Ooredoo
Dhiraagu

އޭސީސީން ބަލަނީ ފަނޑިޔާރުންގެ ކޮން މައްސަލައެއް ކަމެއް ނުބުނި

އޭސީސީގެ ރައީސާއި މެންބަރުން: އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލު ދޭން ދެކޮޅު ހަދައިފައި -- ފޮޓޯ/ އޭސީސީ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔަރަކަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، އެ މައްސަލައިގެ ތަފުސީލު ދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ދެކޮޅުހަދައިފިއެވެ.

ADK GENERAl

އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑުކޮށްފައިވާ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އޭސީސީގައި ނޫސްވެރިން އެދުމުން އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވަނީ، ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ބުނަން އޮތީ، ކޮމިޝަނުގެ ގާނޫނުގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް އޭސީސީއަށް ހުށަހަޅައިފި ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

އޭސީސީގެ ރައީސާއި މެންބަރުން: އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލު ދޭން ދެކޮޅު ހަދައިފައި -- ފޮޓޯ/ އޭސީސީ

އެހެންވެ، ގާނޫނުއަސާސީއާއި ކޮމިޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައު ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވޗާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންދާނެ ކަމަށް އޭސީސީން ބުންޏެވެ.

"މި ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި، ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ، ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް އޭސީސީން ސިޓީއަކުން އަންގައިފައިވާ ކަމަށެވެ. އެހެންވެ، އެ ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގައިވަނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރަން ނިންމައިފައި ކަމަށް ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރީ، ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލެއް ފާސްކުރިތާ މާގިނައިރު ނުވަނީހެވެ.

އެ ބިލް ފާސްކުރީ، މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް މި މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލަ ބަލައި ނިމެންދެން، އިސްލާހަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެން ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުމެއް 11:00އަށް ތާވަލުކޮށްފައި ވަނިކޮށެވެ.

މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ ބައްލަވަމުން ގެންދެވީ މުޅި ބެންޗުންނެވެ. އަދި ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން، ވަގުތީ އަމުރު ނެރުމުގެ އަޑުއެހުން މިއަދު ވަނީ ކެންސަލްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފައިވަނީ ސުޕްރީމް ކޯޓަށް ބިރުދައްކަން ކަމަށް އިދިކޮޅު ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، އެ މައްސަލަ ބަލަމުން ދަނިކޮށް ބިލް ފާސްކޮށް، ފަނޑިޔާރުން ސަސްޕެންޑު ކުރުމުގައި ނާއިންސާފުން އަމަލުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ކަންބޮޑުވުން ގާނޫނީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

Redstar
comment ކޮމެންޓް

comment ޡިއު

1 month 15 hour ago

ފަނޑިޔާރުން ކަސްރަތު ނުކުރާތީ ކަމަށްވެސް ވެދާނެ.

comment ސައްލޭ

1 month 16 hour ago

ބިލް ފާސްކޮށް ތަސްދީޤްކޮށްފިއްޔާ މުޢިއްޒުގެ ވެިކަނއްނިމޭނެ. ގެ ވެސް ބިމާހަމަ ކުރާނަން

comment މަލް

1 month 16 hour ago

ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު.

comment ޔަހުޔާ

1 month 18 hour ago

ގާނޫނު އަސާސީއޭ ނުކިޔާ މުއިއްޒު އަސާސީއޭ ކިޔާބަލަ. ލަދުހަޔާތުގެ ކަންފުޅެއް ނެތީމައި ވާނެހައިއެއްޗެއްތިވަނީ. މިހިސާބުން މުއިއްޒަށް ކުރިތާއީދު އަނބުރާމިގެންދިޔައީ. ޔާމީނު ބުނިހެން ނިތްކިރީގައި ހުރި އެއްޗަކުން އަހަރެމެން ހީކުރީ މީނާއަކީ ވަރަށް ރަނގަޅުވާނެ މީހެއްކަމަށް. އަދިކިރިޔާ އަސްލު ސޫރަ ފެންނަންފެށީ.

comment ރިފް

1 month 19 hour ago

ފެންނަންތިތިބީ ނަޒާހަތްތެރިކަމުގެ މޫނުތަށް. ތިތިބަ މީހުންގެ ގައިންނާއި ބޮލުންނާްއި ތަލައިން ފައިބާނީ ނަޒާހަތްތެރިކަމުގެ ދިޔަ.

comment ރިފް

1 month 19 hour ago

ފަނޑިޔާރުންގެ މައްސަލާގެ ތަފްސީލް އޮންނާނީ ޅެންވެރިޔާގެ ބަނޑުގައި ކަމުން އެކަން ހާމަކުރާނީވެސް ކިހިނެއް ދޯ. މި ފަހަރު ތިތިބީ ހަމަ ފުރިހަމައަށް ކުށްވެރިވެފަ.

comment ގޮނޑިކޮއްކޮ

1 month 20 hour ago

ގޮނޑިކޮއްކޮ އޭސީސީ އަށް ކޮން މައުލޫމާތެއް ދެވޭނީ. ތީ އެޅހާބަތަކަށްރިހަ އޭސީސީ. ޙެއްދެވިފަރާތްގަންދީ ކުރި ހުވަޔާ އެއްގޮތަށްތޯ ތިޔަކަންކުރެވެނީ ވިސްނާލާ. މިނޫންދުވަހެއްވެސްއަންނާނެ. އެދުވަހުގެ ހުރިހާ ސުވާލަކަށް ތައްޔާރުވެ ތިއްބަވާ.

comment އަލިބެއްޔާގެ ދިޔެ

1 month 21 hour ago

ތީ ބޭންކް އޮފް މޯލްޑިވްސް ބަގާވާތް ކަހަލަ ތަހުގީގެއް... ނުހިގާކަމެއްގެ ތަފްސީލުދޭނީ ކިހިނެއް؟؟؟؟

comment

1 month 21 hour ago

މުއިޒު އޭސީސީ ގެ ރައީސް އަޔަނުކުރުމުން ދެންވާނެ ހަތަރެތި މިވަނީ

reply ސުހާނާ

1 month 17 hour ago

އޭސީސީގެ ރައީސްކަމުގައި މިހާރު ހުރީ މުޢިއްޒު ޢައްޔަނުކުރި މީހެއް ނޫން. އެއީ އިބޫ ޢައްޔަނުކުރި މީހެއް. އޭސީސީގައި މިހާރު ތިބި 5 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ (ކޮމިޝަނުގެ ރައީސާއެކު) އިބޫ ޢައްޔަނުކުރި މީހުން. މުޢިއްޒު ޢައްޔަނުކުރި ތިބީ 2 މެންބަރުން. އެ 2 މެންބަރުންގެ ތެރޭގައި އެތަނުގެ ނައިބުރައީސްވެސް ހިމެނޭ.