ހުޅުމާލޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ، 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ހުސައިން ސަމާހު: 23 އަހަރުގެ ޒުވާނާ ވަނީ ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވެފައި -- ފޮޓޯ/ މުހައްމަދު ޝަމްއާން ލުތުފީ، އެކްސް

ހުޅުމާލޭގައި ކާރަކައި ސައިކަލެއް އެކްސިޑެންޓުވެ، 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ރޭ 2:48ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލް ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަަމަށާއި އެއީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބުދަ ދުވަހުގެ ރޭ ދެންވަރު މާލޭގައި ވެސް ކާރަކާއި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.

https://sun.mv/196390

ބޮޑުތަކުރުފާނު މަގުގައި ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު ޒުވާނާގެ ހާލު ސީރިއަސްވެ، އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. އެއީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

comment ކޮމެންޓް