ރައްޔިތުންގެ މަޖިލީހުން މި ދައުރުގައި ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު ގާނޫނަކަށްވުމުން، ހަތެއް ފެބްރުއަރީގައި 2012 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ދެކޭ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.
މިރޭ މަޖިލީހުން އިންތިޒާމް ކޮށްގެން ގެނެސްދިން އާސްކްސްޕީކާގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ވެއްޓާލި "ބަޣާވާތް" އިންތިގާލީ އިންސާފުގެ ގާނޫނު ވުޖޫދު ވުމާއެކު ބެލޭނެ ކަމަށް ދެކޭ ކަމަށެވެ.
"މިހާރު އެބަ އޮތް އިންތިގާލީ އިންސާފުގެ ގާނޫނެއް. ދެން އަޅުގަނޑު ދެކެނީ، މި ބާވަތުގެ އޮނިގަނޑެއްގެ ތެރެއިން އެ ބާވަތުގެ [ބަޣާވާތުގެ] ކަންކަން ބެލޭނެ ކަމަށް،" އެ މައްސަލަ ނުބެލި ލަސްވެެގެންދާތީވެ، އާންމުގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އެސުވާލާ ގުޅިގެން ވަރަށް ކުރުކޮށް ޖަވާބު ދެއްވަމަށްފަހު، އެކަމާ ގުޅޭ ތަފްސީލެއް އެމަނިކުފާނު ނުދެއްވައެވެ.
އިންތިގާލީ އިންސާފުގެ ބިލު މިދިޔަ މަހު 27 ވަނަ ދުވަހު މަޖިލީހުން ބަލައިގަނެ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީ އަށް ނިސްވަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ.
އިންތިގާލީ އިންސާފުގެ ބިލަކީ 2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ހުށަހެޅި ބިލެކެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް އެ ބިލު ވަނީ އެކުލާލާފައެވެ.
ހަތެއް ފެބުރުއަރީގައި ހިނގައި ދިޔަ ކަންކަން ބެލޭނެ ކަމަށް ރައީސް ނަޝިދު ވިދާޅުވިއިރު، އެ މައްސަލަ ބެލުމަށް އޭރުގެ ޑރ. މުހައްމަދު ވަހީދު އަހުމަދުގެ ސަރުކާރުން އެކުލަވާލި، ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ލީޑް ކުރައްވާ އެމްޑީޕީން ވަނީ އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
އެ މައްސަލަ ތަހުގީގު ކުރެވޭނެ ކަމަށް ބުނެ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު އެމްޑީޕީ ޔޫތް ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ސިފައިންނާއި ފުލުހުން ދެއްކި ނުކިޔަމަންތެރިކަން ބަލަންޖެހޭކަމަށް