އިދިކޮޅުން އިއްތިހާދެއް ހެދީ ސަރުކާރާ މެދު ނަފުރަތު އުފައްދަން: ސަރުކާރު

އިމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅު ގިނަ ޕާޓީތައް އެކުލެވޭ އިއްތިހާދުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/ ޕީޕީއެމް

އިން ވަކިކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ސަރުކާރާ ދެކޮޅު ޕާޓީތަކުން އެކުލަވާލައިފައިވާ އިއްތިހާދަކީ ސަރުކާރާ މެދު ނަފުރަތު އުފައްދެމުގެ މަގުސަދުގައި އުފައްދާފައިވާ އިއްތިހާދެއް ކަމަށް ސަރުކާރުން މިއަދު ތުހުމަތުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީތަކަށް އެއްބައިވެވޭ ސިޔާސަތަކީ އިމުގެ މައްސަލައެއް ނޫން ކަމަށެވެ.

އެ ބޭފުޅުން އެއްބައިވެގެން އުޅެނީ ސަރުކާރާ މެދު ނަފުރަތު އުފައްދަން ކަމަށާއި އެއްގޮތް ސިޔާސަތަކީ ވެރިކަން ބޭނުންވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުން އެއްބަސްވާ އެންމެ ކަމެއް މިއޮއްނަނީ. ވެރިކަން ކުރަން ހުރިހާ ބޭފުޅުން ވެސް އެއްބަސްވޭ، އެކަމަކު ވެރިކަން ކުރާނީ ކިހިނެއްތޯ، އެންމެން ގުޅިގެންތޯ ވަކިވަކިންތޯ ވެސް އެ ބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވޭ. އެހެންވީމާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ހިތުގައި ނަފުރަތު އުފައްދަން އެއްބައިވެގެން މިއުޅެނީ،" މިއުވާން ވިދާޅުވިއެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ކަމުނުގޮސްގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"އާ އެކު ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީން ވަނީ އިއްތިހާދެއް އެކުލަވައިލައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު --- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު، މިއުވާން ވިދާޅުވީ އެ މައްސަލައިގައި ވެސް އިދިކޮޅަށް އެއް ގަލަކަށް ނޭރޭ ކަމަށެވެ. މިގޮތުން، ޗާގޯސް އަކީ ދިވެހިންގެ ތަނެއްތޯ ނުވަތަ ނޫންތޯ ވެސް އެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވޭ، އަނެއް ބައި ބޭފުޅުން ވިދާޅުވީ ނޫނޭ ރާއްޖޭގެ ތަނެއް ނޫނޭ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ސަރުކާރު ގޯސްކޮށް، އިދިކޮޅު އިއްތިހާދުން ވަނީ ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވައްދައިފައެވެ. އިތުރަށް ވެސް ކުރެވޭނެ ކަންކަމާ މެދު އެ ޕާޓީތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

https://sun.mv/177272

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް