ޒުވާނާ ނިޔާވި އެކްސިޑެންޓު: ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ރޭގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ: އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވަނީ ނިޔާވެފައި --- ފޮޓޯ/ ފުލުހުން

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސް ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ކަމަށެވެ. އޭނާގެ އަތުގައި ލައިސެންސު ވެސް ނެތެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.

https://sun.mv/196408

މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވާ މީހުންނާމެދު ގާނޫނު ތަންފީޒުކޮށް އަދަބު ހަރުކަށިކުރުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.

އެއާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒުވަަނީ އަދަބުތައް ހަރުކަށިކޮށް ތަންފީޒުކުރަން އިދާރާތަކަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް