ބަންޑާރަ ގޯތި ދޫކުރާއިރު ދާއިމީ އެޑްރެހަށް ނުބަލާން އާ ބިލުގައި ހިމަނަނީ

މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ޕާޓީން ބުނީ ބިމާ ބެހޭ އާ ބިލުގައި ބަންޑާރަ ގޯތި ދޫކުރާއިރު ދާއިމީ އެޑްރެހަށް ނުބަލާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ގެންނަން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަށް ނުބަލާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީން މިއަދު ބުނެފިއެވެ.

މިދިޔަ 19ވަނަ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މިއަދު ވަނީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް 20ވަނަ މަޖިލީހުން ބޭރުކޮށްލައިފައެވެ.

https://sun.mv/192819

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ ބިމާ ބެހޭ ގާނޫނު އިސްލާހުކުރާއިރު ދާއިމީ އެޑްރެހަށް ބެލުމެއް ނެތި ބަންޑާރަ ގޯތި ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެން ދަނީ މާލެއިން ގޯއްޗަށް އެޕްލައިކުރެވިގެން މިދަނީ މާލެ ރައްޔިތުންނަށް. ތުރާކުނުން ތުރާކުނު ރައްޔިތުންނަށް އިސްކަންދޭން އެބަ ޖެހޭ. އެ ރަށަކުން އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަން ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް. އެއީ ވަކި އެ މީހަކު ނިސްބަތްވާ ރަށަކުން އިސްކަންދެވިގެން ނުވާނެ،" ހުސްނީ ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ޕާޓީން ބުނީ ބިމާ ބެހޭ އާ ބިލުގައި ބަންޑާރަ ގޯތި ދޫކުރާއިރު ދާއިމީ އެޑްރެހަށް ނުބަލާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ހުސްނީ ވިދާޅުވީ، ބިމާ ބެހޭ އާ ބިލެއް މަޖިލީހަށް ހުށަހެޅި ފާސްވެގެންދާއިރު އެކަން އެގޮތަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުސްނީ ވިދާޅުވީ، ހަމައެކަނި މާލެ ތޮއްޖެއްސުމުގެ ބަދަލުގައި މި ސަރުކާރުގެ ސިޔާސަތަކީ އާބަން ސެންޓަރުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިގެން ދިޔުން ކަމަށެވެ.

ނަވާރަވަނަ މަޖިލީހުގައި މެންބަރު މީކާއީލް ހުށަހެޅުއްވި އެ ބިލު ފާސްކުރުމުން ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީޤުނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.

https://sun.mv/192820

ރައީސް މުއިއްޒު ވަނީ އެ ބިލު މަޖިލީހަށް އަނބުރާ ފޮނުއްވި ސަބަބުތައް ސިޓީފުޅަކުން ސާފުކޮށްދެއްވައިފައެވެ.

މި ބިލު މިއަދު މަޖިލީހުން ބޭރުކޮށްފައިވާއިރު މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ޕްރޮޕޯސަލެއް ހުށަހެޅުއްވާފައެވެ.

ނަމަވެސް، އެ ކަމަށް ވޯޓަށް އެހުމުން 75 މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެ ޕްރޮޕޯސަލް ފާސްކުރުމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި، ވަކި ގޮތަކަށް ވޯޓު ދިނުމަށް ބޭނުންނުވާ ކަަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ވަނީ ހުޅުމާލެއާއި ގިރާވަރުފަޅާއި ގުޅީފަޅުން ވެސް މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައެވެ.

comment ކޮމެންޓް