ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއިން 10 މިލިއަން ރުފިޔާ އުނިކޮށްފި

ފުށިދިއްގަރު ފަޅު ހިއްކާ ނިންމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް --

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ޓަކައި ކ. ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވަނިކޮށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ބަޖެޓު ފާސްކުރިއިރު އެ އަދަދުން 10 މިލިއަން ރުފިޔާ އުނިކޮށްފިއެވެ.

އަންނަ އަހަރަށް ޕްލޭންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅު ހިއްކުމެވެ. ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވިއިރު އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

https://sun.mv/185792

މިރޭ ބަޖެޓު ކޮމިޓީގެ މަސައްކަތް ކުރިއަށްދިޔައިރު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ވަނީ ބަޖެޓުގައި ހުރި ބައެއް ކަންކަން ސާފުކުރުމަށް ކޮމިޓީގެ މުގައްރިރު މެމްބަރު މުޙައްމަދު ނާޝިޒާ ސުވާލުކުރައްވައިފައެވެ.

އެގޮތުން އޭނާވަނީ ބަޖެޓަށް 306 މިލިއަން ރުފިޔާ އިތުރުވީއިރު، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއިން 10 މިލިއަން ރުފިޔާ އުނިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާ އެހެން ބައެއް ކަންކަމަށް ބަހައިފައިވަނީތޯ ސުވާލުކުރައްވައިފައެވެ.

"އިތުރުވީ އިރުގައި މީގެން 10 މިލިއަން މި ފޯޅަވަހި އަނބުރައި ހޯދުމަށް، މި ކަނޑު އަނބުރާ ހޯދުމަށް އެއީ މި އުނިކޮށްފައިވޭ ފުށިދިއްގަރުގެ 400 މިލިއަނުން. އެއްކޮށް އުނިކޮށްފައި މި އެކި ތަންތަނަށް އެޖަސްޓްކޮށްފައި މި ހުރީ. އެހެންވީމާ އެއާއެއްކޮށް އިތުރުވެފައި މި ހުރީ 306 މިލިއަން ދެއްތޯ،" ބޮންޑޭ އެއްސެވިއެވެ.

އެއާއެކު ނާޝިޒްވަނީ އޭނާ ވިދާޅުވީ "ރަނގަޅަށް" ކަމަށް ވިދާޅުވެފައެވެ.

https://sun.mv/185304

އިިގްތިޞާދީ ގޮތުން މި ވަގުތު ރާއްޖޭގެ ހާލަތު ދަށްކަމުގައިވީ ނަމަވެސް މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަން ބޭނުންވާ ފައިސާ ހޯދާނެ ގޮތްގޮތް ސަރުކާރުން ރާވާނެކަމަށް ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވެއެވެ.

އެގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ޓަކައި ފައިސާ ހޯދާނެ ގޮތާމެދު ވިސްނާނީ މި ސަރުކާރުންކަމަށެވެ.

އަދި ކުރިން ބަޖެޓުކުރެވިފައި އޮތް 400 މިލިއަނަކީ އިސްރާފެއް ނޫންކަމަށް ވެސް ސިފަކުރެއްވިއެވެ.

އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރު ގައުމުގެ އެހީތެރިކަން ވެސް ހޯދޭނެކަމަށާއި އެހެން މަޝްރޫއުތަކުން ލިބޭ އާމްދަނީ ވެސް އިންވެސްޓުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް