ގަވާއިދާ ޚިލާފަށް ހުޅުމާލޭ މަގުތަކުގައި ހުރި އުޅަނދުތައް މާދަމާ ނަގަނީ

ހުޅުމާލޭ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތަކެއް-- ސަން ފޮޓޯ

ގަވާއިދާ ޚިލާފަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް މާދަމާ ނެގުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގިނަދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ޓޯ ކުރުމުގެ މަސައްކަތް ފުލުހުންނާއި އެޗްޑީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން މާދަމާ ކުރުމަށް ނިންމާފައި ވާކަމަށެވެ.

މި މަސައްކަތް މާދަމާ ހެނދުނު 8:00 ގައި ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ޕޭމެންޓު މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެޗްޑީސީއިން ވަނީ މި ފަހުން ކޮށްފައެވެ.

https://sun.mv/196667

ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ތެރެއިން މަގުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ޕާކް ކުރުމަށް މި ފަހުން ހުޅުމާލެއިން ޚާއްސަ ބިންތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.

އުޅަނދުތަކުގެ އިތުރުން ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ގޮނޑި، މޭޒު، ޖޯލި ފަދަތަކެތި ވެސް އެޗްޑީސީން ވަނީ ނަގައިފައެވެ.

comment ކޮމެންޓް