ގަވާއިދާ ޚިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމް ކޯޓު އަމުރެއްގެ ދަށުން އިތުރު 30 ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓުތައް ކައިރީ ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.
އެކްސިޑެންޓު ހިނގުމާއެކު އެ ދުވަހު އިކުރާމު ވަނީ ފިލާފައެވެ. އަދި އޭގެ އަނެއް ދުވަހު ހައްޔަރުކޮށް މުއްދަތުގެ މަޖިލީހަށް ހާޒިރުކުރުމުން އޭނާ ބުނީ، އެކްސިޑެންޓުގެ ސަބަބުން އޭނާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައި ވާކަމަށެވެ. އެހެންކަމުން އޭނާ އެކްސިޑެންޓުވި ސީންގައި އިރުގަނޑަކު ހުރެފައި ދިޔައީކަމަށް އޭނާ ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ޣާޒީ އަމުރު ކުރައްވާފައިވާ ކަމަށެވެ.
އިކްރާމް މައްސަލަ އިސްތިއުނާފު ކުރީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގައެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.
އެއީ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ.
އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހުގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.