އެމްޑީޕީ ޕީޖީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި، އިންތިޚާބު 28 ގައި

އެމްޑީޕީގެ ގައުމީ މަޖިލީސް: އެ ޕާޓީގެ ޕީޖީގެ މަގާމުތަކަށް ވާދަކުރަން ވަނީ ހުޅުވައިލާފައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕު (ޕީޖީ)ގެ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ، މަގާމުތަކަށް މެންބަރުން ހޮވުމުގެ އިންތިޚާބު އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

އެ ޕާޓީން ޕާލިމެންޓަރީ ގުރޫޕަށް ހޮވާ މަގާމުތަކަކީ:

  • ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު
  • ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު
  • ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު
  • ސެކްރެޓަރީ ޖެނެރަލް
  • ސެކްރެޓަރީ ޖެނެރަލްގެ ނާއިބު
  • ޗީފް ވިޕް
  • ވިޕް
  • ވިޕް

އެ ޕާޓީން ވަނީ މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އެކަން އެންގުމަށް އެދިފައެވެ.

އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބުނު މިދިޔަ 19 ވަނަ މަޖިލީހުގެ ބޮޑު ބައިގައި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގައި 20 އަހަރަށް ފަހު އޭނާ ވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ފަހުން އެމްޑީޕީގެ ޕީޖީ ލީޑަރުކަމުގައި ހުންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ. އޭނާއަށް ވެސް މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެވިފައެއް ނުވެއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި މަޖިލީސް އިންތިޚާބުގެ ސުޕަމެޖޯރިޓީ ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަލަށް މަޖިލީހަށް ހޮވިވަޑައިގެން މެންބަރުންނެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރަނީ އަންނަ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް