ބޭސް މަލަން އަޅާލިއެވެ. ނަމަވެސް ލޭމަނާ ވާހެން ހީނުވުމުން އައިސް ކިއުބް ޖައްސާލައިގެން ލޭ އައުން ހުއްޓުވުނެވެ. ޑޮކްޓަރަކަށް ދައްކަން ދާންވެސް މަންމަ ޤަބޫލު ނުވާނެތީ އެވެ.

އެތައް ދުވަހެއް މާޒީ ވެގެންގޮސްފިއެވެ. މިއަދާ ހަމައަށްވެސް ރާނިޔާ އަށް ދެމުންދާ އަނިޔާ އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިއަދަކީ ރާނިޔާގެ އުފަންދުވަސް ކަމުން އަވަސް ކޮށްލާފައި ގޭގެ ކަންތައް ނިންމާލުމަށްފަހު ފާއިޒް އަށް ގުޅާފައި ބަލާ އައުމަށް ބުންޏެވެ. އެވަގުތު މަންމަ ރާނިޔާގެ ފޯން ކޯލް އަޑުހަން ހުރި ކަން ރާނިޔާ އަށް ނޭގެއެވެ. މަންމަ ރާނީ ރެޑީވެގެން ނުކުތްނަގަޑި ބަލާފައި ރާނިޔާގެ ކޮޓަރި ދޮރުމައްޗަށް ކޮކިން އޮއިލް އޮއްސާލާފައި ، މަންމަ ގޮސް އިނީ ސިޓިންރޫމްގައިއެވެ. ފާއިޒް ފޯން ކުރުމުން އަވަހަށް ކޮޓަރިން ނުކުންއިރަށް ރާނިޔާ ވެއްޓިއެވެ. މި އަޑުފޯނު ނުކެޑި ހުރުމުން ފާއިޒް އަށް ވެސް އިވުނެއެވެ. ފާއިޒް ރާނިޔާގެ އަށް ވަތްނަނިކޮށް ރާނިޔާ ގެ މަންމަ ފާއިޒް އަށް ގޮވާލާފައި ބުނެލިއެވެ. " ހަބަރު ދާރު އެންމެ ފިޔަވަޅެއ ކުރިޔަށް އެޅިޔަސް ކުޅި ތައްކާލާނަމޭ ބުނެލިއެވެ. ފާއިޒް ޖެހުނީ ފަހަތަށެވެ. ފާއިޒް އަށް ރާނިޔާ ވެއްޓިފައި އޮތް ތަން ފެނިފައި ދެރެވެ އާދޭސް ކުރަން ފެށިއެވެ. " ކަލޭ ކޮންމެން މަގޭ ކައިރީ އާދޭސް ކުރާނޭ ކަމެއް ނެތް ؟ ކުޑަ އިރު ކޮޅަކު މަޑު ކޮށްލާފައި ރާނިޔާ މަންމަ ބުނެލިއެވެ. " އެބައޮތް ގޮތެއް ރާނިޔާ ހޮސްޕިޓަލް އަށް ގެންދަން ބޭނުންމިއްޔާ ގެނޭ -/4000 ރުފިޔާ އޭރުން އެއްވެސް މައްސަލަ އެއްނެތް ގެންދިޔަސް. ރާނިޔާ މަންމަ މިހެން ބުނުމުން ވޮލެޓް ގައި ހުރި ލާރިން -/4000 ރުފިޔާ ރާނިޔާ މަންމަ އަށް ދިނުމަށް ފަހު ރާނިޔާ ނަގާގެން އެންބިއުލެންސް ގައި ހޮސްޕިޓަލް އަށް ގެންދިއައެވެ. އެވަގުތު ވެސް ރާނިޔާ ގެ ހޭނާރައެވެ. އެމަޖެންސީ އަށް ވެއްދުމަށް ފަހު ރާނިޔާ ގެ ހާލު ސީރިޔަސް ކަމުން ޑޮކްޓަރު އައިސީޔޫ އަށް ބަދަލު ކުރެވިއްޖެއެވެ. އެއްދުވަހު އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރ ފާއިޒް އާއި ވާހަކަ ދައްކަމުން ރާނިޔާ ސިކުނޑި އަށް ކުރިންވެސް ވަނީ ގެއްލުން ތަކެއް ލިބިފަ ކަމާއި ބަލާގެން އުޅުމަށް ނަސޭހަތް ތެރިވިއެވެ. ރާނިޔާ ދޫކޮށްލުމުން ފާއިޒް ރާނިޔާ ގެއަށްލިއެވެ. ފާއިޒް ދާނީ އޭ ބުނެލިއެވެ. ރާނިޔާ މަޑުމަޑުން ގޮސް ކޮޓަރި އަށް ވަދުނެއެވެ. ނަމަވެސް ކޮޓަރީގައި ޖައްސާލި ތަނާހެން މަންމަ ގެ ރައްޓެހި އަމްޖަދު އަތުވެއްޖެއެވެ. ރާނިޔާ ދުވަހަކު ވެސް އަމްޖަދު މި ގޮތަށް އައިސް ވަތް ދުވަހެއް މި ނޫނިއްޔާ ނުދެކެވެ. ރާނިޔާ އިތުރަށް ބިރު ގަތެވެ. އަމްޖަދު ކޮޓަރި ދޮރުލައްޕާފިއެވެ. އަދި ތަޅުވެސް ލާފައެވެ. އަހަރެން ރޮއެ އާދޭސް ކުރުން މަންމަ އަށް ގޮވާ ހެދީމެވެ. " މަންމާ އޭ މި އަމްޖަދު މި ކޮޓަރީގެ ދޮރު ލައްޕާގެން އަހަރެންނާއި ބެހެން މިއޮތް އުޅެނީ އެވެ. މަންމަ ގެ ޖަވާބުން އަހަރެން އިތުރަށް ދެރަވި އެވެ. " ކަލޭ މަށަށް ގޮވާނެ ކަމެއް ނެތް . މަ ބޭނުމީ ލާރި ، މިއަދުން ފެށުގެން ފިރިހެނުން ތި ކޮޓަރިޔަށް ވަންނާނެނެއެވެ" މިހެން ބުނުމާއި އެކު ރާނިޔާ އަޑުން އަޑު ނަގާފައި ރޯންފަށިއެވެ. އެވަގުތު ވެސް އަމުޖަދު ބަލަހައްޓާގެން ދޮރު ކައިރީ ހުއްޓެވެ. ކައިރިއަށް ޖެހެން ފެށިއެވެ. ސަލާމަތް ވާން ނެގީ ފޯންނެވެ. ފާއިޒް އަށް ގުޅާށެވެ. އަހަރެންގެ ނަސީބު ދެރައީ އެވެ . ފާއިޒް ފޯން ނުނަގައެވެ. އަމްޖަދު ފޯންވެސް އަތުލައިފިއެވެ. އަހަރެން އެދުމައްޗަށް ޖަހާވައްޓާލާފިއެވެ. އަމުޖަދު ބޭނުންވާ ހުރިހާ ކަމެއް ކޮށްނިންމާފިއެވެ. އަހަރެން ރޮއެ ރޮއެ އޮތް ވައެވެ. އަދި އަތާ ފައި އައްސާފައި ފޮޓޯވެސް ނެގީ އެވެ. ދަމުން މިއީ ކަލޭ ދެން ނުކޮށްފިނަމަ މި ފޮޓޯ އިންޓަނެޓް އަށްލާނެ ކަމަށް ވެސް ބުންޏެވެ. އަހަރެން އަތްފައި މޮހާލުމަށް ފަހު ، މިއީ ކަލޭގެ ބޯއި ފްރެންޑް އަށް ދިން ހަދިޔާ އެއް ކަމަށް ވެސް ބުންޏެވެ. ދުނިޔޭގައި މިއީ އިންސާފްތޯ؟ ހިތާ ހިތާ ސުވާލު ކުރެވުނެވެ. އަހަރެންގެ ސިކުޑި ހަމަ ސުމަކަށް ގޮއްސިއެވެ. ފާއިޒް އަށް ދައްކާނެ އިތުރު ވާހަކަ އެއްނެތެވެ. އޭނާ އަށް ދެވޭނެ އިތުރު ހިދިޔާ އެއްނެތެވެ. އެންމެ ބޮޑު ހަދިޔާ ވެސް އަހަރެންގެ މަންމަ އެހެން މީހަކަށް ވިއްކާލީއެވެ. އެވެސް އެތައް ލާރިއަށެވެ. އަހަރެން އަވަހަށް އެއްޗެހިލީމެވެ. އަދި ރޮމުން މަންމަ ކައިރި އައިސް އާދޭސް ކުރީމެވެ. މިހެން ތިޔަހެދީ އަހަރެންގެ ކޮން ކުށެއް ކޮއްގެން ހެއްޔެވެ؟ މަންމަ ހެމުން ހެމުން ބުނެލީ މިހެންނެވެ. " މަގޭ ބޭނުމީ ފައިސާ އެވެ. ކަލޭ ވިއްކާގެން ވެސް މަ ބޭނުން ވަނީ ފައިސާ އެވެ. އެގިއްޖެ ތަ." އަހަރެން ރޮއިމުގެ އޑު އިތުރަށް ބާރުވީ ބޭއިހްތިޔާރު ގައެވެ. އަޅާލާނެ އެއެވެސް މީހަކު މިގޭ ހަތަރު ފާރަކު ވެސް ނެތީއެވެ. ކުޑަކުޑަ މާރިޔާ ނޫން އެއްވެސް މީހަކު ނެތެވެ. ފާއިޒް އަށް ގުޅާފައި މިއަދުން ފެށިގެން ފާއިޒް އާއި ގުޅުން ބޭއްވެއްނެތް ވާހަކަ ބުނެލާފައި ފޯން ކަނޑާލީމެވެ. ފޯން ކަނޑާލުމުން ފާއިޒް ވަރަށް ގިނައިން ގުޅާންވެސް ގުޅިއެވެ. ނަމަވެސް މުޅި އުމުރަށް ފާއިޒް ނަފްރަތް ކުރާނެތީވެ ، އިތުރަށް މިވާހަކަ ކިޔާދެން ބޭނުން ނުވީއެވެ. މި ގޮތަށް އެތައް ދުވަހެއް ފާއިތު ވަމުންގޮސް އަހަރެން ބޭނުން ކުރަން އަމަޖަދު އަންނަލެއް ގިނަވެ ، ދުވާލަކު ތިންފަހަރު ވެސް އަންނަ ފަށާފިއެވެ. ކުރާނީ ކީއްހެވެ؟ އަހަރެން ނުކުރާން ގަދަ ދައްކާ ކޮންމެ ފަހަރަކު ވެސް އަހަރެންގެ ފޮޓޯ ދައްކާ ބެލެކް މެއިލް އަމްޖަދު ކުރެއެވެ. ނަމަވެސް އަހަރެން މިއީ އަންހެނެއް ކަމުން ކޮންމެ ވެސް ގޮތަކުން ސަލާމަތް ކުމަށް މަސައްކަތް ކުރެވެއެވެ. މިގޮތަށް ސަލާމަތްވާން މަސައްކަތް ކުރާ ވަގުތު ތަކުގައި އަމްޖަދު އަށް ވެސް އަނިޔާ އަހަރެންގެ އަތުން ދީފައި ހުންނާނެއެވެ. ހަމަ އެކަނި މި އަނިޔާ ތަކުން ސަލާމަތް ވުމަށެވެ. އަމުޖަދު ކޮންމެ ފަހަރު ވެސް ބުނަމުން އަންނީ އަހަރެން މި ކޮޓަރި އަށް މި ވަންނީ ތަޅުދަނޑި އަށް -/1000 ރ ދައްކާފައި އަދި ކަލޭ ކައިރިން އުފާ ހޯދުމަށް -/3500 ރ ދެއްކުމަށް ފަހު ކަމުގައި ވެސް ބުންޏެވެ." ކުރާނީ ކީއްހެވެ. މަންމަ އަށް މިވަގުތު މުހިއްމު ވަނީ އަހަރެން ނޫން ކަން އަހަރެނަށް އިގުނެވެ. މިވަގުތު މަންމަ އަށް މުހިއްމީ ލާރި އެވެ.

