ހަ ބައި އިލެކްޝަން ތެރެއިން ޕީއެންސީއިން ހަތަރު އިންތިޚާބު ކާމިޔާބުކޮށްފި

މަޖިލީސް އިންތިޚާބުގެ ވޯޓުގުނުން: ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ސަބަބެއް ނެތް ކަމަށް އީސީން ވަނީ ބުނެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަ ރަށެއްގެ ކައުންސިލުން ހުސް ވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ޓަކައި މިއަދު ބޭއްވި ހަ ބައި އިލެކްޝަނެއްގެ ތެރެއިން ހަތަރު އިންތިޚާބެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މިއަދު ބާއްވައިފައިވަނީ:

  • ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުން
  • ހއ. އުތީމު ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ނ. ލަންދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުން
  • ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުން
  • މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުން

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން ވަނީ ހަ ކައުންސިލެއްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައެވެ.

އެއީ އެއީ އުތީމު ކައުންސިލް މެމްބަރު ކަމާއި، ތަކަންދޫ ކައުންސިލްގެ އަންހެން މެމްބަރު ކަމާއި، ވެލިދޫ ކައުންސިލްގެ މެމްބަރުކަމާއި އަދި އިންނަމާދޫ ކައުންސިލް މެމްބަރުކަމުގެ ގޮނޑިއެވެ.

އެ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބުވެފައިވަނީ ލަންދޫ ކައުންސިލް މެމްބަރުކަމުގެ ގޮނޑިއެވެ.

އިންތިޚާބުގައި ޑިމޮކްރެޓްސްއަށް ކާމިޔާބުވީ މަޑުއްވަރީ ކައުންސިލް ރައީސްކަމުގެ ގޮނޑިއެވެ.

ރަށް ރަށުގެ ކައުންސިލު މެންބަރުންނާއި، އަންހެނުންކޮމިޓީތަކުގެ މެންބަރުން މަޤާމުން އިސްތިއުފާދޭތީ ވަރަށް އަވަސް އަވަހަށް މި މަގާމުތަކަށް މީހުން އައްޔަނު ކުރަން މިހާރު ބައި އިލެކްޝަންތައް ބާއްވަން ޖެހެއެވެ. މި މައްސަލަ ބޮޑު ނަމަވެސް އެ ކަމަށް ހައްލެއް ނާދެއެވެ.

comment ކޮމެންޓް