އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
ތަޖިކިސްތާނުގައި ކުޅުނު ކޮލިފިކޭޝަން ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ރާއްޖެއެވެ. މި ލަނޑު މެޗުގެ 15 މިނެޓުގައި ޖަހައިދިނީ ރިޝްވާން އިސްމާއިލެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރަޒޫނިއާ މުހައްމަދު ވަނީ ލަނޑެއް ޖަހައި ލަންކާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ރާއްޖެ އިން ދެ ވަނަ ހާފު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ހާފުގެ ފުރަތަމަ މިނެޓުގައި މުސައްނިފް މުހައްމަދު ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް ރާއްޖެއަށް ލީޑު ނަގައިދިނެވެ. ތިން ޕޮއިންޓާ ދިމާލަށް ދަތުރު ކުރަމުން ދިޔަ ރާއްޖޭގެ ޓީމު ސިއްސުވާލީ މެޗުގެ އިތުރު ވަގުތު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ. އެ ލަނޑު އެ ޓީމަށް ޖަހައި ދިނީ މަލްޝަން އެވެ.
މެޗުން ނުކުތް ނަތީޖާއަކީ ރާއްޖެ ބޭނުން ނުވި ނަތީޖާއަށްވިޔަސް ގައުމީ 19 އަހަރުން ދަށުގެ ކޯޗު އިހުސާން އަބްދުލް ޣަނީ(ސާންތި) ބުނީ ޓާގެޓަކީ އެންމެ ފުލުގައި ނޯތުން ކަމަށެވެ.
ކޮލިފިކޭޝަންގައި ގްރޫޕް އޭ ގެ މެޗުގައި މިއަދު ކްރިގިސްތާން ވަނީ ނޭޕާލް 0-2 އިން ބަލިކޮށް ފެށުން ރަނގަޅު ކޮށްފަ އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ އެ ދުވަހު ރާއްޖެ ގަޑިން މެންދުރު ފަހު 3:00 ގައެވެ.