މި ސަރުކާރުން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން، ސިނގިރޭޓު އެތެރެކުރުމުން ލިބުނު އާމްދަނީ ދަށްވެ، 95 މިލިއަން ރުފިޔާގެ ފަރަގެއް ފެނިފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި އަމީރުވަނީ، ދައުލަތުގެ އާމްދަނީ ދަށަށް ދިޔުމުގެ މައްސަލައަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ މިދިޔަ އަހަރާ އަޅައިބަލާއިރު 246 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާކަމާއި ވިޔަފާރިތަކާއި އާންމު ފަރުދުންގެ ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖީއެސްޓީން ލިބުނު އާމްދަނީ ވެސް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ދަށްވެފައިވާއިރު، އެކަމުން ދައްކުވައިދެނީ މީހުން ފިހާރަތަކަށް ގޮސް ވިޔަފާރި ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވުން ކަމަށް އަމީރު ވިދާޅުވިއެވެ.
"ދެން މިއަދު އަޅުގަނޑުމެންނަށް މި އެނގުނީ ރާއްޖޭގެ އިގުތިސާދީ މިނިސްޓަރަކަށް ނޭނގެއޭ ދައުލަތަށް ޑިއުޓީން ލިބޭ އާމްދަނީ ދަށަށް މިދަނީ ކީއްވެ ކަމެއް. އަޅުގަނޑު މި ކިޔައިދެނީ ދަށަށް ދިޔަ ސަބަބުތައް. އިގުތިސާދީ ހަރަކާތްތައް މިހުރީ ހުއްޓިފައި،" އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ދަށްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރެއްވުމަށް ފަހު އަމީރު ފާހަގަކުރެއްވީ، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކޮށްފައިވާ ކަމެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ވިދާޅުވީ ސިނގިރޭޓު ޑިއުޓީން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދައުލަތަށް ނުލިބޭނެ ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އިމްޕޯޓް ޑިއުޓީ ބޮޑުކުރީ ސިއްހީ ސަބަބުތަކަށް ވުރެ ބޮޑަށް، ދައުލަތަށް އާމްދަނީ އިތުރުކުރުމަށެވެ. އެގޮތުން މިދިޔަ އަހަރު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީން 1.04 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސަރުކާރުން ލަފާކުރީ މި އަހަރު އިތުރަށް 1.1 ބިލިއަން ލިބި، އެ އަދަދު ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް، ކަމަށް އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑު ބަލާލިއިރު މިދިޔަ އަހަރާ އަޅައިބަލާއިރު މި ޖަނަވަރީ މަހު ސިނގިރޭޓު ޑިއުޓީން ލިބުނީ ފަސް މިލިއަން ރުފިޔާ. މިދިޔަ އަހަރު ލިބުނުު 2024 ވަނަ އަހަރު ޖަނަވަރީ މަހުގައި ލިބުނު ޑިއުޓީގެ ގޮތުގައި ސިނގިރޭޓުން 100 މިލިއަން ރުފިޔާ، 100 މިލިއަން ރުފިޔާއިން ފަސް މިލިއަން ރުފިޔާއަށް އެ ވެއްޓުނީ،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް، މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރާއި އޮކްޓޫބަރުގެ ތަފާސްހިސާބުތައް ބެލިއިރު ވެސް ޑިއުޓީން ލިބުނު އާމްދަނީ ހުރީ އާންމުކޮށް ދުވާލަކަށް ޖެހޭ އެވަރެޖު އަދަދުގައި ކަމަށާއި، އާމްދަނީ އިތުރުވެފައި ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން ލަފާކޮށްފައިވާ ގޮތަށް އާމްދަނީ ނުލިބުމުގެ އިތުރުން، މި ސަރުކާރުން އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ސަލާމަތް ކުރަން ރާވާފައިވާ 7.7 ބިލިއަން ރުފިޔާ ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ. އެހެންވެ، މި އަހަރަށް ލަފާކޮށްފައި އޮތް 9.8 ބިލިއަން ރުފިޔާގެ ޑެފިސިޓް އެއަށްވުރެ އިތުރުވާނެ ކަމުގެ ކަންބޮޑުވުން އަމީރު ފާޅުކުރެއްވިއެވެ.
އާމްދަނީއާއި އިމްޕޯޓް ޑިއުޓީ ދަށްވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ ތަފާތު އަންނަ ސަބަބު ދައުލަތުން ރައްޔިތުންނަށް ސާފުކޮށްނުދޭކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް ތަފާސްހިސާބަށް ބަލާއިރު، އާމްދަނީ ދަށްވެފައިވަނީ މިހާރު ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނަވާ ނާޒިމް ވަނީ، ސަރުކާރުން އިސްލާހީ ފިޔަވަޅުތައް އަޅާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ، އެ ފިޔަވަޅުތައް ތަންފީޒު ކުރުމާ ގުޅުމާ ގުޅޭ ތަފުސީލުތައް މަޖިލީހުން ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު ވޭޕް ވެސް މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހަރުކަށި ގަވައިދެއް ވަނީ މިދިޔަ ހަފުތާގައި ގެޒެޓްކޮށްފައެވެ. އެ ގަވައިދުގެ ދަށުން ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާ އެއްކޮށް ނުވަތަ ފިލްޓަރާ ވަކިން ވިޔަސް ރޯލްކޮށްފައި ހުންނަ ހުސް ޓިއުބާއި ހުސްފޮއްޓާއި އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރަން ހުއްދަ ނުދެވޭނެ ކަމަށް ބުނެފައެވެ.
comment ސަފީރު
1 month 1 week ago
ސަރުކާރުން ރާއްޖޭގައި ބިޑި އުފައްދާ ފެކްޓުރީ އެއް އުފައްދައި ބިޑީގެ ވިޔަފާރިއަށް ވަންނަންވީ. އަދި އަތަރު ބިޑިއާއި ފޮނު ބިޑިވެސް އުފައްދަންވީ ނޫސް ކަރުދާސް ބޭނުންކޮއްގެން. ދެން މިތަނަށް އަންނަ ގެސްޓުންނަށްވެސް ބިޑި ބޯން ދަސްކޮއްދީ ބިޑީގެ މާރކެޓު ބައިނަލްއަގުވާމީ ކޮއްލަންވީ. ސަރުކާރުން އުފައްދާ ބިޑިއަށް ކިޔާނީ 'ދޮލަނގު ބުރޭންޑް' އެެވެ. އަދި ސަރުކާރުނއ ބޯކޮށާދިނުމުގެ ވިޔަފާރިއަށްވެސް ވަދެ.. ދިވެހިންގެ ބޮލުން ކޮށާ އިސްތަށި އެއްކޮއްފަ ދަވާދުލާ ފިހި އޭގެން އުފައްދައިގެންވެސް އެކުސްޕޯޓު ކުރަންވީ. ގައިމު ހަމަ ފައިސާ ލިބޭނެ އިނގޭތޯ.
comment އަމީރު
1 month 1 week ago
މީނާއައް ގެއްލުނު އެތިވަރު ބޮޑުކަމުން ނޫސްތަކުގެ ހެޑްލައިން އިން ޖާގަ ހޯދުން ކަމަކީ. ނުވެސް ނިދާ ނުކައި ދެވަނަ ކަމެއް ނުކުރެ. އަބަދު ސަރުކާރު ދަރަނި ޑޮލަރު.
comment ރިފް
1 month 1 week ago
މަސާޖު ޕާލާ ތަކުން ޖީއެސްޓީ ނަގަންޖެހޭ.
