15 ބިލިއަން ޗާޕުކުރާނެ، އިގުތިސާދު އެ ވައްޓާލަނީ ކާރިސާއެއްގެ ތުންފަތް މައްޗަށް: އަމީރު

އަމީރު: ވިދާޅުވީ ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕުކުރާނެ، އިގުތިޞާދު ހުށަހެޅެނީ ނުރައްކަލަކަށް ކަމަށް --- ފޮޓޯ/ އެމްޑީޕީ

ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ކާރިސާއެއްގެ 'ތުންފަތް' މައްޗަށް ސަރުކާރުން ވައްޓާލަނީ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ވިދާޅުވެ، އެ ކަމާ ވާހަކަދައްކަވާފައެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރަނީ ސަރުކާރަށް ފައިސާ ބޭނުންވާތީ ކަމަށާއި އެކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެ ކަމަކީ ހަމައެކަނި ބިމުގެ މުއާމަލާތެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސް ދިވެހި ރުފިޔާ ބަލިކަށިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރުއާއި މައުރޫފް ---- ފޮޓޯ/އެމްޑީޕީ

މިހާތަނަށް ސަރުކާރަށް އެންމެ ޑޮލަރެއް ވެސް ހޯދިފައި ނުވާތީވެ، މިހާރު މި ބޭނުންވަނީ ޑޮމެސްޓިކް މާކެޓުން، ރާއްޖޭގެ އެތެރޭގެ މާކެޓުން ހޯދުނު ގޮތަކަށް ސަރުކާރަށް ފައިސާ ހޯދަން. ސަރުކާރުން މިދިޔަ އަހަރު ބަޖެޓު މެނޭޖުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ކޭޝްޕްލޯ ބޭނުންކޮށްގެންނާއި ބޭންކް އޮފް މޯލްޑިވްސްއިން ޓްރެޝަރީ ބިލްސްއަށް އިންވެސްޓުކޮށްގެންނާއި އާންމުކޮށް އިންވެސްޓުކުރާ މިންވަރަށް ވުރެ ބޮޑުކޮށް އިންވެސްޓުކޮށްގެންނާއި އެކި ގޮތްގޮތުންކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މީގެ އިތުރުން، ސަރުކާރުން އެމްއެމްއޭއަށް މަޖުބޫރުކުރަނީ އެ އޮތޯރިޓީގެ މައިގަނޑު މެންޑޭޓާ ޚިލާފުވެ، ސަރުކާރުގެ ސިޔާސީ ފައިދާއަށް ރާއްޖޭގެ އިގުތިޞާދު ވައްޓާލެވެނީ ކާރިސާއެއްގެ 'ތުންފަތް' މައްޗަށް ކަމަށް އަމީރު ވިދާޅުވިއެވެ.

އެ ބައްދަލުވުން ނިންމާލުމަށް ފަހުގައި ވެސް އަމީރު ވަނީ ސަރުކާރުން ގަންނަން ނިންމާފައިވާ ބިމާ ގުޅޭ ވާހަކަތަކެއް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، އޭނާ ވިދާޅުވީ، ބިންތައް ނަގާފައި ހުރީ އެޑްވާންސް ޕޭމަންޓަށް ފައިސާ ދެއްކުމަށް ފަހުގައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.

https://sun.mv/203513

އެކަމަކު، 'ސަން'އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަންނަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަނެއްހާ ރުފިޔާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އިއްޔެ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް