އޮރިޔާންކާޑު ގެންގުޅެ، ކުރީގެ އަނބިމީހާއަށް ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތި: ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކުރި މީހަކު ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

އޮރިޔާންކާޑު ގެންގުޅެ، ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކުރުމުގެ ތުހުމަތުގައި މީހަކު މިއަދު 10 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާގެ މައްޗަށް ތުހުމަތުކުރަނީ ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމާއި އޮރިޔާންކާޑު ގެންގުޅުމާއި، ބްލެކްމެއިލްކުރުމާއި އަދި ބިރުދެއްކުމުގެ ތުހުމަތުގައެވެ.

އެ މީހާ ކުރީގެ އަނބިމީހާއަށް ބްލެކްމެއިލްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އެ ގޮތުން، ހާދިސާ ރިޕޯޓާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާނުގެ އިތުރުން ވެސް ކުށްކުރި ކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެއެވެ.

އެހެންވެ، އެ މީހާ 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމާފައިވަނީ ގާޒީ އިބްރާހިމް އިހުސާނެވެ.

comment ކޮމެންޓް