މާލެއާއި އައްޑޫގައި ހިންގި މާރާމާރީގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ހިންގި މާރާމާރީއާއި ޖެހިގެން އައި ހޮނިހިރު ދުވަހު މާލޭގެ ގެއަކަށް ވަދެ ހިންގި މާރާމާރީގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އައްޑޫ ސިޓީގައި ހުކުރު ދުވަހު ހެނދުނު މާރާމާރީއެއް ހިންގައިގެން އެ ކަމުގެ ރިޕޯޓު ލިބުނުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ ދޫކޮށްލައިފައެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ގެއަކަށް ވަދެ ހިންގި މާރާމާރީއެއްގައި، ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނެތެވެ.

https://sun.mv/197019

މިދެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކުރިތޯ މިއަދު ސުވާލުކުރުމުން، އެ ދެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހުގެރޭ ދަންވަރު 3:50ގައި އެއްގެ ރިޕޯޓު ވެސް ފުލުހުންނަށް ލިބިފައިވެއެވެ. އެ މާރާމާރީގައި ބިދޭސީ ފިރިހެނެއްގެ ބޮލަށް އަނިޔާވެ، ފަރުވާއަށް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

https://sun.mv/197012

އެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ހާލާ ގުޅޭގޮތުން 'ސަން' އިން ސުވާލު ކުރުމުން ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާގެ ބޮލަށް ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން ނިއުރޯ ސާޖަންއަކަށް ދެއްކުމަށް އިއްޔެ ހެނދުނު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މާރާމާރީއާއި ރަހީނުކުރުން ފަދަ ބޮޑެތި ކުށްތައް އާންމުވެފައިވާތީ، އާންމުން އަންނަނީ އެ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާރާމާރީގެ 493 މައްސަލައެއް މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް