މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއާޕޯޓުގައި ޑޯގު ސްކޮޑް ހަރަކާތްތެރިވަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންގެ ޑޯގު ސްކޮޑު އެއާޕޯޓުގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންގެ ޑޯގު ސްކޮޑު އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޑޯގު ސްކޮޑު އެއާޕޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންގެ ޑޯގު ސްކޮޑު އެއާޕޯޓުގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ ފުލުހުން

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން ދަނީ އަތުލައިގަންނަމުންނެވެ. އެ ގޮތުން މި ފަހުން އެކި ބާވަތްތަކުގެ މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަރަށް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ބިދޭސީންނާއި ދިވެހިން ވެސް ދަނީ ހައްޔަރު ކުރަމުންނެވެ.

https://sun.mv/196975

މިދިޔަ ބުދަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖެއައި ކާގޯ ޝިޕްމެންޓަކާއި ޕޯސްޓް ޕެކޭޖަކުންނާއި، އަދި މި މަހުގެ 16 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެއްޗެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނު މެލޭޝިއާގެ ދެ މީހަކުވެސް ރާއްޖޭން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1،201 މައްސަލައެއްގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވެއެވެ.

comment ކޮމެންޓް