ޕީއެސްއެމްގެ އެމްޑީގެ މަގާމުން ޒީނާ އިސްތިއުފާދެއްވައިފި

ޒީނާ ޒާހިރު: ޒީނާ ވަނީ ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ "ސަން"އަށް ވިދާޅުވީ މިއަދު ހަވީރު 4:30ގައި އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އަައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޒީނާވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ތައުލީމް ހާސިލްކުރައްވައިފައެވެ.

ޒީނާއަކީ 2006ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. މި ދާއިރާގައި 17 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައްވަނީ އަދައިކުރައްވައިފައެވެ. ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ގެންދެވީ އޭނާގެ އަމިއްލަ މެގަޒިނެއްކަމަށްވާ 'ޒީ ޓައިމްސް' ހިންގަވަމުންނެވެ.

comment ކޮމެންޓް