Dhiraagu
Dhiraagu

އެމްއެމްއޭއަށް ބިމެއް ވިއްކައި ސަރުކާރަށް 15 ބިލިއަން ރުފިޔާ ނަގަނީ

ރައީސް މުއިއްޒު: ސަރުކާރުން އަންނަނީ ފައިސާ ޗާޕުކުރަން މަޝްވަރާކުރަމުން -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަން ރުފިޔާ އެމްއެމްއޭއިން ދައްކަން މަސައްކަތް ކުރަމުން އަންނަކަން 'ސަން'އަށް ކަށަވަރުވެއްޖެއެވެ.

ADK GENERAl

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.

އެކަމަކު، 'ސަން'އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އަންނަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަނެއްހާ ރުފިޔާ ސަރުކާރަށް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އިއްޔެ ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ އެކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރުން އުޅެނީ ފައިސާ ޗާޕުކުރަން -- ފޮޓޯ/ ރައީސް އޮފީސް

"ރައީސް ވިދާޅުވީ، އެއީ ފައިސާ ޗާޕުކުރުމެއް ނޫނޭ،" ޕީއެންސީގެ މެންބަރަކު ވިދާޅުވިއެވެ.

އެކަމަކު، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ.

'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދާށެވެ.

ފައިސާ ޗާޕުކުރަން އުޅޭކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރޭތާ ދުވަސްކޮޅެއްވެފައިވާއިރު، އެ ކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަރުކަޒީ ބޭންކުން ވެސް މިހާތަނަށް އެ ކަމާ ގުޅުވައި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.

https://sun.mv/203491

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ ޚަރަދުކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރުމަށް ފަހު، 7.7 ބިލިއަން ރުފިޔާ ޚަރަދުން ސަލާމަތްކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.

އެކަމަކު، ދަރަނި ބޮޑުވެ، ޚަރަދު ކުޑަނުކުރެވޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

https://sun.mv/202775

އެ ގޮތުން، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އެތައް ފައިސާއެއް ވެސް ނުދެވި އެބަހުއްޓެވެ. ބޭރުގެ މާލީ އިދާރާތަކުން ސަރުކާރުގެ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބުނެ އިންޒާރު ދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ.

އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Redstar
comment ކޮމެންޓް

comment ހަލީމް

1 month 2 week ago

ސިޔާސީ މަގާމު ގައި ގޭގައި ތިއްބުން އެއީ ރައީސްއަކަށް ކުރެވިދާނެ ކަމެެއްތޯ ރައުޔު ހޯދަން ޖެހޭ.

comment ރަފް

1 month 2 week ago

ދިވެހި ރައްޔިތުންވެސް ރަހުނު ކޮއްލާ.

comment ޜިއު

1 month 2 week ago

ފަނަރަ ބިލިޔަން ރުފިޔާއަކީ ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރު. އެއީމުޅި ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް ހަތްބައި ކުރެ އެއްބައި. ނުވަތަ އެއީ ރާއްޖޭގައި 20 އަގުބޮޑު ފައިވް ސުޓާރ ރިސޯޓް އަޅައި ނިންމޭނެ އަދަދެއް. ވީމާ ރާއްޖޭގައި މި އަގު ލިބޭނެ ވަރުގެ ބިމެއް ނޯންނާނެއެވެ. ތި ބިމަށް ދީގެން ތިއުޅޭ އަދަދަކީ ދޮގު އަގެއް. ތި ބިމުގެ މާރކެޓް ރޭޓް ނާރާނެ ތިއަދަދަކަށެއް، ފުރަތަމަ މުޅި ހުޅުމާލޭގެ ހިއްކުމުގެ އަގުވެސް ތިވަރަކަށެއް ނާރައެވެ. ވީމާ އެސެޓެއްގެ އަގު އިންފުލޭޓުކޮއްގެން ތިއުޅެނީ ފައިސާ ޗާޕުކުރުމުގެ ފުރުސަތުހޯދަންކަމަށް ގަބޫލު ކުރެވޭ.

comment ގަޕޯ

1 month 2 week ago

ޚަރަދުތައް ކުޑަކުރަން ސިފައިންގޭގަ ކާނަލުން ފެށިގެން މަތީ ރޭންކުތަކުގެ މީހުންނަށް ދީފަ އޮންނަ ކާރު ދައުލަތަށް ނަގަން ވީ ނޫންތޯ...އަދި އެކާރުތަކަށް ދައުލަތުގެ ޚަރަދުގައި ލިމިޓެއް ނެތި އަޅާދޭ ތެޔޮ ޙިދުމަށް ކަނޑާލާ އަދި ކާރު ޑުރައިވަރުންގެ ގޮތުގައި ގެންގުޅޭ ސިފައިން ދައުލަތައް ޙިދިމަތްކުރަން ދޫކޮށްލަންވީ ނޫންތޯ..މި ޑްރައިވަރުން ގެ ގޮތުގައި ގިނައިން ފެންނަނީ ވަޒީފާގައި 20.. 30 އަހަރުވެފައި ތިބި މީހުން މިއިން ކޮންމެ މީހެއްގެ މުސާރަ 30000 ވަރު ވާއިރު މި ފަދަ މުސާރައެއްގައި ޑްރައިވަރުން ގޮތުގައި ދައުލަތުން މިވަރު ކަމެއް ކުރެވިދާނެތޯ... އަދި މި ޑްރައިވަރުން ގެ ބޭނުން ނަހަމަގޮތުގައި ކާރު ހަވާލުކުރެވިފައިވާ މީހުންގެ އާއިލާތަކުން ދަނީ ބޭނުން ކުރަމުން... ގޭގެ މަސައްކަތްތަކާ ގެއަށް ޝޮޕިންކުރުވުމާއި.. މިކަހަލަ ކަންކަމުގެ ސަބަބުން ވަޒީފާއިން ވަކި ވަމުން ދާ މީހުންވެސް އަދި ހިތްހަމަ ނުޖެހުނީމަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެފަދަ ޑްރައިވަރުން ބަދަލު ކުރުމަކީ އާންމު ކަމެއް... ސަރުކަރުން

comment ަެއަބޫލަހަބު

1 month 2 week ago

ކުދިންނޭވެ. ކުރާނޭކަމެއް ދެނެއްނޭތޭ، ގައުމުވާ ދަރާނިމިއްޖޭ. ނާގާބިލު މަތިބޮޑު ސަރުކާރުތަކާ، ދައުލަތުގެ އާމްދަނީއާ ނުބައްދަލު ވަރަށް އިލެކްޝަނާ ދިމާކޮށް ޙަރަދު ކުރުމާ، ބޭރުގައުމުތަކުގަ ފޮރިންމިނިސްޓްރީން މިދިޔަ 20 އަހަރު ކުރި ހަރަދުތަކާ އެމީހުންގެ ދަރިންނަށް ބެހިއަގުބޮޑު ވަޒީފާތަކުން ދިވެހިންނަށް ވީކަމެއްހަރާމެވެ. އަލިފުހާ.