މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލއިގައި ފިލުހުން ހޯދަމުން އަންނަ ހދ. ނޭކުރެންދޫ، ސާޒް، އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފް --- ފޮޓޯ/ ފުލުހުން

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތަހުގީގަށް މީހަކު ހޯދަމުން ދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޚިދުމަތުގެ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ މިއަދު އިއުލާން ކޮށްފައެވެ.

މަކަރާއި ހީލަތް ހެދުމުގެ މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ ހދ. ނޭކުރެންދޫ، ސާޒް، އައިޑީކާޑް ނަމްބަރު A237481 އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފެވެ.

މީނާ ހައްޔަރު ކުރެވެނީ މި މައްސަލއިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށާއި މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިޤޭޝަން ބިލްޑިން އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

comment ކޮމެންޓް