Ooredoo
Ooredoo

އަހަރުގެ މިހާތަނަށް ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: ރައީސް ވިދާޅުވީ 150 މިލިއަން ޑޮލަރު މާރުކޮށްފި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

މިއީ ކުރީގައި ބޭންކްތަކަށް މާރުކުރާ މިންވަރަށްވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

'ރައްޔިތުންނާ އެކު' ނަމުގައި ރައީސް މިއަދު ފެއްޓެވި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގަވާއިދާ އެއްގޮތަށް ގިނަ ފަރާތްތަކުން ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، 95 އިންސައްތަ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބާކީ ފަސް އިންސައްތަ ވެސް އޭގެ ތެރެއަށް ވައްދަން މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް މި ގާނޫނުގެ ދަށުން 150 މިލިއަން ޑޮލަރު ޖެނުއަރީން ފެށިގެން މިހާތަނަށް ބޭންކުތަކަށް މާރުކޮށްފި. ކުރީގައި މާރުކުރަމުން އަންނަ އަދަދަށް ވުރެ 40 ޕަސެންޓު އިތުުރު،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު އޮތީ އިއުލާނުކުރައްވައިފައެވެ.

ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ.

އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.

އެއާއެކު، ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

Redstar
comment ކޮމެންޓް

comment ބަލްޤިޝް

3 day 11 hour ago

ކޮބާ! އަދިވެސް ޑޮލަރު އަގު ހެވެއްނުވެޔޭ....................... ޑޮލަރު ތިޔާޤި ބޭްންކަށް ވިޔަަސް ވޭތަ!!!!

comment ސަމް

4 day 1 hour ago

ޑޮލަރު ބޭންކަށް މާރުކުރިޔަސް ދަރަނި އަދި ނުދެއްކޭނެއެވެ. ރާއްޖެއާއި ކުރިމަތިވެފަ އޮތް އެންމެބޮޑު އަދި ބިރުވެރި އިގުތިސޯދީ މައްސަލައަކީ މިއަހަރާއި އަދި އަންނަ އަހަރާއި އެކު ދައްކަން ޖެހޭ ޖުމްލަ 1.6 ބިލިޔަން އެމެރިކާ ޑޮލަރިގެ ލޯން ރިޕޭމަންޓު ނުދެއްކި ގައުމު ޑީފޯލްޓުވެދާނެކަމުގެ ބިރެވެ. މިފައިސާ ދެއްކޭނީ ދައުލަތުގެ އަސާސީ ޚަރަދުތަށް ކެނޑުމަށްފަހު އާމްދަނީއިން 1.6 ބިލިއަން ޑޮލަރު ބާކީކުރެވިގެންނޫންތޯ.؟ ދެން މިއަދަދު އެއްކުރެވޭނެތޯ ޑޮލަރު މާރުކޮއްގެން؟ އާމްދަނީ އިތުރުނުކުރެވި.؟ އަދި މިވަރުގެ ބޮޑު އަދަދެއް ކުރިޔަށް އޮތް ދެޅު އަހަރުތެރޭ ސަރުކާރަށް އާމްދަނީގެ ގޮތުގައި އިތުރުކޮއް އަދި ދައުލަތުގެ ޚަރަދުތަށް މީޓް ކުރެވޭނެތޯއެވެ.؟ މިތިބަ ސުވާލުތަކަށް ދޭނެ އެއްވެސް ސީދާ ޖަވާބު ނުވަތަ މިކަން ކުރާނެ ޕުލޭނެއް ސަރުކާރަކަށް މިހާތަނަށް ހާމަޔަށް ކޮށެއް ނުދެވެއެވެ. ގަބޫލު ކުރެވޭގޮތުގައި އޭގެ ސަބަބަކީ އެކަން ކުރާނެ ގޮތެއް އަދި ހޯދިފައި ނެތުމާއި އަދި ސީދާ އެކަމަށް ހައްލުގެނެވޭނެ ޕުލޭނެއް ސަރުކާރުގައި ނެތުމެވެ. ދެން