އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި

އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި -- ފޮޓޯ/ އަދަދު

ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށް ލާފައެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ތުހުމަތުކުރެވެނީ އެ ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށެވެ. ލީވާންގެ މައްޗަށް ތުހުމަތުކުރީ އަމުރާ ގުޅޭ ޚަބަރެއް ލިޔުމުން ކަމަށްވާއިރު، ޝަހުޒާންގެ މައްޗަށް ތުހުމަތުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ޚިލާފަށް ސުވާލުކުރުމުންނެވެ. އަދަދު ނޫހުގެ ސީއީއޯ ވިދާޅުވާ ގޮތުގައި އެ ދެ ނޫސްވެރިންނަށް ދިފާއުވުމުގެ ފުރުސަތެއް ނުދެއެވެ.

  • އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަދި ޝަހުޒާން ޖަލަށް ލުން.
  • ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތު އެ ދެ ނޫސްވެރިންގެ މައްޗަށް ކުރުން.
  • މައްސަލައިގެ އަސްލަކީ އަދަދު ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ނެރުނު ކޯޓު އަމުރެއް.
  • ދިފާއުވުމުގެ ފުރުސަތު ނުދީ ދެ ނޫސްވެރިން ޖަލަށް ލާފައިވާ ކަމަށް ނޫހުގެ ސީއީއޯ ބުނުން.

'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ.

ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

https://sun.mv/221868

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް