ބަންކަރިންގެ ޚިދުމަތް ފަށައިފައިވަނީ އިގްތިޞާދީ ގޮތުން އެންމެ ރަނގަޅު ގޮތަށް ބަލައިފައި: ސައީދު

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ސައީދު -- ސަން ފޮޓޯ/ މޫސާ ނަދީމް

ބަންކަރިންގެ ޚިދުމަތް ފެށުމުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެ ކަމުގެ ތަޖުރިބާ ހުރި ބަޔަކާއެކު މަސައްކަތް ފެށުންކަމަށާއި ސަރުކާރުން މިއަދު އެ ކަން ފަށައިފައިވަނީ އިގްތިޞާދީ ގޮތުން އެންމެ ރަނގަޅު ގޮތުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަަދައިން ވިދާޅުވީ ބަންކަރިން ޚިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާ ގުޅިފައިވާ ބައިވަރު ޚިދުމަތްތައް ހުރިކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ބިމެއް ހިއްކުމަށް ޓަކައި ބޮޑެތި ބޯޓުފަހަރުގެ ޓްރެފިކް ރާއްޖެއަށް ގެނައުން މުހިންމު ކަމަށެވެ.

ބައިނަލްއަގްވާމީ ރޫޓުން ރާއްޖެ ހުރަސްކޮށް ދުވާލަކު 300 އެއްހައި ބޮޑެތި ބޯޓުފަަހަރު ދަތުރުކުރާއިރު، އެ ކަމަށް ޓަކައި، އޭގެން "އެންމެ ޕަސެންޓެއް" ވެސް ބަންކަރިންގެ ޚިދުމަތް ނުފަށާ ގެންނާނީ ކިހިނެއްތޯ ސައީދު ސުވާލު އުފެއްދެވިއެވެ.

ނަމަވެސް ސައީދު ވިދާޅުވި ގޮތުގައި ސުވާލަކީ ބަންކަރިންގެ ޚިދުމަތް ފާށާނީ އާދައިގެ ގޮތެއްގައިތޯ ނުވަތަ ބޮޑު ބިމެއް ހިއްކައި ޕޯޓެއް ހަަދައިގެން ބޯޓެއް އަންނާނެ ކަމުގެ އިންތިޒާގައި ތިބެގެންތޯ ކަމަށެވެ.

"ކޮބައިތޯ މީގެ އެންމެ އިކޮނޮމިކް ގޮތަކީ،" ސައީދު ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ އިގްތިޞާދީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ފަންނުގެ ތަޖުރިބާހުރި ދުނިޔޭގައި އެ ކަން ކުރާ ބަޔަކާއެކު ވިޔަފާރި ފަށައި ކުރިއަށް ގެންދިއުންކަމަށެވެ. އަދި އެ މީހުންގެ މާކެޓުން ރާއްޖެއަށް ބޯޓު ގެނެސް، ރާއްޖެއަށް "އޮޅުކުރުން" ކަމަށެވެ.

"... ކޮށްފައި ދެން ނޫންތޯ އަޅުގަނޑުމެން ހަގީގަތުގައި ނޭވާ ލެވިގެން ބިން ހިއްކައިގެން މި ކަން ފެށޭނީ،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެސްޓީއޯއާއެކު މި މަސައްކަތް ކުރާ ވިޓޯލުން މިހާރު ވެސް އިތުރު އިންވެސްޓުމަންޓުތައް ގެނެސްދޭނެ ކަމުގެ ޔަގީންކަން މިހާރު ވެސް ދީފައިވާ ކަމަށެވެ.

https://sun.mv/196947

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ފުޅާކޮށް އިތުރު ޚިދުމަތްތައް މި ސަރަހައްދުގައި ގާއިމްކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މަސައްކަތް ނުފަށައި ތިބެންވީތޯ ސުވާލު އުފައްދައި ސައީދު ވަނީ އެ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެއްބާރުުލުން އެކަމުގައި ދިނުމަށް ވެސް ސައީދު ގޮވައިލެއްވިއެވެ.

ސައީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތް މިއަދު ފެށުމަކީ ތާރީޚީ ދުވަހެއް ކަމަށެވެ.

https://sun.mv/196944

އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ.

އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.

މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހެވެ.

comment ކޮމެންޓް