ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި ނުވަ ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ރާއްޖެއައި ކާގޯ ޝިޕްމެންޓަކާއި ޕޯސްޓް ޕެކޭޖަކުން ކަމަށެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގެ ތެރެއިން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތަރު ބާވަތަކަށް ޕޮޒިޓިވްވި ކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.
އެގޮތުން މި މަހުގެ 16 ވަނަ ދުވަހު އަތުލައިގަނެފައި ވަނީ 349 ގުރާމުގެ ހެރޮއިން ކަމަށާއި 18 ވަނަ ދުވަހު އަތުލައިގަނެފައި ވަނީ 582 ކިލޯ ގްރާމުގެ ސިންތެޓިކް ކެތިނޯނާއި 5210 ގުރާމުގެ ކެނަބިސްގެ އިތުރުން 2870 ގުރާމުގެ އެކްސްޓަސީ ކަމަށް ކަސްޓަމުން ވަނީ ބުނީ ބުނެފައެވެ.
ކަސްޓަމުން ވަނީ މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 9.01 ކިލޯ ގްރާމް ހުރިކަމަށް ބުނެފައެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނު މެލޭޝިއާގެ ދެ މީހަކުވެސް ރާއްޖޭން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން މީގެ ދެދުވަސް ކުރިން ވަނީ ބުނެފައެވެ.