ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި

ސްޓެލްކޯ: އަންނަ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓުގެ އަގު ހެޔޮ ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި-- ސަން ފައިލް ފޮޓޯ

ސަރުކާރުން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުން އަންނަ މަހުން ފެށިގެން ސަބްސިޑި ކަނޑާލައި ހުރިހާ ރަށެއްގައި ވެސް ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.

އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކަ ގުޅިގެން އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މާލޭގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ސްޓެލްކޯ އިން ރަށްރަށުގައި ކަރަންޓަށް އަގު ނަގާނީ ވަކި ރޭޓަކުންނެވެ. އަދި ކަރަންޓު ޔުނިޓަކަށް ދައްކަންޖެހޭ އަގަށް ބަލާއިރު ދޭދޭ ރަށްތަކުގެ މެދުގައި ތަފާތެއް ނެތެވެ.

އަގުތަކަށް އައި ބަދަލު، މާލެ ސަރަހައްދު:

301-400 ޔުނިޓް: ކުރިން ނެގީ 2.95 . މިހާރު ނަގަނީ 2.70 . ބަދަލު: -0.25 ރުފިޔާ

201-300 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.35 . ބަދަލު: -0.15 ރުފިޔާ

101-200 ޔުނިޓް: ކުރިން ނެގީ 2.50 . މިހާރު ނަގަނީ 2.20 . ބަދަލު: -0.30 ރުފިޔާ

0-100 ޔުނިޓް: ކުރިން ނެގީ 2.25 . މިހާރު ނަގަނީ 2.10 . ބަދަލު: -0.15 ރުފިޔާ

ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށްވުރެ މަތިވާނަމަ އަގު ބޮޑުވެ އެވެ. އެގޮތުން 401-500 ޔުނިޓާ ދެމެދުގެ ޓެރިފަކީ 3.35 ރުފިޔާ އެވެ. 501-600 ޔުނިޓާ ދެމެދުގެ ޓެރިފަކީ 3.95 ރުފިޔާ އެވެ. އަދި 600 ޔުނިޓުން މަތީގެ ޓެރިފަކީ 4.25 ރުފިޔާ އެވެ. މި ތިން ކެޓަގަރީން އިތުރުވާނީ 0.40 ރުފިޔާ އެވެ.

އަގުތަކަށް އައި ބަދަލު، އަތޮޅުތައް:

301-400 ޔުނިޓް: ކުރިން ނެގީ 5.00 . މިހާރު ނަގަނީ 3.50 . ބަދަލު: -1.50 ރުފިޔާ

201-300 ޔުނިޓް: ކުރިން ނެގީ 4.50 . މިހާރު ނަގަނީ 3.40 . ބަދަލު: -1.10 ރުފިޔާ

101-200 ޔުނިޓް: ކުރިން ނެގީ 4.25 . މިހާރު ނަގަނީ 3.30 . ބަދަލު: -0.95 ރުފިޔާ

0-100 ޔުނިޓް: ކުރިން ނެގީ 3.75 . މިހާރު ނަގަނީ 3.00 . ބަދަލު: -0.75 ރުފިޔާ

އަތޮޅުތަކުން ވެސް ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށްވުރެ މަތިވާނަމަ އަގު ބޮޑުވެ އެވެ. އެގޮތުން 401-600 ޔުނިޓާ ދެމެދުގެ ޓެރިފަކީ 5.50 ރުފިޔާ އެވެ.

ފެނަކަ އަށް ބަލާލާ އިރު، ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށްތަކުގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރެވޭނީ އެއް ރޭޓެއްގަ އެވެ. އެ ބަދަލާއި ގުޅިގެން ބިޒްނަސް ކެޓަގަރީގެ ކަސްޓަމަރުންނަށް ބިލްކުރެވެމުންދިޔަ ރޭޓަށް ބަދަލެއް ނާންނާނެ އެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު 400 ޔުނިޓަށްވުރެ އިތުރު ނުވާނަމަ، ބިލަށް އިތުރުވެގެން ދާނީ ގާތްގަނޑަކަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވި އެވެ.

އޭގެ އިތުރުން ޑީސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާ އަށްވުރެ އިތުރު ނުވާނަމަ، 400 ޔުނިޓަށްވުރެ ދަށުން ކަރަންޓް ބޭނުންކުރައްވާ ފަރާތްތަކަށް ފިއުލް ސާޗާޖް ދައްކާކަށް ނުޖެހޭނެ އެވެ. ކަރަންޓް ބޭނުންކުރާ މިންވަރު 500 ނުވަތަ 600 ޔނިޓް ނަމަ ބިލަށް އިތުރު ވެގެންދާނީ 192.50 ރުފިޔާ އާއި 260.00 ރުފިޔާއާ ދެމެދުގެ އިތުރު ވުމެކެވެ.

އެގޮތުން ފެނަކައިން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 0-100 ޔުނިޓާ ދެމެދަށް ނަގާނީ ޔުނިޓަކަށް 3.00 ރުފިޔާގެ ރޭޓުންނެވެ. 101-200 ޔުނިޓާ ދެމެދު 3.30 ރުފިޔާގެ ރޭޓުން ބިލްކުރާ އިރު، 201-300 ޔުނިޓާ ދެމެދަށް ނަގާނީ 3.40 ރުފިޔާގެ ރޭޓުންނެވެ. އަދި 301-400 ޔުނިޓާ ދެމެދަށް 3.50 ރުފިޔާގެ ރޭޓުން ޗާޖްކުރާ އިރު 400 ޔުނިޓަށްވުރެ މަތިން ބޭނުންކުރާ ނަމަ ޗާޖްކުރާނީ ޔުނިޓަކަށް 5.50 ރުފިޔާ އެވެ.

އަލަށް ނެގައި ބަދަލާ އެކު ސަބްސިޑީ ކަނޑާލާފައިވާ އިރު، ކޮންމެ މަހެއްގެ ބިލަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދެއް އިތުރުވާނެ އެވެ. އެ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބޭނެކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް