ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއެއްގެ ބޮލަށް އަނިޔާވެ ފަރުވާ ދެނީ

ހުޅުމާލެ ބީޗް ސަރަހައްދު: ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެ ފަރުވާ ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި މާރާމާރީއެއްގައި ބިދޭސީއަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ރޭ ދަންވަރު 3:50 ހާއިރު ހުޅުމާލޭގައި މާރާމާރީއެއް ހިންގި މައްސަލަ ރިޕޯޓުކުރި ކަމަށެވެ.

މާރާމާރީގައި ބިދޭސީ ފިރިހެނަކަށް އަނިޔާވި ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާގެ ހާލާ ގުޅޭގޮތުން 'ސަން' އިން ސުވާލު ކުރުމުން ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާގެ ބޮލަށް ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން ނިއުރޯ ސާޖަންއަކަށް ދެއްކުމަށް މިއަދު ހެނދުނު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މި ހާދިސާގައި އަދި އައިޖީއެމްއެޗް ހޮސްޕިޓަލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް