ޕީއެންއެފްގެ ސެނެޓް މެންބަރު އާސިފް ފުލުހަށް ހާޒިރުކުރަނީ

ރައީސް މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާޙަކައަކާ ގުޅިގެން ޕީއެންއެފްގެ ސެނެޓު މެމްބަރު އާސިފް ފުލުހަށް ހާޒިރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ޕީއެންއެފްގެ ސެނެޓު މެމްބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް މާދަމާ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

އާސިފް ފުލުހަށް ހާޒިރުވާން އަންގައިފައިވަނީ މާދަމާގެ ހެދުނު 10:00އަށެވެ.

އޭނާ ހާޒިރުކުރަން ނިންމާފައިވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށެވެ.

ފުލުހުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޗާންދަނީމަގާއި މަޖީދީ މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއްގެ މައްސަލައެއްގައެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީ އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކޮށް ބަޔާންނެގުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ.

https://sun.mv/221930

އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަދަދު ނޫނުހެ ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

https://sun.mv/221890

އެގޮތުން ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެންނެވެ. އަދި، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް