Dhiraagu
Ooredoo

ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ މަސައްކަތްކުރުމަށް ހުއްދަ ދީފި

އިލެކްޝަންސް ކޮމިޝަނުން ވަނީ، "މޯލްޑިވްސް ރިފޯމް ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރުމަށް ހުއްދަ ދީފައި-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

"މޯލްޑިވްސް ރިޕޯމް ޕާޓީ"ގެ ނަމުގައި މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.

Ooredoo

އީސީން މިއަދު ކުރީ ޓްވީޓެއްގައި ބުނީ، "މޯލްޑިވްސް ރިޕޯމް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރާންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި" ކަމަށެވެ.

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީން ހުއްދަދީފައި ވަމީ، އަދާލަތު ޕާޓީގެ ކުރީގެ ކައުންސިލް މެންބަރެއް ކަމަށްވާ ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީއަށެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދުކުރައްވައި ޕީޕީއެމްއަށް ވެސް ކުރިން އޭނާ ސޮއިކުރެއްފިއެވެ.

"މޯލްޑިވްސް ރިޕޯމް ޕާޓީ" އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ވަނީ، ''ކަރިޝްމާ ޕާޓީ މޯލްޑިވްސް''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްވެސް ހުއްދައަށް އެދިފައެވެ.

Redstar
comment ކޮމެންޓް

comment ތުސިލް

6 year 3 month ago

ރިފޯމްވާންޖެހޭ މީހުން ގައުމު ރިފޯމުކުރަން އުޅުނީ ދެރަވަރު ކަމެއް. ވެދުމާ ސަލާމް