comment ކަދުރޭ
1 month 1 week ago
ދޮލަނގޭމެން ދެން ހަދަންވީގޮތަކީ ސުޕާރީ އާއި ބިލަތާއި ފޯކުން ނަގާ ޑިއުޓީ ބޮޑު ކޮއްލަންވީ. އަދި ކޮފީ އާއި ކޯކު ދަޅުންނާއި ކުކިން އޮއިލާއި ސެނިޓަރީ ޕެޑުންނާއި ކިރިމްކޭކަރު ބިސްކޯދުން ނަގާ ޑިއުޓީ ބޮޑުކޮއްލަންވީ. އޭރުން ބޯކޮއް ލާރި ލިބޭނެ.
comment ޝަފް
1 month 1 week ago
ދޮލަނގޭމެންނަށް ބޯކޮއް ފައިސާ ލިބިއްޖެއެއްނުން ސިނގުރޭޓާއި ކުޅެގަތީމަ. އަދި ޓެކުސީ ޑުރައިވަރުންނާއި ޖެހިގަތީމަވެސް ލިބޭނެ ބޮނޑިއެއް.
comment ގެއްލުން
1 month 1 week ago
ކާކަށް ގެއްލުންވީ..!؟
comment އަލިބެ...
1 month 1 week ago
ޑިއުޓީ ކުޑަވީ އެތެރެކުރާ މިންވަރު މަދުވެގެން ނޫން. ކުއްލިއަކަށް އަގުބޮޑުޥާތީ އެތެރެކުރި މިންވަރު އިތުރުވުމާއި، ވަގަށް ( މެމްބަރުން މެދުވެރިވެގެން) ސިގެރެޓް އެތެރެކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވުމުން!
comment ލާމު
1 month 1 week ago
ކުރިއަށް އޮތްތަނުގައި ޑިއުޓީ އިތުރުވާނެ ސިނގިރޭޓުން. ޑިއުޓީ ބޮޑުކުރަން އުޅުނީމަ ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭވަރަށް ސިނގިރޭޓް އެތެރެކޮށްފައިވަނީ. އެ ސްޓޮކް ހުސްވީމަ އާމްދަނީ އިތުރުވެގެންދާނީ. އާމްދަނީ ދަށްވި ސަބަބަކީ މިއީ. އަމީރަށް މިކަން އެނގޭތަ.
comment ދިލްސާ
1 month 1 week ago
ސިގިރޭޓް އެތެރެ ކުރޭ ވަގައް ކަސްޓަމާ އެންޕީއެލްގުޅިގެން ސަރުކާރުގެއިސްފަރަތްތައް ސާމިލުވާގޮތައް ބޮންޑެޑް ވެއާހައުސްތަކުން ވައްކަންކުރަނީ މިހާރުވެސް 69 މިލިޔަންރުފިޔާގެ މައްސަލައެއް ފެންމަތިވެފައޮތީ 24 ޑިއުޓީކޮއް ސީސީ ކެމެރާހަރުކޮއްފަހުއްޓަސް ހަމަގެއްލެނީ ވާނުވާނޭންގެނީ އަގުބޮޑުކުރީ ވައްކަންކުރަންވެގެން
comment ފާއިޒުބެ
1 month 1 week ago
އާސަންދައިގެ ޚަރަދުތައް ކުޑަވާނެދެން. ދުންފަތް ބޮއެގެން ލިބޭ ގެއްލުންތައް ކުޑަވީމަ ސިއްހީ ދުޅަހެޔޮކަން އިތުރުވާނެ. މައްސަލައެއްނޫންތީ. ދުންފަތުން ލިބޭ ޢާމްދަނީ ކުޑަވިޔަސް ރާއްޖޭގަ ކައިގެން ބޮއެގެން އުޅެވޭނެ. ޖީއެސްޓީވެސް ކުޑަކުރަންވީ ދެން. އިންފްލޭޝަން ވައްޓާލަންވީ ޢާއްމު މުދަލުގެ. ލަގްޒަރީ މުދަލުގެ އަގު މަތިކުރަންވީ. ދިރިއުޅުމުގެ ޚަރަދުތައް އޭރަށް ޢާއްމު މީހާއަށް ދެކޮޅު ޖެއްސޭނެ.