މާލޭ ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

އޭޕްރީލް 4، 2020: ކާފިއު ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ގެއަކަށް މިއަދު ވަދެ ބަޔަކު މާރާމާރީއެއް ހިންގި މައްސަލައެއް ހުށަހަޅައިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ހުށަހެޅީ މިއަދު އިރުއޮއްސި 18:40 ހާއިރުކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން އަނިޔާވި ފިރިހެނަކަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އަދި މިހާތަނަށް މައްސަަލައާ ގުޅިގެން މީހަކު ހައްޔަރުނުކުރާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ ވެސް ވަނީ މިފަދަ މައްސަލައެއް ފެންމަތިވެފައެވެ. އެގޮތުން އައްޑޫ ސިޓީ، ހިތަދޫގެ ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް މީހުން ރަހީނުކުރުމާއި، މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރިޕޯޓު ވަރަށް ބޮޑަށް އިތުރުވެ، އެ ކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް