ހައިވޭ ވިލާ ޕެޓްރޯލް ޝެޑް ކައިރިން އެކްސިޑެންޓުވެ ދެ މީހަކަށް އަނިޔާވެއްޖެ

މިރޭ ވިލާ ޕެޓްރޯލް ޝެޑް ކައިރި އެކްސިޑެންޓުވުން --

މާލެއިން ހުޅުމާލެއަށް އަރާ ހައިވޭގައި ވިލާ ޕެޓްރޯލް ޝެޑް ކައިރީ މިރޭ އަނެއްކާ ވެސް އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ އަންހެނަކަށާއި ފިރެހެނަކަށެވެ. އަދި އެ މީހުންނަށް ފަރުވާ ދިނުމަށް މިހާރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް މި ދެތިން ދުވަހެއްގެ ތެރޭ މާލޭ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިންވަނީ ހިނގައިފައެވެ.

https://sun.mv/196432

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ވެސް އެކްސިޑެންޓެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

އޭގެ ކުރިން ހުކުރު ދުވަހުގެ ފަތިހު، ލައިސަންސް ނެތް ޒުވާނެއް ދުއްވި ކާރަކުން ޖެހި، ޒުވާން ދިވެހި ފިރިހެނަކު ވަނީ ނިޔާ ވެސް ވެފައެވެ.

https://sun.mv/196422

އޭގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ މާލޭ، ފަތާ ޓްރެކް ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑުކުރިމަތީ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވެއެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

https://sun.mv/196390

މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު މަގުތަކުގެ ރައްކާތެރިކަމާމެދު ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް