'ޗާއިވާލާ' ޕާކިސްތާން ފިލްމަކަށް ސޮއިކޮށްފި

އަރްޝަދު: ފުރަތަމަ ފިލްމަށް ވަނީ ސޮއިކޮށްފައި

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯ އެއްގެ ސަބަބުން، 'ޗާއިވާލާ' ގެ ނަމުން މުޅި ދުނިޔެ އަށް މަޝްހޫރުވެގެން ދިޔަ ޕާކިސްތާނުގެ އަރްޝަދު އޭނާގެ ފުރަތަމަ ފިލްމު ކުޅެއް ސޮއިކޮށްފި އެވެ.

އަރްޝަދު ފިލްމަކަށް ސޮއި ކޮށްފައި ވާއިރު، އޭނާގެ ރީތިކަމުގެ ސަބަބުން މޮޑެލް ކުރުމުގެ ގިނަ ފުރުސަތުތަކެއް ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ. އަދި އޭނާ ވަނީ ވީޑިއޯ ލަވަ އަކުން ވެސް ފެނިގެން ގޮސްފަ އެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން، އުމުރުން 18 އަހަރުގެ އަރްޝަދު މިހާރު ވަނީ ޕާކިސްތާން ފިލްމަކަށް ސޮއި ކޮށްފަ އެވެ.

އެ ފިލްމުގެ ނަމަކީ 'ކަބީރް' އެވެ. ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިނގިޭސިވިލާތާއި ދުބާއީ ގައެވެ.

ފިލްމުގެ ޝޫޓިން ފަށާނެ ތާރީޚް އަދި ނޭނގުނު ނަމަވެސް، އަރްޝަދު ފިލްމަކުން ފެނިގެން ދިއުމަކީ އޭނާގެ ޖާދޫގައި ޖެހިފައި ތިބި އަންހެން ކުދިންނަށް އުފާވެރި ޚަބަރަކަށެވެ.
comment ކޮމެންޓް