ކާރަކުން ޖެހި ޒުވާނަކު ނިޔާވުން: މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

ރޭގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ: އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވަނީ ނިޔާވެފައި --- ފޮޓޯ/ ފުލުހުން

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައެވެ. އޭނާއަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ.

https://sun.mv/196408

މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައިވެސް ވަނީ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. ބޮޑުތަކުރުފާނު މަގުގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް