މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ށ. މިލަންދޫ ބަލިކޮށް، ގދ. ތިނަދޫން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އަމިއްލަ ރަށުގައި މިއަދު ކުޅުނު ސެމީގެ މެޗުގައި މިލަންދޫގެ މައްޗަށް ތިނަދޫން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ތިނަދޫން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ތިނަދޫގެ ފުރަތަމަ ޕެޗަރޯމަން އެއިޒަގޫރޭ އެލައިން ކާމިޔާބުކޮށްދިންއިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޯޓޭގާ ލިޒާނޯ އައިޓޯއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ތިނަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެ ޓީމުން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. އެ ލަނޑު ތިނަދުއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޯޓޭގާ ލިޒާނޯ އައިޓޯއެވެ.
މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ތިނަދުއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި އއ. މާޅޮސްގެ މައްޗަށް ކުރި ހޯދި ދ. ކުޑަހުވަދުއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.