ދުވަސް ތައް ފާއިތު ވަމުން ގޮސް އެއްދުވަހެއްގެ ހެނދުނު އަހަރެން ހުރީ ބަދިގެ ސާފުކުރާށެވެ. ހިޔާލަކަށް އަހަރެން ގެއްލިފައި ހުއްޓާ އިވުނީ ވަރަށް ބާރަށް އެއްޗެއް ވެއްޓޭ އަޑެވެ. އެ އަޑު އިވުނީ ހަމަ ޔަޤީނުން ވެސް މަންމަގެ ކޮޓަރިންނެވެ. އަވަސް އަވަސް ދުވެފާ މަންމަ ކޮޓަރި ދޮރު ހުޅުވާލި އިރު މަންމަ އޮތީ އެދުން ބޯކޮޅު ވެއްޓި ފައި ކޮޅު އެނދުމަތީ ގައެވެ. އަވަހަށް ގޮސް މަންމަ ނަގާގެން އެނދުގައި ބާއްވާފީމެވެ. އަދި އެންބިއުލެންސް އަށް ގުޅާލީމެވެ. އެންބިއުލެންސް އައުމުން ، އެންބިއުލެންސް ގެ ހެލްފަރުން މަންމަ އެރުވުމުން މަންމަ ގެ ފަހަތުން އެންބިއުލަސް އަށް އެރީމެވެ. ހޮސްޕިޓަލް އަށް ދެވުމުން ވަގުތުން އެމެޖެންސިގައި މަންމަ އަށް ފަރުވާ ދޭން ފަށާފިއެވެ. ފާރުގައި ބޯޖައްސާލައިގެން ހުއްޓާ ކުރިމައްޗަށް އެރީ ފާއިޒް އެވެ. އާގޮތަށް އައިސް ވައި އަޑުން " ކަލޭ ތީ އިންސާނުންގެ ދަރަޖައިން ނެއްޓިފައި ހުރި އަންހެނެކޭ ބުންޏެވެ" އަހަރެން އިތުރަށް ދެރަވިއެވެ. އަދި އިތުރަށް ފާއިޒް ބުނަމުން ދިޔައީ " ކަލޭ އަމްޖަދު އަށް ކަލޭގެ ހަށިގަޑު ވިއްކާ ލާރި ހޯދަމުންދާ ވާހަކަ އަމްޖަދު އަހަރެން ކައިރީ ބުނި ކަމަށް އަމްޖަދު ބުނި ކަމަށް ފާއިޒް ބުނުމުން އެކަން ވީ ގޮތް ކިޔާދޭން އަނގަ ހުޅުވާލަން އުޅުޅިކޮށް " ކަލޭގެ ތިޔަ ހަނޑި އަގައިން އެއްވެސް ބަހެއް ބޭރުނުކުރާތި ! އަހަރެން ދުވަހަކުވެސް ކަލޭ އަކަށް މާއާފް އެއް ނުކުރާނަމެވެ. ދެގަޑި އިރު ފަހުން ޑޮކްޓަރ އަހަރެންނާއި ވާހަކަ ދެއްކި އެވެ. މަންމަ އަށް ޖެހުނީ ހާޑްއެޓޭކް އެއް ކަމަށް ބުންޏެވެ. އަދި ތިން ދުވަސް ފަހުން ދޫކޮށްލާނެކަމަށް ވެސް ބުއްޏެވެ. ތިން ދުވަސް ވުމުން ގެއަށް މަންމަ އާއި އެކު އައީމެވެ. ކޮންމެ ދުވަހަކު ބަރާބަރަށް އަހަރެންގެ އަތުން ކާންދެމެންދިޔައީމެވެ. ދެ ހަފްތާ ފާއިތު ވެގެން ގޮސްފިއެވެ. އެއްދުވަހެއްގެ މެންދުރު ގަޑީގައި އަހަރެން ކޮޓަރީގައި އުޅެނި ކޮށް ތަންކޮޅެއް ބާރަށް މީހަކު " ހަމަ މިހާރު މިގެއިން ނުކުމޭ " ބުނެލިއެވެ. ޔަޤީނުން ވެސް އެއީ މަންމަ ގެ އަޑެވެ. އާއެކެވެ. މަންމަ އަމްޖަދު މި ގެއަށް ވައްނަން ދެކޮޅު ހެދީއެވެ. އުފާވިއެވެ. މަންމަ އަށް އަހަރެން ކޮޓަރިން ކުމެހުރި ތަން ފެނުމުން މަޑުމަޑުން އައިސް މަޑު އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. ދަރިފުޅާ! މަންމަ އަށް ފާއިޒް ގުޅާދީބަލަ! އަހަރެން އުފަލުން ގޮސް މަންމަގެ ގައިގައި ވަރަށް ބާރަށް ބާއްދާލީމެވެ. އުފަލުން ގޮހެވެ. ފުރަތަމަ ފަހަރަށް " ދަރިފުޅާ އޭ ގޮވާލީތީ އެވެ. މިހެން ބައްދާލާގެން ތިބެވުނީ ކިހާ އިރެއް ވަންދެއްކަން ވެސް އަހަރެންނަށް ވެސް ނޭގުނެއެވެ. މަންމަ ދެވަނަ ފަހަރަށް ވެސ ތަކުރާރު ކޮށްލިއެވެ. " ދަރިފުޅާ ފާއިޒް ގުޅާދީ ބަލަ" އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިމެވެ. ފާއިޒް ގުޅާލީމެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ. އަހަރެން މެސެޖް ކޮށްލީމެވެ. މަންމަ ބައްދަލު ކުރަން ބޭނުންވާ ވާހަކަ މެސެޖް ގައި ލިޔެލީމެވެ. ފަނަރަ މިނެޓް ފަހުން މަންމަ އާއި އެކު ސިޓިން ރޫމް ގައި ތިއްބާ ފާއިޒް އައެވެ. މަންމަ މަޑުން ހިގާފައި ގޮސް ފާއިޒް ފައިގައި ހިގާ ކިޔަން ފެށިއެވެ. " ހުރިހާ ވެސް ކުށެއް ކުރީ މަންމަ" އެވެ. ރާނިޔާގެ ކުށެއްނެތެވެ. އަމަޖަދު އަތުން ލާރި ހޯދީ ލާރި ދަތި ކަމުން ، އަމްޖަދު ރާނިޔާ ހަށިގަނޑު ބޭނުން ކުރަން ދޭން އެއްބސް ވާން ބުނުމުންނެވެ. މި މަންމަ އަށްޓަކައި ރާނިޔާ އާއި ކައިވެނި ކޮށްދީ ފާއިޒް މަންމަ ރޯންފެށިއެވެ. ފާއިޒް މަންމަ އަށް މިނޫން ގޮތެއް ނެތުނީ އެވެ. ނޫން ނޫން މަންމާ ހިތްވަރު ކޮށްފައި އަހަރެން ކައިރީ ލާރީގެ ވާހަކަ ބުނި ނަމަވެސް އަހަރެން ވެސް ކޮށްދިނީހެވެ. އަހަރެން ރާނިޔާ ވެއްޓިފައި އޮތް ދުވަހު ވެސް -/4000 ރ އަށް ރާނިޔާ ގެއިން ނުކުއްދުވޭނެ ވާހަކަ ބުނުމުން އެލާރި ވެސް އަހަރެން ދެއްކީމެއްނޫން ހެއްޔެވެ؟ ރާނިޔާ އަށް އެވާހަކަ އަޑު އިވުމުން ސިއްސާގެ ގޮސް ފާއިޒް އަށް ބަލާލެވުނެވެ. ފާއިޒް އެވަގުތު އާއެކޭ ބުނުމުގެ ގޮތުން އިސްޖަހާލިއެވެ. މަންމަ އަނެއް ފަރާތަށް އެބުރެފައި ރާނިޔާ ދަރިފުޅާ އޭ ކިޔާ ގޮވާލިއެވެ. ދަރިފުޅަށް އެގޭތަ ! ދަރިފުޅު ބައްޕަ ދަރިފުޅުގެ ހަތް އަހަރުގައި މަރުމުން މި މަންމަ ބެލީ އެ އަމްޖަދު ދޭ ކުޑަ ކަޑަ ލާރި ކޮޅުންނާއި ދެން ގޭ ކުލީގެ ގޮތުގައި ލިބުނު ލާރިންނެވެ. އެހެން ނަގާ ލާރި ގިނަވެގެން އަމްޖަދު ބުނީ ގެ ވިއްކާލާށެވެ. ނަމަވެސް މަންމަ އެކަމާ ދެކޮޅު ހެދުމުން ބުނީ ކުޅި ދައްކާލާނޭ ކަމުގައެވެ. އެހެން ގޮސް އެދުވަހު މަންމަ އައްސާފައި ރާނިޔާ ކޮޓަރި އަށް އަމްޖަދު ވަދުނީއެވެ. އަދި ދަމުން ބުނީ ރާނިޔާ ސަލާމަތް ވުމަށް ގޮވުމުން ނުކޮށްދޭނެ ވާހަކަ ނޫން ވަހަކަ އެއް ބުނެގެން ނުވާނެ ކަމަށް ބުންޏޭވެ. އެހެންވެ އެދުވަހު ވެސް ގޮތަށް ބުނީ ދަރިފުޅު ސަލާމަތް ކުރަން ކޮންމެ ދުވަހަކު ވެސް މި މަންމަ މަސައްކަތް ކުރަން ނަމަވެސް ފަހުން އަމްޖަދު އަންނަނީ ވަޅި ހިފާގެންނެވެ. އެކި ގޮތް ގޮތަށް ބިރު ދައްކަމުންނެވެ. ދަރިފުޅާ މި މަންމަ ދަރިފުޅު އަށް އެހާ ނުބައި ކޮށް ކަންކަން ކުރެވިފައި ވިޔަސް ދަރިފުޅުގެ އިއްފަތް ވިއްކާ ނުލާނެއެވެ. ނަމަވެސް ...... ރާނިޔާ މަންމަ ގެ އަނގަ މަތީ އތް އެޅިއެވެ. މަންމަ މަޑުމަޑުން އަތް ނަގާފައި ބުންޏެވެ. ތިޔައީ އަހަރެން އަސްލު ދަރިއެއް ނޫނެވެ. ތިޔައި އަހަރެންގެ ދޮން ދަރިއެކެވެ. މިހެން ބުނުމުން ރާނިޔާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ބުނެލިއެވެ. މިކަން ސިއްރު ކުރަން ބައްޕަ ބުނެފައި ވުމުން އެކަން ސިއްރު ކޮށްފައި އޮތީއެވެ. ރާނިޔާ ބުނެލިއެވެ. މަންމާ ! މަންމާ ! މަންމަގެ ހިތްވަރަށް އަހަރެން އިހްތިރާމް ކޮށް ސާބަސް ދެމެވެ. ދެމައިން އެހެން ތިއްބާ ފާއިޒް ރާނިޔާ ކައިރި އަށް ޖެހިލުމަށް ފަހު ބުނެލިއެވެ. " އަހަރެން މާއާފް ކޮށްފީމެވެ" . މާދަމާ ރަން ކިޔަން މީހުން ފޮނުވާނަމެވެ. މަންމަ އުފަލުންގޮސް ފާއިޒް ރާނިޔާ ކައިރި ކޮށްލާފައި އޮޅުލާގަތެވެ. ހަފްތާ އެއް ފަހުން ކުލަގަދަ ކޮށް ކައިވެނީގެ ހަފްލާ ބޭއްވުނުނެވެ. ދެ ފެމެލީ އާއި އެކޮށެވެ. މަންމަ ރާނިޔާ ސަލާމް ކުރަން އައުމުން ރާނިޔާ ބުނެލި އެވެ. " މަންމާ ! އަހަރެންގެ ހިތް އަބަދު ވެސް ހެޔޮ...................... ޕާރޓީ އަށް ފަހު ރާނިޔާ އާއި ރާނިޔާ މަންމަ އާ ފާއިޒް ވެސް އުޅުމުން ދިޔައީ ރާނިޔާ މަންމަ މެންގެ ގޭގައި އުފާވެރި ދިރިއުމެކެވެ.

ނިމުނީ

comment ކޮމެންޓް