Dhiraagu
Ooredoo

ނަރުހުންގެ ޖަމިއްޔާގެ އާދޭސް: ވޭޕް މަނާކޮށް ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދީ!

ނަރުހުންގެ ޖަމިއްޔާއިން ގޮވައިލީ ވޭޕް މަނާކޮށް ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދިނުމަށް ވޭޕް މަނާކުރުމަށް --

ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދިނުމަށް ޓަކައި ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް ދިވެހި ނަރުހުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

Ooredoo

ދުންފަތުގެ ބާވަތްތަކާއި ވަކިން ޚާއްސަކޮށް ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށް އެކި ޖަމިއްޔާތަކުން އަންނަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލަމުންނެވެ.

އެގޮތުން ދިވެހި ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އީ-ސިނގިރޭޓްގެ ސިއްހީ ނުރައްކާތެރި ކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) ގުޅިގެން ނެރެފައިވާ ބަޔާނުގައި އީ-ސިނގިރޭޓް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާކަމަށެވެ.

އަދި މިހާރު ރާއްޖޭގައި ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި މަގުބޫލު ވަމުން އަންނަ ދުންފަތާއި ދުންފަތުގެ އަރައެއް ކަމުގައިވާ ނިކޮޓިން ބޭނުންކުރުމަށް ގެންގުޅޭ އާލާތެއްކަމަށްވާ އީ-ސިނގިރޭޓްގެ ސަބަބުން ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް މިހާރު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ ވޭޕް ކުރުމަށް ބޭނުންކުރާ ދިޔާ ތަކެތީގައި އެކި މާއްދާތައް އެކުލެވޭކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ދުންފަތުގައި ހިމެނޭ ދެވި ހިފާ މާއްދާއެއް ކަމުގައިވާ ނިކޮޓިންއާއެކު ރަހަ ޖެއްސުމަށް ބޭނުންކުރާ ފްލޭވާ މެންތޯލް، މެޓާ، އެކި މޭވާ އަދި އެހެނިހެން ކާތަކެތީގެ ރަހައާއި ތަފާތު އިތުރު ކެމިކަލްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އީ-ސިނގިރޭޓް ޑިވައިސް އަކީ އޭގެ ރައްކާތެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ކަށަވަރު ކޮށްދީފައިވާ އެއްޗެ1އް ނޫން. އަދި އީ-ސިނގިރޭޓުން ކުރިމަތިވާ އެކި ސިއްހީ މައްސަލަތައް ފާހަގަވެފައިވާއިރު، މިއާލާތަކީ ދުނިޔޭގެ ދުންފަތުގެ އިތުރުން މަސްތުވާތަކެއްޗަށް ވެސް މަގުފަހިކުރުވާ އެއްޗެއް ކަމަށް ވަނީ ފާހަގަކުރެވިފަ،

ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ 2019 އިން ދައްކާ ގޮތުގައި ސްކޫލު ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާ އެކު އިތުރުވަމުންނެވެ.

އެކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ތޭރަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓް ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ނަރުހުންގެ ޖަމިއްޔާއިން ވަނީ ޒުވާން ޖީލު ރައްކާތެރިކުރަން އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއިން ވެސް ވަގުތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ކަމާބެހޭ އިދާރާތަކަށް އަޅުގަނޑުމެންގެ އާދޭސް މި ދަންނަވަނީ ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދެއްވުމަށް. އަދި ހަމަ މި މޭރުމުން ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އިލްތިމާސް މި ކުރަނީ މި ހިނދުން މި ހިނދަށް އީ-ސިނގިރޭޓް ބޭން ކޮށްދެއްވުމަށް،

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުންނާއި މޯލްޑިވްސް އެންސީޑީ އެލަޔަންސްއިން ވެސް ވަނީ ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލާފައެވެ.

ހަމައެއާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް އެކަން މަނާކުރުމަށް ރޭ ގޮވާލާފައިވެއެވެ.

Redstar
comment ކޮމެންޓް

comment ދދ

7 month 3 week ago

މިއަދު ދިވެހިރާއްޖޭގެ ދެޖިންސުގެ މެދުގައި ދުންފަތާއި މަސްތުގެ ތަކެތި ބޭނުން ކުރުން ވަރަށް ބޮޑަށް ފެތުރިފައި ވަނީ، އެކަން ފެންނާނެ ރެސްޓޯރެންޓް ތަކުން !

comment ސސ

7 month 3 week ago

އެގަހެއްގައިި ހުރި ދިޔައެއް ނެރެވޭނީ، ދިވެހި ޤައުމުގެ އަހުލާޤީ ފޭރާން ވަނީ ވީދިފައި ކުދިކުދިވެފައި ، ދިވެހިރާއްޖޭގެ ހުރިހާ ގިނތިޣައިވެސް ސިގިރެޓި ބޯ މީހުން އުޅޭ !

comment ދިރާސާ

7 month 4 week ago

ސްކޫލުތަކުގެ ޓީޗަރުންގެ ފަރާތުން ކުދިންނަށް ދަސްކޮށްދޭނީ ތި އެއްޗެހި ބޯން ޓީޗަރުންނާއެކީ ދަރިވަރުން ވެސް އެމީހުންކައިރީގާ ތިބެގެން ބޮއި ނަގަނީ ދެން ތިކަން ކުރިނާރާނެތޯ

comment އަލީ

7 month 4 week ago

ހަމަގައިމުވެސް މި ސަރުކާރަކަށް ތިޔަކަމެއް ނުވާނެ. މިސަރުކާރަކީ މީހަކު ރުޅިއަތުވެދާނެތީ ބިރުގަންނަ ، ހަރުދަނާ ސިޔާސަތެއް ނެތް ސަރުކާރެއް.

comment ލލ

7 month 4 week ago

މިރާއްޖެއަކީ ސަރުކާރު ތަކުން ބޭނުންވާ ކޮންމެ ކަމެއް ވާ ތަނެއް ސަރުކާރުން ބޭނުން ނުވާކަންކަން ނުވާނެ !

comment މުހްތާރު

7 month 4 week ago

ވަރައްދެރަ މައްސަލައްއެށް ތަނެއްގައި އެއްޗެއް ވިއްކިޔަކަސް ނުޖެހޭނެ ބޯކަށެއް މިގައުމުގައި ހަކުރާ ރަލާ ވިއްކާތާ ވަރަށް ދުވަސްވެއްޖެ ބޯންބޭނުވާ މީހަކު ބޮނީ ނުބޮއި އުޅެވޭނެ ،ފުރަތަމަ ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރޭ އޭރުން ރަގަޅުވާނެ....

reply އހމދ

7 month 4 week ago

ބޯ ނަރުހުން ހުއްޓުވާ