މިދިޔަ ސަރުކާރުގައި އެކިއެކި އިންތިޚާބުތަކާ ދިމާކޮށް ފަސް އަހަރުތެރޭ ޖުމުލަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް 1،900 ކުށްވެރިން މިނިވަންކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ މިދިޔަ ސަރުކާރުގައި މާފުދީ، މިނިވަންކުރި ކުށްވެރިންގެ އަދަދުތައް ހާމަކުރައްވައިފައެވެ.
އއ. އަތޮޅާއި ކ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތޮއްޑޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން ވެސް މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ.
އެކަމަކު، މިދިޔަ ސަރުކާރުގައި ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ސަތޭކަ ކުށްވެރިންނެއް ދޫކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޞާލިޙް ސަރުކާރުގައި:
- ރިޔާސީ އިންތިޚާބާ ދިމާކޮށް މިދިޔަ އަހަރު 429 ކުށްވެރިން ދޫކޮށްލި
- 2022 ވަނަ އަހަރު 256 ކުށްވެރިން ދޫކޮށްލި
- ކައުންސިލް އިންތިޚާބާ ދިމާކޮށް 2021 ވަނަ އަހަރު 458 ކުށްވެރިން ދޫކޮށްލި
- 2019 ވަނަ އަހަރު 762 ކުށްވެރިން ދޫކޮށްލި
"އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން [ކުރިން ފެނުނު]. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އއ. ތޮއްދޫގައި: އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގުސަދެއްގައި ކުށްވެރިން މިނިވަންނުކުރާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށެވެ.
އެކަމަކު، މިދިޔަ ސަރުކާރުގައި ރައީސް ޞާލިޙް ކަންތައް ކުރެއްވީ އެ ފަދައިން ނޫން ކަމަށާއި އިންތިޚާބުތަކާ ދިމާކޮށް ގައިދީން މިނިވަންކޮށްފައިވަނީ ގައުމާ މެދު ވިސްނާލުމެއް ނެތި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޖަލުގައި ތިބޭ މީހުންނަށް ރިހެބްލިޓޭޝަނާއި ސަރުކާރުގެ މަޝްރޫއުތަކުގައި ބައިވެރިވެވޭ ގޮތަށް ކެބިނެޓުން ނިންމި ނިންމުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭރުން ގައިދީން ޖަލުން ނުކުންނައިރު ތިބޭނީ ކަންތައްތަކެއް ދަސްވެފައި ކަމަށެވެ. އެއީ، އެ މީހުންނަށް މުޖުތަމައަށް ވެސް ކޮށްދެވޭ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
"މި ކަންކަމަށް ހައްލު ގެންނަންޖެހޭނީ މި ގޮތަށް. އޭރުން ދެމެހެއްޓެނިވި ނަތީޖާއެއް ނުކުންނާނީ. ދެމެހެއްޓެނިވި ކަމަކަށް ވާނީ. އަޅުގަނޑުމެން ބޭނުންވަނީ މުޖުތަމައަށް ހަމަޖެހުން އަންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ސިޔާސީ ވިސްނުމެއް އިސްކޮށް ނޫނިއްޔާ ބަދަލު ހިފަން އަޅުގަނޑުމެން ކަންކަމެއް ނުކުރާނަން،"
މިދިޔަ ސަރުކާރުގައި މާފުދިން ކުށްވެރިންގެ މައްސަލަ ކުރިން ވެސް ފެންމަތިވިއެވެ. އެ ގޮތުން، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ޑުރަގު ޓްރެފިކްކޮށްގެން އުމުރަށް ބަންދުކޮށްފައި ތިބި 314 ކުށްވެރިން މިދިޔަ ސަރުކާރުގައި މިނިވަންކުރި ކަމަށް ވިދާޅުވެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޞާލިޙް މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
comment ކާފަ
4 month 3 week ago
ސޯލިހަކީ ވ ހިތްހެޔޮ މީހެއް.
comment ދިރާސީކޮމެންޓެއްމީ.
4 month 3 week ago
ކުށްކުރާ މީހުންނަށް މާފް ދިނުމަކީ ވަރަށް މާތްމީހުންގެ ސިފައެއް. ދީނުގައިވެސް މާފު ކުރުމަށް ބާރުއަޅުއްވާފައިވޭ. މާފުދެވުނު މީހުންގެ ޢާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކަށްވާނެ. ކިތައް ޅަދަރިންތޯ ތިބޭނީ އެކުދިންގެ ބައްޕައިންނާ ބައްދަލުކޮށްލަން ބޭނުންވެފައި. ނިކަމެތިވެފަތިބި ކިތައް އާއިލާއަށް ދިރުން ލިބިގެންދާނެތޯ. ކިތައް އަނބިންނަށް އުފާވެރިކަން ލިބޭނެތޯ. ކުށްކުރާ މީހުންނަށް މާފު ދިނުމަކީ ގޯސްކަމެއް ކަމުގައި ދެކޭމީހުންނަކީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިބައެއްތޯ؟ ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާ ޖަލުގައި ހުންނައިރު ހިތުގައި ވޭނެއް ނާޅާނެތޯ؟ ހާދަ ހަރުހިލަ ހިތެކޭދޯ. އަނެއްކޮޅުން ސަރުކާރުން ކުށްވެރިންނަށް ކުރާ ޚަރަދުވެސް އެތައް ގުނައަކުން ކުޑަވެގެންދާނެކަމެއްނޫންތޯތީ. ޖަލުގަ ހުންނަ ކޮންމެ ކުށްވެރިޔަކަށް ދުވާލަކަށް 1500 ރުފިޔާ ޚަރަދުވާކަމަށް މީގެ 10 ވަރަކަށް އަހަރު ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ. އެހެންވީމާ ރަނގަޅު ކަންކަން އެއީ ގޯސްކަމެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނާދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް. ކުށްވެރިންނަށް މާފު ނުދިނީމަ ކުށްކުރުން ހުއްޓޭތޯ. އެހެންނަމައީ މިދިޔަ 3
comment ހަސަނާ
4 month 3 week ago
މިސަރުކާރުން ވެސް ދޫކުރާނެ އިގޭނީ އިންތިހާބެއް ބޯމަތިވީމަ. ސިޔާސީ ވަޒީފާ ހަމަޔަގީނުންވެސް ވީގިނަ ބޭކާރު 7 ވަޒީރުން ކުރިއައްވުރެގިނަ ރައީސްސޯލިހު ނަޝީދު ދުރުކުރިގޮތައް މިހާރުތިޔަ އުޅެނީ އަބުދުއްރަހީމް އައް އޮތްތާއީ ފަޑުކުރެވޭތޯ ޕނސ އަކީ އެމަނިކުފާނުގެ ޕާރޓީ އެއް އެމަނިކުފާނުގެ ހިކުމަތްތެރި ކަމުން މުއިއްޒު އައް ވެރިކަމަށް އާދެވުނީ ވެސް މިހާރުވެސް އަނބިކަނބަލުންގެ ނުފޫޒުވެސް ވަރައްގަދަ ރައްޔިތުން އަދިތިބީ ބަލަން..
comment ގުއިއްޒު
4 month 3 week ago
ވައްކަންކުރާ ވަރަކަށް ގައުމާމެދު ވިސްނޭނެ
comment ސަލީމް
4 month 3 week ago
ފާާފަތަކުން އިސްރާފު ވާވަރަށް ފާސްކޮށްފައިވާ އަޅާ ވެސް ﷲއަށް ތަވްބާ ވުމުން ފާފަތައް ފުއްސަވާ ހަމަ އެ އަޅާއަށް ދެންވެސް ފާފަ ކުރެވޭނެ ނުވަތަ ކުރާނެ ކަން ﷲ މޮޅަށް ދެނެވޮޑިގަންނަވާ. އެކަމް ﷲ މިބިމުގައި ވެރިން ގޮތުގައި ދެއްވާ އަޅާ ބޮޑާވެ ކިބުރުވެރިވެ ގަދަ ބަސްބުނެ މީހަކަށް މާފު ނުދީ ތިހުންނާނީ، ހައްގަޖާއި ނުލާ މީހުން ހެދި ދޮގުތަކުން ވެސް އަދަބު ދެނީ ކިތައް މީހުންނައްބާ ރައީސް ވިސްނާލާ