ދެ ލޯންޗު ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

ދެ ލޯންޗެއް ފަޅު ތެރޭގައި: މިރޭ ދެ ލޯންޗެއް ޖެހި، ދެ މީހަކަށް އަނިޔާވެފައިވޭ --- ފައިލް ފޮޓޯ/ އެމްއެންޑީއެފް

ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު ޖެހި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗު އެކްސިޑެންޓު ވެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ދ. ހުޅުދެލީ ކައުންސިލުން "ސަން"އަށް ބުނީ، ލޯންޗު އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކު އެ އަތޮޅު ކުޑަހުވަދުއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ. އަދި، އެ މީހުންނަށް ސީރިއަސް އަނިޔާތަކެއްނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް