ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ތިއްބަވައެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައީސް އައްޔަން ކުރައްވާ ވަޒީރުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ރައީސް އޮފީހުން ބުނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ރުހުން ހޯދުމަށްޓަކައި މިއަދު ވަޒީރުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އާ ސަރުކާރުގައި ޖުމުލަ 22 ވަޒީރުން ތިއްބަވާއިރު، ބައެއް ވުޒާރާތަކަކީ މުޅިން އަލަށް އުފެއްދި ވުޒާރާތަކެވެ. ތިރީގައި އެ ވަނީ މި ސަރުކާރުގެ ވަޒީރުންގެ ނަންތަކެވެ.

1. ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް

2. ބަންޑާރަ ނައިބު - އަހްމަދު އުޝާމް

3. ފޮރިން މިނިސްޓަރު - މޫސާ ޒަމީރު

4. ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓްކެނޮލޮޖީ މިނިސްޓަރު - އަލީ އިހުސާން

5. ޑިފެންސް މިނިސްޓަރު - ޣައްސާން މައުމޫން

6. ހައުސިން އެންޑް އާބަން ޑެވޮލޮޕްމަންޓު މިނިސްޓަރު - ޑރ. އަލީ ހައިދަރު

7. އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް

8. އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު - މުހައްމަދު ސައީދު

9. ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ހަލީލް

10. ޓޫރިޒަމް މިނިސްޓަރު - އިބްރާހިމް ފައިސަލް

11. ލޯކަލް ގަވަނަންސް މިނިސްޓަރު - އާދަމް ޝަރީފް އުމަރު

12. އެޑިއުކޭޝަން މިނިސްޓަރު - ޑރ. އިސްމާއިލް ޝަފީއު

13. ހަޔަ އެޑިއުކޭޝަން މިނިސްޓަރު - ޑރ. މަރިޔަމް މާރިޔާ

14. އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

15. ސްޕޯޓްސް މިނިސްޓަރު - އަބްދުﷲ ރާފިއު

16. ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު - އިބްރާހިމް ވަހީދު (އަސްވާޑު)

17. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ

18. ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)

19. ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު - ޑރ. އައިޝަތު ޝިހާމް

20. ތިމާވެއްޓާ ބެހޭ މިނިސްޓަރު - ތޯރިގު އިބްރާހިމް

21. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު - އަހްމަދު ޝިޔާމް

22. ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު - އާދަމް ނަސީރު އިބުރާހިމް

އާ ކެބިނެޓްގައި މި ދައުރުގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި ތިއްބެވި ހަ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީގައެވެ. ވަޒީރުންނަށް ރުހުން ލިބޭނީ އެ ޕާޓީގެ މެންބަރުން ވޯޓް ދީފިނަމައެވެ.

comment ކޮމެންޓް