ކުޅުންތެރިންނަށް ސިއްހީ މައްސަލަތައް ދިމާވާތީ، ވޭޕް މަނާކުރަން 21 ކުޅިވަރު ޖަމިއްޔާއަކުން ގޮވާލައިފި

މާލޭ އެކުވެނީ ދުވާ ޓްރެކް: ކުޅުންތެރިންނަށް ސިއްހީ މައްސަލަތައް ދިމާވާތީ، ވޭޕް މަނާކުރަން 21 ކުޅިވަރު ޖަމިއްޔާއަކުން ވަނީ ގޮވާލައިފި -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުޅިވަރުގެ ދާއިރާގައި ވޭޕާއި އީ-ސިނގިރޭޓު ބޭނުން ކުރާ މިންވަރު އިތުރުވެ، ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާތީ އެ ބާވަތްތައް މަނާ ކުރުމަށް ގައުމީ 21 ކުޅިވަރު ޖަމިއްޔާއަކުން ގޮވާލައިފިއެވެ.

ދުންފަތުގެ ބާވަތްތަކާއި، ޚާއްސަކޮށް ވޭޕާއި އީ-ސިނގިރޭޓު މަނާކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ގޮވާލަމުންނެވެ. އެގޮތުން، ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ނެރުނު ބަޔާނެއްގައި ވަނީ ވޭޕާއި އީ-ސިނގިރޭޓުގެ ސަބަބުން ސިއްހަތަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި އެ ބާވަތްތަކުގެ ބިރުވެރި ވާހަކައަކީ ޑޮކްޓަރުންނާއި އެނޫންވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ދިވެހިންނަށް ދެމުން އަންނަ އިރުޝާދުތަކެއް ކަމަށެވެ.

https://sun.mv/197219

ނަމަވެސް، އެ ބާވަތްތައް ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި، މި ތަކެތީގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށް ކޮށްފާނެ ކަމުގެ ބިރު އިންތިހާއަށް އުފެދިފައިވާ ކަމަށް ކުޅިވަރު ޖަމިއްޔާތަކުން ބުނެފައިވެއެވެ.

ވޭޕްކުރުން ދިވެހި ކުޅުންތެރިންނާއި ތަމްރީނު ދޭ ފަރާތްތަކުގެ މެދުގައި ކަންބޮޑުވާ މިންވަރަށް އިތުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ސިއްހީ މައްސަލަތައް ދިމާވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން، ވޭޕާއި އީ-ސިނގިރޭޓުގެ ބާވަތްތައް ބޭނުން ކުރާތީ ކުޅުންތެރިނަގް ޕާފޯމަންސް ދަށްވެ، ދުޅަހެޔޮކަން ގެއްލުމާއި ކުޅިވަރު ކުޅުމާ ދުރައް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

މިކަމަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި ދުޅެހެޔޮކަން ޕްރޮމޯޓްކުރުމަށް ސަރުކާރުންނާއި މަދަނީ ފަރާތްތަކުން ކުރާ މަސައްކަތަށް ހުރި ބޮޑު ގޮންޖެހުމެއް. މިކަން ވެފައި ވަނީ ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި އަޅުގަނޑުމެން ދެކެން ބޭނުންވާ ރަން ވަނަތައް ހާސިލްކުރުމަށް އެޅިފައިވާ ހުރަހަކަށްގައުމީ ކުޅިވަރު ޖަމިއްޔާތައް

އެހެންވެ އެ ޖަމިއްޔާތަކުން ވަނީ އަންނަން އޮތް ޖީލު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާއިން ސަލާމަތްކުރުމަށް ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި ވިޔަފާރި ކުރުމާއި އެތަކެތި ގެންގުޅުން މަނާކުރުމަށް ގޮވާލާފައެވެ.

https://sun.mv/197196

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ، ދިވެހި ނަރުހުންގެ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އަދި މޯލްޑިވްސް އެންސީޑީ އެލަޔަންސްއިން ވެސް ވަނީ ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލާފައެވެ.

comment ކޮމެންޓް