ދ. ކުޑަހުވަދޫ ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މި ހާދިސާ ހިނގާފައި ވަނީ، މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.
ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި ފުލުހުންނާއި ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގި ދޯނީގައި ތިބީ ކިތައް މީހުންކަން ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.