ޕީޖީ ޝަމީމް ވަކިކުރަން މިރޭ މަޖިލީސް ބާއްވަނީ

ޕީޖީ ޝަމީމް: އޭނާ ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެން، އެ ކަން ތަޅުމުން ފާސްކުރަން މިރެއަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފިއެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

އެ މައްސަލަ ދިރާސާކުރަނީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ޕީޖީކަމުގެ މަގާމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެގޮތުން، ކޮމިޓީގައި ޖުމުލަ 11 މެންބަރުން ތިއްބަވާއިރު ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން އެކަންޏެވެ. ބަކީ އަށް މެންބަރުން ވޯޓުދެއްވީ ޝަމީމް ވަކިކުރާށެވެ.

https://sun.mv/195808

މަޖިލީހުގެ މެންބަރަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މިރެއަށް މަޖިލީހުގެ އިތުރު ޖަލްސާއެއް މިހާރު އެޖެންޑާކޮށްފައިވާ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން ފާސްކުރުމުން، އެ މައްސަލަ ތަޅުމުން ވެސް ފާސްކުރަން ޖެހޭނެއެވެ.

މަޖިލީހުން ޖުޑިޝަރީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމީ އެ ކޮމިޓީ ލައިވްކޮށްގެން ކުރިއަށް ގެންދަން ޕީޖީ ޝަމީމް އެދިވަޑައިގެންފައިވަނިކޮށެވެ.

އެ މައްސަލައިގައި ޕީޖީ ޝަމީމް ވަނީ އޭނާ މަގާމުން ވަކިކުރަން އުޅެނީ ކޮރަޕްޝަންގެ ތެރެއިން ޕީޖީ އޮފީހަށް ނުފޫޒު ނުފޯރުވޭތީ ކަމަށް ވިދާޅުވެފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އޭނާއަށް 'ކުރިން ޖަވާބުދީ ބާވެފައި' ހުރި ތުހުމަތުތަކެއް ކޮށްގެން އުޅެނީ ނުރަނގަޅު ނިޔަތެއްގައި ކަމަށެވެ.

https://sun.mv/195799

ޝަމީމް މަގާމުން ވަކިކުރަން ޝާހިދު ހުށަހެޅުއްވީ މައިގަނޑު ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އެއީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
  • އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
    ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

ޝަމީމް ވަނީ އެ މައްސަލަތައް ހިނގާދިޔަގޮތް ވަކިވަކިން ކޮމިޓީއަށް ސާފުކޮށްދެއްވައިފައެވެ. އަދި، ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.

https://sun.mv/195801

"އެ ޒާތުގެ ޙަޤީޤަތާ ޚިލާފު ތުހުމަތު ނުކުރައްވައި، އަޅުގަނޑު ގާތު މަޤާމުން އިސްތިއުފާދޭން ވިދާޅުވިނަމަ، އަޅުގަނޑު މިހުރީ އިސްތިއުފާދޭން ވެސް ތައްޔާރަށް،" ޕީޖީ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް އާންމުންގެ ބައެއް މީހުން ވަނީ ޕީޖީ ޝަމީމު މަގާމުން ވަކިކުރަން ގޮވާލައި މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރި މައިގަނޑު ސަބަބަކީ ވާނުވާ ބަންދުގެ މައްސަލަ ހައްލުނުވެ އޮތުމެވެ.

އިދިކޮޅުގައި އޮތްއިރު ޕީއެންސީގެ އިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ޝަމީމެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި ޑިސެމްބަރު 8، 2019 ގައެވެ.

comment ކޮމެންޓް