ސްކްރީން ބެލުމަށް ބޭކާރު ވަގުތު ހޭދަކުރެވޭތަ؟

ނިދާ ވަގުތަކީ ސްކްރީން ވަގުތު ކުރުމަށް އެޅިދާނެ ގިނަ ފިޔަވަޅުތައް ހުރޭ--ފޮޓޯ/އިންކް.ކޮމް

ޓެކްނޮލޮޖީ ހޯދި ކުރިއެރުމާއި ތަރައްޤީއާއެކު އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އަތުގައި ސްމާޓް ގެޒެޓުތައް ގެންގުޅޭ މީހުންނެވެ. ބައެއް މީހުންގެ މަސައްކަތް ހުންނަ ގޮތުން މިއިން ގެޖެޓުތަކާ އެކު ދިރިއުޅުމުގެ ގިނަ ވަގުތު ހޭދަކުރުން ވަނީ މަޖުބޫރުވެފައެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް އެކަނި ބެލި ކަމުގައި ވިޔަސް އާބާދީގެ ބޮޑު ބަޔަކީ ސްމާޓް ފޯނު ގެންގުޅޭ މީހުންނެވެ. ސްމާޓް ފޯނަކީ ދިރިއުޅުމުގެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވީ ނަމަވެސް ބޭކާރު ގޮތުގައި ސްކްރީނާއެކު ހޭދަކުރެވޭ ވަގުތު ކުޑަކުރަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. ހާއްސަކޮށް ނިދަން އޮށޯންނަ ވަގުތު ފޯނަށް ބަލަހައްޓައިގެން ސްކްރޯލް ކުރުމުގެ އާދަ ހިފާފައިވާނަމަ އެކަމަށް ހައްލެއް ހޯދުން ވަރަށް މުހިއްމެވެ.

ސްކްރީން ބެލުމަށް މަގުފަހި ކުރުވާ ކަންކަމުން ދުރުހެލިވުމަށް ސްމާޓް ގެޒެޓުތަކުން ބްރޭކެއް ނެގިދާނެ--ފޮޓޯ/އިންކް.ކޮމް
ފޯން ނުވަތަ އެހެން ގެޖެޓެއް މެދުވެރިކޮށް ސްކްރީނާ އެކު ހޭދަކުރާ ވަގުތު މަދުކުރުމަށް ބޭނުންނަމަ އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސަށް ތެދުވެރިވުން މުހިއްމެވެ. އެގޮތުން ފޯނަށް އަންނަ ބޭކާރު ނޮޓިފިކޭޝަންތަކަށް ދޭ ސަމާލުކަން ކުޑަކުރެވިދާނެއެވެ. ސްކްރީން ވަގުތު ކުޑަކުރުމަށް އަމިއްލަ ނަފުސު ޤުދުރަތީ ތަފާތު އެކި މާހައުލުތަކަށް އެކްސްޕޯސްކުރާ މިންވަރު އިތުރު ކުރުމަކީ ވެސް އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަމެކެވެ.

މީގެއިތުރުން ވެސް ސްކްރީނާއެކު ހޭދަކުރެވޭ ބޭކާރު ވަގުތުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ސްކްރީން ބޭނުންކުރަން ޚާއްސަ ވަގުތުތަކެއް ކަނޑައެޅުމާއި ވީޑިއޯ ކޯލްތައް މެދުވެރިކޮށް ބާއްވާ މުހިއްމު ބައްދަލުވުންތައް މާ ދިގު ނުކުރުން ހިމެނެއެވެ.

ފޮޓޯ/ޖީކިއުމެގަޒިން
ބައެއް ސްމާޓް ގެޖެޓުތަކަކީ އޭގެ ސެޓިންގް މެދުވެރިކޮށް ވެސް އަންނަ ގިނަ ނޮޓިފިކޭޝަންސްތައް ބްލޮކްކޮށްލެވޭ ފެންވަރުގެ ގެޖެޓުތަކެކެވެ. އެހެންކަމުން ސްކްރީނާއެކު ހޭދަކުރެވޭ ވަގުތު ކުޑަކުރުމަކީ މިހާރު އެހާ ބޮޑު ކަމެއް ނޫނެވެ. އެކަމަށް މާބޮޑަށް ދެވިހިފާފައި ވާނަމަ ސްކްރީނާ އެކު ހޭދަކުރާ ވަގުތަކީ ތިމާ ޝައުގުވެރިވާ ކަހަލަ ކޮންމެވެސް އެހެން ކަހަލަ މަސައްކަތެއްގައި މަޝްއޫލުވެގެން އުޅޭ ވަގުތަކަށް ހެދިދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް