ރިލްވާން މައްސަލައާ ގުޅިގެން ރައީސް ޔާމީން އަޅުގަނޑަށް މެސެޖެއް ނުފޮނުވާ: އުމަރު

ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި: ރިލްވާންގެ ތަހުގީގާ ގުޅޭގޮތުން އެއްވެސް މެސެޖެއް ރައީސް ޔާމީން އޭނާ އަށް ފޮނުއްވާފައިނުވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައި ---- ފޮޓޯ: ރައީސް އޮފީސް

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީގޮތެއް ހޯދުމަށް ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅޭ ގޮތުން އެއްވެސް މެސެޖެއް ރައީސް އަބްދުﷲ ޔާމީން އޭނާ އަށް ފޮނުވާފައި ނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ނެރުނު ޑޮމިއުމެންޓްރީގައި އޭނަ އާއި ރައީސް ޔާމީނާ ގުޅޭ ގޮތުން ގެނެސްދީފައިވާ ވާހަކަތަކަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް އެހާބޮޑު އިސްކަމެއް ނުދިނުމަށް ރައީސް ޔާމީން އުމަރަށް އެސްއެމްއެސް އަކުން އެންގި ކަމަށެވެ. އަދި އޭގެޖަވާބުގައި އުމަރު "އޯކޭ" އޭ ވިދާޅުވި ކަމަށް އެ ޑޮކިއުމެންޓްރީގައި ވަނީ ބުނެފަ އެވެ.

އުމަރުގެ ޓުވީޓުގައި ވިދާޅުވީ ރިލްވާންގެ ތަހުގީގާ ގުޅިގެން އެއްވެސް މެސެޖެއް ރައީސް ޔާމީން އޭނާ އަށް ފޮނުއްވާފައިނުވާ ކަމަށާއި އެފަދަ މެސެޖެއް އަލްޖަޒީރާ އަށް ލިބިފައިނުވާނެ ކަމުގެ ސަތޭކަ ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް