ދެ ލޯންޗު ޖެހި އަނިޔާވި ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލައިފި

ދ. ކުޑަހުވަދޫ: ދެ ލޯންޗު ޖެހިގެން އަނިޔާވި ދެ މީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި -- ފޮޓޯ/ އެމްއާރްޑީސީ

ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް އެ އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ދެ ލޯންޗު ޖެހިގެން ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ވެސް ވަނީ ކުދަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުން 'ސަން'އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ދެ މީހުން ވެސް ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި، ދެ މީހުންކުރެ އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަން އެ ހޮސްޕިޓަލުން ޔަގީންކޮށްދިނެވެ.

https://sun.mv/193290

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ގިނައިން ކަނޑު ދަތުރުކުރަން ޖެހޭއިރު، ދޭތެރެ ދޭތެރެއިން ލޯންޗު އެކްސިޑެންޓުތައް ހިނގައެވެ. އަދި، މަދުން ނަމަވެސް އެފަދަ ހާދިސާތަކުގައި މީހުން މަރުވެސް ވެއެވެ. އެގޮތުން، މި ފަހުން ވެސް ލޯންޗަކުން ޖެހިގެން އދ. ދަނގެތީ ކައިރީ މަސް ބާނަން މޫދުގައި އޮތް ބިދޭސީއަކު މަރުވިއެވެ.

comment ކޮމެންޓް