ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ސިނގިރޭޓު އުފައްދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ގެ ބަލައި ފާސްކުރަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ގޭގައި ހިންގާ ޕްރައިވެޓް އޮފީހެއްގައި ސިނގިރޭޓު އުފައްދާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ. އެއާއެކު މިރޭ ކޯޓު އަމުރެއްގެ ދަށުން އެ އޮފީސް ބަލައި ފާސްކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމާއެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަސް އުފުލިފައެވެ. އެއާއެކު ސިނގިރޭޓަށް އޮންނަ ޑިމާންޑު ވެސް ވަނީ އުފުލިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްގެން ކުޑަ އަގެއްގައި ސިނގިރޭޓު ވިއްކި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތި ވެފައެވެ.