ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން "ސަން" އަށް ބުނީ ހުޅުމާލޭ ފްލެޓެއްގައި ހިނގި މި ހާދިސާ އެ ޚިދުމަތަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ފަތިހި 4:00 ހައިކަންހާއިރުގައި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.. ފޮޓޯ/ އެންޑީއެމް
އަދި ރިޕޯޓު ކުރުމާއެކު އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވެފައިވާ ކަަމާއި މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކުރި ހަ މީހަކު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއައިރު އޭގެތޭގައި 18 އަހަރު ނުފުރޭ ދެ ކުދިންވެސް ތިބި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދިން ނަމަވެސް އެންމެގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.
އަލިފާން ނިއްވާލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްއިން ބުނިގޮތުގައި މި ހާދިސާ ހިނގީ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައި....
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ތަނުގައި ދިރިއުޅެމުންދިޔަ އެއް އާއިލާއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން، އެ އާއިލާގައި ހިމެނޭ ހަ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންކަމަށް ބުންޏެވެ.
މީގެ އިތުރުން، ހާލުގައި ޖެހުނު އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަމަށް އެންޑީއެމްއިން ބުންޏެވެ.