ރޯވެ ގެއްލުން ލިބުނު ފްލެޓްގެ ހަ މީހުން ވަގުތީ ހިޔާގައި

ހުޅުމާލޭގެ 141 ވަނަ ފްލެޓުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގެއްލުން ލިބިފައި: ހަ މީހުންގެ އާއިލާ ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފައި --- ފޮޓޯ: އެންޑީއެމްއޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ފުލެޓެއްގައި އިއްޔެ ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ފުލެޓުގައި ދިރިއުޅެމުން ދިޔަ ހަ މީހުންގެ އާއިލާއަށް ވަގުތީ ހިޔާވަހިކަން ދީފިއެވެ.

ބުދަ ދުވަހު ފަތިހު ހަތަރެއް ޖަހާކަން ހާއިރު ހުޅުމާލޭގެ 141ވަނަ ފުލެޓުގެ ތިރީ ފަންގިފިލާގައި ހިނގި އަލިފާނުގެ މި ހާދިސާއާ ގުޅިގެން، ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކުވެސް ތިއްބެވެ.

https://sun.mv/223480

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނިގޮތުގައި، އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިއްޔެ ބުނީ، 141ވަނަ ފުލެޓުގައި ދިރިއުޅެމުން ދިޔަ ހަ މީހުންގެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ އިދާރާއިން މިއަދު 'ސަން'އަށް ބުނީ، ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އިތުރުން، އިންސާނީ އެހެނިހެން އެހީތެރިކަން ފަސް ދުވަހުގެ މުއްދަތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އެ ފުލެޓަށް ގޮސް ލިބުނު ގެއްލުން ދެނެގަތުމަށްފަހު، ހަ މީހުންގެ އާއިލާއަށް އިތުރު އެހީތެރިކަން ދޭނެ ކަމަށްވެސް، އެންޑީއެމްއޭއިން ބުންޏެވެ.

އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގީ ފުލެޓްގެ ތިރީ ފަންގިފިލާގައި ހުންނަ ބަދިގޭގައި ބޭނުން ކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެން ކަމަށެވެ.

އެންޑީއެމްއޭއިން އިއްޔެ އާންމުކުރި ފޮޓޯތަކަށް ބަލައިލާއިރު، ފުލެޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އެގޮތުން މީހުން ދިރިއުޅޭ ވަކިވަކި ކޮޓަރިތަކާއި ލިވިން ރޫމް ސަރަހައްދާއި ބަދިގެ ސަރަހައްދުވެސް އަނދައިފައިވާ ކަން، އެ އިދާރާއިން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.

ބުދަ ދުވަހުގެ ފަތިހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ 141 ވަނަ ފުލެޓުގެ ތިރީ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ބަދިގޭގައި ފެން ހޫނުކުރަން ބޭނުންކުރި ޕޮޓެއްގައި ރޯވެގެންނެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހަ މީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާލުގައި ޖެހުނު އާއިލާއަށް ފަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތީގެ އިތުރުން ޒަރޫރީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު އެ އާއިލާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިދާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.

  • އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ފަތިހު ހުޅުމާލޭގެ 141 ވަނަ ފުލެޓުގެ ތިރީ ފަންގިފިލާގައެވެ.
  • ހާދިސާ ހިނގަން މެދުވެރިވީ ބަދިގޭގައި ބޭނުންކުރި ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.
  • ދުމުގެ އަސަރުކޮށްގެން ފަރުވާދިން ހަ މީހުންގެ (ދެ ކުޑަކުދިން ހިމެނޭގޮތަށް) ހާލުވެސް ރަނގަޅެވެ.
  • އެންޑީއެމްއޭ އިން ވަނީ އާއިލާއަށް ފަސް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ހަމަޖައްސައިދީފައެވެ.
  • އަލިފާނުގެ ސަބަބުން ފުލެޓުގެ ގިނަ ބައިތަކެއް އަނދައި، އެ ތަން ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
comment ކޮމެންޓް